ކ. މާލެ
|
23 ޖުލައި 2018 | ހޯމަ 09:46
ވޯޓް ކަރުދާސްތައް މީހަކު ގުނަނީ
ވޯޓް ކަރުދާސްތައް މީހަކު ގުނަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ޖަލު ފޮށިތަކަށް ވޯޓުލާން މަޖުބޫރުކޮށް އުސޫލުގައި ސޮއިކުރި މީހަކު އެ ކުރަނީ ޤާނޫނީ ކުށެއް: ހުސްނުއް ސުއޫދު
ވޯޓުލުމުގެ ހައްޤު މިނިވަންކަމާއި ހަމަހަމަކަމާއެކު ބޭނުން ކުރުމުގެ ފުރުސަތު ދެވެން ޖެހޭނެ
މީހުންނާއި މެދު ރަނގަޅަށް ކަންތައް ކޮށްގެން ލިބޭނެ ދެރައެއް ނޯންނާނެ

މިއަހަރުގެ ސެޕްޓެމްބަރު މަހު 23 ގައި ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ މުވައްޒަފުން ޖަލު ފޮށިތަކަށް ވޯޓްލުމަށް މަޖުބޫރުކޮށް އެ އުސޫލުގައި ސޮއިކުރި މީހަކު އެ ކުރަނީ ޤާނޫނީ ބޮޑު ކުށެއް ކަމަށް ކުރީގެ ބަންޑާރަނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ހުސްނުއް ސުއޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުވައްޒަފުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްޤު މިނިވަންކަމާއި ހަމަހަމަކަމާއެކު ބޭނުން ކުރުމުގެ ފުރުސަތު ދެވެން ޖެހޭނެ ކަމަށާއި  މީހުންނާއި މެދު ރަނގަޅަށް ކަންތައް ކޮށްގެންވާނެ ދެރައެއް ނޯންނާނެ ކަމަށެވެ.  

މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ތަންފީޒު ކުރާ ގޮތަށް އާދީއްތަ ދުވަހު ކަރެކްޝަނަލް ސާރވިސްއިން މުވައްޒަފުންނަށް ފޮނުވި އުސޫލުގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގައި ކަރެކްޝަނަލް ސާރވިސްގެ މުވައްޒަފުން ވޯޓްލާން ޖެހޭނީ އެ މުވައްޒަފަކު މަސައްކަތް ކުރާ ތަނެއްގައި ހުންނަ ވޯޓް ފޮށްޓަކަށް ކަމަށެވެ. މާލޭގައި މަސައްކަތްކުރާ އޮފިސަރުންނާއި މަދަނީ މުވައްޒަފުން ވޯޓްލާނީ މާލޭ ޖަލުގައި ބަހައްޓާ ވޯޓް ފޮށްޓަކަށް ކަމަށްވެސް ކަރެކްޝަންގެ އެ އުސޫލުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މުވައްޒަފުންގެ ރީރެޖިސްޓްރޭޝަން ހިއުމަން ރިސޯސް ޑިޕާޓްމަންޓުން ޖަލުތަކާއި ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް ވެސް ކަރެކްޝަނަލް ސާރވިސްގެ އެ އުސޫލުގައި ބުނެފައި ވެއެވެ.

އެ އުސޫލުގައި ބުނެފައިވާ ގޮތުގައި ކޮންމެ އޮފިސަރެއް އަދި މަދަނީ މުވައްޒަފެއް ވޯޓްލުމަށް ރަޖިސްޓްރީ ކުރެވިފައިވޭތޯ 10 އޯގަސްޓް 2018 ގެ ކުރިން ބަލާ ޗެކްކުރުމަކީ އެމީހެއްގެ އަމިއްލަ ޒިންމާއެކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް