ކ. މާލެ
|
5 ޖުލައި 2018 | ބުރާސްފަތި 17:32
މަލިކުގައި 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގެ ތެރެއިން
މަލިކުގައި 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގެ ތެރެއިން
ޔޫޓިއުބް
ރިޕޯޓް
މަލިކު މީހުންވެސް ބުނަނީ ނުލިބިދިޔަ ހެޔޮވެރިކަން ރައްޔިތުންނަށް ހޯދާ ދީފަނޫނީ ގެއަށް ނުވަންނާނެ ކަމަށް!
މަލިކު އަތޮޅަކީ، ދުނިޔޭގައިވާ މުރަކައިގެ ޖަޒީރާތަކުގެ ތެރެއިން ބޮޑު ޖަޒީރާއެއް
މި ރަށާ އެންމެ ކައިރީގައި އޮތް ރަށަކީ ރާއްޖޭގެ ރަށެއް ކަމުގައި ވާ ހއ. ތުރާކުނު

މަލިކަކީ ލަކްޝަދްވީޕް ޖަޒީރާގެ ތެރޭގައި ހިމެނިފައިވާ 2 ވަނައަށް އެންމެ ބޮޑު ރަށެވެ. ލަކްޝަދީބަކީ، އިންޑިޔާގެ މަރުކަޒީ ސަރުކާރުގެ ރަސްކަން ހިނގާ އަތޮޅެކެވެ. މި އަތޮޅުގައި މީހުން ދިރިއުޅޭ ދިހަ ދީބާއި މީހުން ނޫޅޭ ކިތައްމެހައި ދީބުތަކެއް އެބަ ހުއްޓެވެ. މަލިކު އަތޮޅަކީ، ދުނިޔޭގައިވާ މުރަކައިގެ ޖަޒީރާތަކުގެ ތެރެއިން ބޮޑު ޖަޒީރާއެކެވެ. އެ ޖަޒީރާ އޮންނަނީ، ލަކްޝަދުވީޕު އިއްތިޙާދު ޓެރިޓަރީގެ ދެކުނުގަ އެވެ.  މި އަތޮޅުގެ އާބާދުވެފައިވާ ދިހަ ދީބު ތެރެއިން މަލިކަކީ އެއްދީބެވެ. މި ރަށް އޮތީ ރާއްޖެ އަށް ވުރެ އުތުރުގައެވެ. މި ރަށާ އެންމެ ކައިރީގައި އޮތް ރަށަކީ ރާއްޖޭގެ ރަށެއް ކަމުގައި ވާ ހއ. ތުރާކުނެވެ.

މަލިކުގައި 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބަކީ ރާއްޖެއެކޭ އެއްފަދައިން ވަރަށް ފޯރިގަދަކޮށް ކުރިއަށްދިޔަ އިންތިޚާބެކެވެ. އެ އިންތިޚާބުގައި ލަކްޝަދީބުގެ އެމްޕީއަކަށް ހޮވިފައިވަނީ ނެޝަނަލް ކޮންގްރެސް ޕާޓީ (އެންސީޕީ)ގެ މެންބަރު އަދި އިންޑިއާގެ ފާހަގަކޮށްލެވޭ ސިޔާސީ ފަރާތެއް ކަމަށްވާ މުހައްމަދު ފައިޒަލް އެވެ. އެންސީޕީ އުފެދިފައި ވަނީ 1999 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ޕާޓީގެ ވެސް އަމާޒަކީ ހަމަ ހަމަ ފުރުސަތު ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމާއި އިންސާފު ގާއިމު ކޮށްދިނުމެވެ. މި އިންތިޚާބު ފައިޒަލް އަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ފޯރިގަދަ ކެމްޕެއިންތަކެއް ކޮށްފައިވާއިރު، ދިވެހި ބަހުން ގެނެސްދިން ލަވަތަކަކީ އޭގައި ރާއްޖެއާއި ވަރަށް އެއްގޮތް ކަންތައްތަކެއް އެކުލެވިގެންވާ ލަވަތަކެކެވެ. ފައިޒަލް އެ އިންތިޚާބު ކާމިޔާބު ކުރެއްވީ އިންޑިއަން ނެޝަނަލް ކޮންގްރެސް ޕާޓީގެ ލީޑަރު މުހައްމަދު ހަމަދުއްލާ ސައީދާ ވާދަކޮށެވެ.

އެންސީޕީ ކެމްޕެއިން ލަވަ އާއި އެމްޑީޕީ ކެމްޕެއިން ލަވައިގައި ހުރި އެއްގޮތް ވާހަކަތައް

މި ދައްކަނީ މީގެ 5 އަހަރު ކުރިން މަލިކު މީހުންވެސް ބޭނުންވި ގޮތުގެ ވާހަކައެވެ.

2013 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ލޭ ކައްކުވާލަދިން މައިގަނޑު އެއްޗަކީ ވާދަވެރި ޕާޓީތަކުން ބޭނުން ކުރި ލަވަތަކެވެ. އެގޮތުން އެމްޑީޕީން ބޭނުން ކުރި ބައެއް ލަވަތައް މަލިކުގައި ބޭއްވި އިންތިޚާބުތަކުގައި ހަމަ އެ އިބާރާތުން ބޭނުން ކޮށްފައިވެއެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެއް ލަވައަކީ ރިޔާސީ އިންތިޚާބުގައި ފުވައްމުލަކު އަފަގެ ސްޓޫޑިއޯއިން ތައްޔާރުކޮށްފައިވާ ލަވައެވެ. އެ ލަވައިގައި ރައީސް މުހައްމަދު ނަޝީދުގެ އަޑުފުޅުން ވިދާޅުވެފައިވަނީ "އެ ޕާޓީގެ އަބަދުވެސް މަގުސަދަކީ އިންސާފު ރައްޔިތުންނަށް ހޯދާދިނުން ކަމަށެވެ. އަދި ޕާޓީގެ އަބަދުވެސް ބޭނުމަކީ ހެޔޮލަފާ އަނިޔާވެރި ކަމަކާ ނުލާ ވެރިކަމެއް ދިވެހިރައްޔިތުންނަށް ކޮށްދިނުން ކަމަށާއި، އަލުން އަބުރާ ގެއްލިގެންދިޔަ ހެޔޮ ވެރިކަން ހޯދާދިނުމަށްޓަކައި ތިބީ ނުކުމެ ކަމަށެވެ. "އަޅުގަނޑުމެންނެއް ގެއަކަށް ނުވާންނާނެ. ރާއްޖޭގެ ރައްޔިތުންނަށް ހެޔޮވެރިކަމެއް ހޯދާދެވުނީމާ މެނުވީ." މިހެންނެވެ.

މަލިކު ލަވައިގައި ބުނާ ވާހަކަ

"އެންސީޕީގެ އަބަދުވެސް މަގުސަދަކީ އިންސާފު ރައްޔިތުންނަށް ހޯދައިދިނުން. ޕާޓީގެ އަބަދު ވެސް ބޭނުމަކީ ހެއުލަފާ އަނިޔާވރިކަމަކާ ނުލާ އެމްޕީ ކަން ރައްޔިތުންނަށް ކޮށްދިނުން. އަލުން އަބުރާ އަޅުގަނޑުމެންނަށް ނުލިބިދިޔަ ހެޔޮ ވެރިކަން ރައްޔިތުންނަށް ހޯދާދިނުމަށްޓަކައި އަނެއްކާ އަޅުގަނޑުމެން މިތިބީ ނުކުމެ. އަޅުގަނޑުމެންނެއް ފަހަކަށް ނުޖެހޭނަން. ތިޔަ ރައްޔިތުންނަށް ހެޔޮވެރިކަން ހޯދާ ދެވުނީމާ މެނުވީ. މިވަރުގެ ފުރިހަމަ ސިޔާސަތެއް ދުވަހަކު ފެނިފަ ނުވާނޭ. ފަސްނުޖެހި އެންމެން ހިނގާށޭ، މީ ތަރައްގީ ގައުމު ކުރެވޭ. އެންމެނަށް ހަމަ ހަމަކަމާއެކު މީ ސިޔާސަތު ހާމަވާ." މިއީ މަލިކު ލަވައިގައި ބުނާ ވާހަކައެވެ. މީގެއިން މިދޭހަކޮށްދެނީ މަލިކު ރައްޔިތުންވެސް ބޭނުންވަނީ ހެޔޮލަފާ ވެރިކަމެއް ކަމެވެ.

- ކޮމެންޓް