ކ. މާލެ
|
20 ޖެނުއަރީ 2017 | ހުކުރު 05:00
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން މުހައްމަދު އަބޫޓްރިކާ
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން މުހައްމަދު އަބޫޓްރިކާ
ގޫގުލް
މުހައްމަދު އަބޫޓްރިކާ
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
މުސްލިމް ބްރަދާހުޑަށް ތާއީދްކޮށް މާލީ ގޮތުން އެހީތެރިވިކަމުގެ ތުހުމަތު މުހައްމަދު އަށް ވަނީ ކޮށްފަ

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން މުހައްމަދު އަބޫޓްރިކާ ޓެރެރިސްޓް ލިސްޓްގައި ހިމަނައިފި އެވެ.

މިސްރުގެ ގައުމީ ޖޯޒީގައި މޮޅު ކުޅުމެއް ދައްކާފައިވާ މުހައްމަދު ޓެރެރިސްޓް ލިސްޓުގައި ހިމަނާފައިވަނީ އެގައުމުގެ ސަރުކާރުން ޓެރެރިސްޓް ޖަމާއަތެއްކަން ކަނޑައަޅާފައިވާ މުސްލިމް ބްރަދާހުޑަށް ތާއީދްކޮށް މާލީ ގޮތުން އެހީތެރިވުމުގެ ތުހުމަތުގައެވެ.

ޓެރެރިސްޓް ލިސްޓުގައި މުހައްމަދު ހިމަނަން ނިންމި ނިންމުމާ ގުޅިގެން އޭނާގެ ވަކީލު މުހައްމަދު އުސްމާން ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި ބުނީ އެ ނިންމުން ބަދަލުކުރަން ކަމާބެހޭ ފަރާތްތަކުގައި އެދޭނެ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ މުހައްމަދު ޓެރެރިސްޓް ލިސްޓުގައި ހިމެނިޔަސް އޭނާއާ ދެކޮޅަށް އަދި އެއްވެސް ދައުވާއެއް ކޮށްފައިނުވާ ކަމަށެވެ.

މިސްރުގައި 2012 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގައި ފާޅުގައި މުހައްމަދު ނިކުތީ މުހައްމަދު މޮރްސީ ހޮވަންށެވެ. އެގޮތުން އޭނާ ވެސް ކެމްޕޭން ކޮށްގެން އެފަހަރު މުސްލިމް ބްރަދާހުޑްގެ ކެންޑިޑޭޓެއްގެ ގޮތުގައި މޮރްސީވަނީ ހޮވިވަޑައިގެންފައެވެ.

މިދިޔަ އަހަރު މުހައްމަދުގެ ހުރިހާ ބޭންކް އެކައުންޓްތައް އަދި މުދާތައް ފްރީޒްކޮށްފައިވާއިރު، މުދާތައް އަނބުރާ ހޯދުމަށް އޭނާ ވަނީ ދެފަހަރެއްގެ މަތިން އެދިފައެވެ. އެހެންނަމަވެސް އެ ދެފަހަރު ވެސް އެޕީލް ބަލައިގަނެފައެއްނުވެއެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސް ދެފަހަރު ކާމިޔާބުކޮށްފައިވާ އަހުމަދު ވަނީ އެފްރިކާގެ މަޝްހޫރު ޓީމެއްކަމަށްވާ އަލް އަހުލީ އަށް ކުޅުނު 356 މެޗުގައި 167 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އެޓީމާއެކު ހަތް ފަހަރު މަތިން އިޖިޕްޓް ޕްރިމިއާ ލީގު އަދި ފީފާ ކްލަބް ވޯލްޑްކަޕްގެ ބްރޯންޒް މެޑަލް ވެސް ހޯދާފައެވެ.

- ކޮމެންޓް