ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 23:42
ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދެއް
ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދެއް
މުހައްމަދު ޝަރުހާން
މާރާމާރީ ހިންގުން
ގްރޫޕް މާރާމާރީއަކާ ގުޅިގެން 10 މީހަކު ހައްޔަރުކޮށްފި
އައްޑޫގައި ހިންގި މި މާރާމާރީގައި ދެ މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި
ސައިކަލެއް ރޯކޮށްލި
ރިޔާސީ އިންތިހާބު ކައިރިވާއިރު، ނުރައްކާ ދަނީ ބޮޑުވަމުން

އައްޑޫ ސިޓީ ހިތަދޫގައި ދެ ގްރޫޕެއް ދެމެދު ހިންގި މާރާމާރީއެއްގައި ދެ މީހަކު ޒަހަމްކޮށްލައި، ސައިކަލެއްގައި ރޯކޮށްލި މައްސަލައިގައި 10 މީހަކު ހައްޔަރުކޮށްފި އެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީ ހިންގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ރޭ 21:40 ހާއިރު ކަމަށެވެ. މާރާމާރީގައި ޒަހަމްކޮށްލި ދެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށާއި މިހާރު އެ މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މާރާމާރީގައި ޒަހަމްވި މީހުންގެ މައުލޫމާތާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މާރާމާރި ހިންގާފައިވަނީ ސައިކަލުގައި ދުއްވާފައި ދިޔަ ދެ މީހަކު މަޑުކުރުވުމަށް ފަހުގައެވެ. އަދި އެ ދެމީހުންގެ ގަޔަށް ވަޅި ހެރުމަށްފަހު އެ މީހުން ދުއްވި ސައިކަލުގައި ވެސް ރޯކޮށްލާފައިވާ ކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
22 ޖުލައި 2018 | އާދީއްތަ 18:56
އުދަފިނޮލު
އުދަފިނޮލު ވަގުވަގަށް ހިއްކަނީތަ؟