ކ. މާލެ
|
27 ޖުލައި 2018 | ހުކުރު 13:56
ބޫޓުގެ ދަށްފުށުގައި ހަރުލާފައި އިން ޗުއިންގަމްކޮޅެއް ނައްޓާލައްވަނީ: ހިތާބު ދެއްވީ ވަރަށް ބޮޑަށް ޖެހިލުންވެވަޑައިގެން ހުންނަވައިކަން ފާހަގަކުރެވޭ--
ބޫޓުގެ ދަށްފުށުގައި ހަރުލާފައި އިން ޗުއިންގަމްކޮޅެއް ނައްޓާލައްވަނީ: ހިތާބު ދެއްވީ ވަރަށް ބޮޑަށް ޖެހިލުންވެވަޑައިގެން ހުންނަވައިކަން ފާހަގަކުރެވޭ--
ރާއްޖެ އެމްވީ
ރައީސް ޔާމީން 2018
ރައީސް ސަމާލުކަން ދެއްވީ ހިތާބަކަށް ނޫން، ޗުއިންގަމް ކޮޅަކާއި ސްޕީކަރަކަށް!
ބޫޓުގައި ހަރުލި ޗުއިންކަމްކޮޅު ނައްޓާލެއްވީ އަމިއްލަފުޅަށް
ސްޓޭޖުމަތީގައި ހުރި ސްޕީކަރެއް ދުރަށް ޖެއްސުމަށް އެންގެވި
ހިތާބު ދެއްވީ ފަރިތަކަމެއް ނެތި، ގަނޑެއް ބައްލަވަމުން

އިއްޔެއަކީ މި ހިނގާ ރިޔާސީ ދައުރުގެ، އެންމެ ފަހު މިނިވަން ދުވަހެވެ. އެ ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ގައުމާ މުހާތަބު ކުރެއްވީ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައީސް ދެއްވި ހިތާބުގައި ގިނަ ބަޔަކު އަޅައިގެން ކަންތައްތަކެއް ހިނގައިދިއެވެ. ފުރަތަމަ ކަމަކީ ޕޯޑިއަމަށް ރައީސް ހުއްޓިވަޑައިގެން ހުންނަވައި، ބޫޓުގެ ދަށްފުށުން އެއްޗެއް ނައްޓަވާލެއްވުމެވެ. ދެ ވަނަ ކަމަކީ ހިތާބު މެދުކަނޑުއްވާލެއްވުމަށްފަހު، ރައީސް ޔާމީން ސިފައިންނަށް އަމުރެއް ކުރެއްވުމެވެ.

ފަރިތަކަމާ އެކު ވާހަކަފުޅު ދައްކަވާ ބޭފުޅަކަށް ރައީސް ޔާމީން ވެވަޑައިގެންނެވި ނަމަވެސް، މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި އެމަނިކުފާނު ހިތާބު ދެއްވީ ޕޯޑިއަމް މަތީގައި ބާއްވާފައިވާ ކަރުދާހަށް ބައްލަވައިގެންނެވެ. އަދި ޖެހިލުންވެވަޑައިގެން ހުންނަވައި، ފަރިތަކަމެއް ނެތި، ވާހަކަފުޅު ދައްކަވަމުން ގެންދެވި ވަގުތު އިރުއިރުކޮޅާ ވާހަކަފުޅު މެދުކަނޑުއްވާލެއްވިއެވެ. އަދި އިލެކްޓްރޯނިކް ޑިވަސްއަކުން އަޑެއް ގޮވުމުން، ރައީސް ޔާމީން އެކަމަށް ސަމާލުކަންދެއްވި ތަން އެ ރަސްމިއްޔާތުން ފެނިގެންދިޔައެވެ.

ހިތާބު ދެއްވަން ޕޯޑިއަމަށް ވަޑައިގަތުމުގެ ކުރިން، އެމަނިކުފާނުގެ ބޫޓުގެ ދަށްފުށުގައި ހަރުލާފައިވާ ޗުއިންގަމްކޮޅެއް ނައްޓާލާ މަންޒަރު ފެންނަ ފޮޓޯއެއް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ. އެ ފޮޓޯއިން ފެންނަ ގޮތުން، ކަނާއަތް ފަރާތު ބޫޓުގެ ދަށްފުށުގައި ހަރުލާފައި އިން ޗުއިންގަމް ކޮޅެއް ނައްޓާލެއްވުމަށް ރައީސް މަސައްކަތްޕުޅު ކުރައްވާ ތަން ފެނެއެވެ. އަރިހުގައި ސިފައިންގެ އޮފިސަރަކު ވެސް ހުއްޓިގެން ހުރެއެވެ.

ބޫޓުގައި ހަރުލާފައި އިން ޗުއިމްގަމް ރައީސް ޔާމީން ނައްޓާލައްވަނީ-- ފޮޓޯ/ ރާއްޖެއެމްވީ

ހިތާބު ދެއްވަން ފެއްޓެވުމަށް ފަހު، ހިތާބުގެ ވަކި ހިސާބަކުން، ވާހަކަފުޅު ދެއްކެވުން މެދުކަނޑާލައްވައި، ފަސް އެނބުރި ބެއްލެވިތަން އެ ރަސްމިއްޔާތުގެ ވީޑިއޯތަކުން ފެނެއެވެ. އެ އަށް ފަހު ސްޓޭޖު މަތީގައި އޮތް އެއްޗެއް ނެންގެމަށް ބަޔަކަށް އިޝާރާތް ކުރެއްވިތަން ވެސް ވަގުތުން ފޮނުވަމުންދިޔަ އެ ރަސްމިއްޔާތުގެ ވީޑިއޯތަކުން ފެނެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީންގެ ހިތާބުގެ މެދުތެރެއިން އެމަނިކުފާނު، ސިފައިންނަށް އަމުރު ކުރެއްވީ ޕޯޑިއަމް ކައިރީގައި ބަހައްޓާފައިވާ ސްޕީކަރެއް ނެގުމަށެވެ. އެ ސްޕީކަރު އެތަނުގައި ބަހައްޓާފައި ހުރުމުން ވާހަކަފުޅު ދައްކަވަން އުނދަގޫވި ކަމަށް ރައީސް ޔާމީން ވިދާޅުވި އަޑު، އެ ރަސްމިއްޔާތަށް ގޮސް ތިބި ބައެއް މީހުންނަށް އިވިފައިވެއެވެ.

ރައީސް ޔާމީން އެތަނުން ނެގުމަށް އެންގެވި ސްޕީކަރު ޕޯޑިއަމް ކައިރީގައި: އެ ސްޕީކަރުން އަޑެއް ގޮވާތީ، ރައީސް ޔާމީން ހިތާބު މެދުކަނޑުއްވާލެއްވި-- ފޮޓޯ/ ރާއްޖެއެމްވީ

ހިތާބުގެ މެދުތެރެއިން ރައީސް ޔާމީން އެގޮތަށް ސިފައިންނަށް އަމުރު ކުރެއްވުމާ ގުޅިގެން، ސިފައިންގެ ބަޔަކާއި އިތުރު އެހެން ބަޔަކު ސްޓޭޖު ކައިރިއަށް ގޮސް، ހަރަކާތްތެރިވާ މަންޒަރު ވެސް އެ ވީޑިއޯތަކުން ފެނިގެންދެދިޔައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ދެއްވި ހިތާބާ ގުޅިގެން ފާޑު ކިޔަމުންދާ ފަރާތްތަކުން ބުނެފައި ވަނީ ރައީސް ޔާމީން އެ ރަސްމިއްޔާތަށް އެކަށީގެންވާ ވަރަށް ތައްޔާރުވެވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ރަސްމިއްޔާތުގެ ކުރިން ހިތާބު ބެއްލެވި ނަމަ އެހާ ކޮށިނުވާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މީގެ އިތުރުން ރައީސް ނަޝީދުގެ އާންމު ބަހުރުވައިގައި ގެންގުޅޭ ބައެއް ބަސްތައް އެ ހިތާބުގައި ބޭނުންކޮށްފައިވުމުން، ވެސް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން "ހަމަ އިސްކޮޅަށް ތެދުވެލާ" ވާހަކަ ރައީސް ޔާމީންގެ ހިތާބުގައި ބޭނުންކޮށްފައިވުމުން، އެ ލަފްޒުތަކަކީ ރައީސް ނަޝީދުގެ އާންމު ހިތާބުތަކުގައި ބޭނުންކޮށްފައިވާ އިބާރާތްތަކެކެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް، މުހިއްމު ބޮޑު ރަސްމިއްޔާތަކުން ރައީސް ޔާމީންނަށް ލިބެންޖެހޭ މަގުބޫލުކަން ނުލިބި، އެ ޝައުގުވެރިކަން ހުއްޓުނީޗުއިންގަމް ކޮޅަކަށެވެ. އަދި ސްޕީކަރަށް ހުއްޓުނު ޝައުގުވެރިކަމާ އެކު، އޭގެ އަޑު ވެސް އެ ވަނީ ރައީސް ޔާމީނަށް ވުރެ ގަދަވެފައެވެ.

- ކޮމެންޓް
27 ޖުލައި 2018 | ހުކުރު 10:14
އިސްމާލް
މިވެސް ހަބަރަކަށް ހަދާގެން ލިޔާވަރުގެ ކަމެށްބާ، އެކަމު އެބޭފުޅާވެސް ބޮލެއް ހުރިނަމަ ނެއްޓުމުގައި އެހާގިނަވަގުތު ނަގާނެކަމެށް ނެތްތޯޗެއް؟
27 ޖުލައި 2018 | ހުކުރު 09:57
ޙާ
އެގިނގެން ހަބަރު ލިޔެބަލަ. އެއީ ޗުވިންގަމެއް ނޫން. އެއީ ސްޓޭޖުމަތީ އިނާމް ލިބޭ މީހުން މަޑުކުރަން ޖަހާފައިވާ ފާހަނގަ ކަހިގެން ބޫޓުގައި ހަރުލީ. ކޮންމެ މީހެއްނަމަވެސް އުނދަގުވާނެ. ބޮޑުވަރު ދެންތި.
27 ޖުލައި 2018 | ހުކުރު 09:57
Lonumirus
Ti bayaan kuranee hus technical kan thah, vee maa e'ee eh vess masala eh nun.
27 ޖުލައި 2018 | ހުކުރު 09:47
ޚުބުޅި
Meevess habareh dho