ކ. މާލެ
|
23 ޖުލައި 2018 | ހޯމަ 07:01
މިކްސްޑް ޔޫސް ޑިވޮލޮޕްމަންޓް ސައިޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
މިކްސްޑް ޔޫސް ޑިވޮލޮޕްމަންޓް ސައިޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ރަސްފަންނު ފްލެޓް ޓަވަރު
މިކްސްޑް ޔޫސް ޑިވޮލޮޕްމަންޓް ސައިޓްގެ ބިންގާ ރައީސް އަޅުއްވައިދެއްވައިފި
އެ ސަރަހައްދުގައި 25 ބުރިއާއި 28 ބުރީގެ ހަތަރު ޓަވަރު އަޅާނެ
އެ ތަނުގައި ހަދާ ހަތަރު ޓަވަރުން 120 ފްލެޓް ސަރުކާރަށް ދޭނެ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް "ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް ސައިޓް" ގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު މި މަޝްރޫޢުގެ ބިންގާ އަޅުއްވާ ދެއްވާފައިވަނީ ރަސްފަންނު ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ކުރިއަށް ދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް މަޝްރޫއު ކުރިއަށްގެންދާ ކުންފުނި ކަމުގައިވާ ކޮރަލް ބޮލޮވަރޑް އިން އެ ސަރަހައްދުގައި 25 ބުރިއާއި 28 ބުރީގެ ހަތަރު ޓަވަރެއް އެޅުމަށް ވަނީ ނިންމާފައެވެ. އެހެންނަމަވެސް ކުރިން ހައުސިންގ މިނިސްޓްރީން ބުނެފައި ވަނީ އެ ތަނުގައި ހަދަނީ 25 ބުރީގެ ހަތަރު ޓަވަރު ކަމަށެވެ.

ހައުސިންގ މިނިސްޓްރީން ބުނެފައި ވަނީ 2020 ވަނަ އަހަރުގެ ނިޔަލަށް 25 ބުރީގެ ހަތަރު ޓަވަރު އަޅާ ނިންމަން ޖެހޭނެ ކަމަށާއި އެ ތަނުގައި ހަދާ ހަތަރު ޓަވަރުން 120 ފްލެޓް ސަރުކާރަށް ދޭނެ ކަމަށެވެ. އަދި ސަރުކާރަށް ދޭ 120 ފްލެޓް ވިއްކާނީ ކޮންޓްރޯލް އަގެއްގައި ކަމަށް ހައުސިންގ މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

ކޮރަލް ބޮލޮވަރޑްގެ ފަރާތުން ރަމްޒީ މޮޑެލްއެއް ރައީސް ޔާމީނަށް އެރުވިއެވެ. އަދި ރައީސް ވަނީ އެޅުމަށް ހަމަޖެހިފައިވާ އެޕާޓްމަންޓްތަކުގެ ނަމޫނާ އެޕާޓްމަންޓެއް ބައްލަވާލައްވާފައެވެ.

ކޮރަލް ބޮލޮވަރޑް ކުންފުންޏާ މިދިޔަ އަހަރުގެ ޖުލައި މަހު މި މަޝްރުއޫ ހަވާލު ކުރީ ބިޑަށް ހުޅުވާލައިގެން އެކަށީގެންވާ ބަޔަކު ކުރިމަތިނުލުމުގެ ސަބަބުން ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެއެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް