ޑިމޮކްރަސީގެ ނިޒާމު އުފުލަން ވާނީ އެބަޔަކަށް އުފުލޭ މިންވަރަށް ކަމަށާއި ބޭރު ގައުމުގެ ޑިމޮކްރަސީގެ ނިޒާމު ދިވެހި ރާއްޖޭގެ ތަތްގަނޑަކަށް ނުފެތޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވިއެވެ.
މ. މުލަކުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން ވިސްނުން ގެންގުޅެނީ ތަރައްގީއާ އެކީ ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދެވޭނެ ގޮތްތައް ހޯއްދަވައި ދިނުމަށް ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ދޮށީ އުމުރުގެ ރައްޔިތުންގެ އަގުވަޒަންކުރެއްވުމުގެ ގޮތުން އެބޭފުޅުންނަށް މިހާރު ދެމުންދާ އިނާޔަތް ކުރިއަށް އޮތްތަނުގައި ބޮޑުވެގެން ދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ އެއަތޮޅު ދިއްގަރަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.
"އަޅުގަނޑު ބޭނުންވޭ ޒުވާން ކުދިންނަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭން. އަޅުގަނޑުގެ ފަސް އަހަރު ނިމޭ އިރު އެއްވެސް ޒުވާނެއް ހުރެގެން ނުވާނެ ވަޒީފާނެތް،" ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށްޓަކައި ނަގާފައިވާ ލޯނުތަށް ދެއްކުމުގެ ގާބިލުކަން ސަރުކާރަށް ލިބިފައިވާ ކަމަށާއި ލޯނުތައް ނަގާތީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށެވެ.
މީގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އަންހެނުންނާ ކުޑަކުދިންނަށް ހާއްސަ ގައުމީ ހޮސްޕިޓަލެއް ގާއިމް ކޮށްދެއްވާނެ ކަމަށެވެ.