ކ. މާލެ
|
19 ޖެނުއަރީ 2017 | ބުރާސްފަތި 20:41
ސިޓީ އަށް ކުޅެމުން އަންނަ ޔާޔާ ޓޫރޭ
ސިޓީ އަށް ކުޅެމުން އަންނަ ޔާޔާ ޓޫރޭ
ސްކައި ނިއުސް
ޔާޔާ ޓޫރޭ
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
 
ޗައިނާ ކްލަބުން ޓޫރޭ ހޯދުމަށް ބޭނުންވަނީ ހަފްތާއަކު 430،000 ޕައުންޑު ހޭދަކުރާގޮތަށް
 
އޮސްކާ ހޯދުމަށް ޝަންހާއީން ވަނީ މިދިޔަ ޑިސެމްބަރު މަހު 60 މިލިއަން ޕައުންޑް ހޭދަކޮށްފަ

މެންޗެސްޓާ ސީޓީ އަށް ކުޅެމުން އަންނަ އައިވަރީ ކޯސްޓްގެ މިޑްފިލްޑަރު ޔާޔާ ޓޫރޭ ހޯދުމަށް ޗައިނީސް ސުޕާ ލީގުގެ ކްލަބަކުން ހުށަހެޅި ބިޑް އޭނާ ރިޖެކްޓްކޮށްލައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ގޯލްޑޮޓްކޮމް އިން ބުނީ ހަފްތާއަކު 430،000 ޕައުންޑު ދޭގޮތަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑް ޓޫރޭ ރެޖެކްޓްކޮށްލާފައިވާ ކަމަށާއި، މި ސީޒަނުގައި އޭނާ ސިޓީ ދޫކޮށްލުމަށް ފަހު އެހެން ކްލަބަކަށް ބަދަލުވުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

މި ސީޒަނަށް ފަހު ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާއިރު ޓޫރޭ ހޯދުމަށް ޗައިނާގެ ކްލަބްތަކުގެ އިތުރުން ސްޕެއިން އަދި އިޓަލީގެ ކްލަބްތަކުން ވެސް ދަނީ މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް ހުރިހާ ކްލަބްތަކެއްގެ ހުށަހެޅުމަކަށް ވެސް ޓޫރޭ އަދި ދެނީ ބީރު ކަންފަތެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ސީޒަނަށް ފަހު އޭނާ ސިޓީ ދޫކޮށްލާނެއެވެ. އެގޮތުން ޓޫރޭ ބަދަލުވުން އެންމެ ގާތީ ޗައިނާ ކްލަބަކަށް ކަމަށް ވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ބާސާ އިން 2010 ވަނަ އަހަރު ސިޓީއާ ގުޅުނު ޓޫރޭ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 279 މެޗުގައި 79 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ މި ސީޒަނުގައި އެ ކްލަބަށް ކުޅުނު 11 މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

ޓުރޭ ހޯދުމަށް ޗައިނާގެ ކްލަބްތަކުން މަސައްކަތްކުރަމުން އަންނައިރު، ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ޗައިނާގެ ޓްރާންސްފާ ރެކޯޑް ވަނީ ފަސް ފަހަރު މަތިން މުގުރާލާފައެވެ. އެގޮތުން އެންމެ ފަހުން ބޮޑު އަގުގައި ގެންދިޔަ ކުޅުންތެރިޔަކީ ޗެކްސީގެ ބްރެޒިލް ތަރި އޮސްކާއެވެ. އޮސްކާ ހޯދުމަށް ޝަންހާއީން ވަނީ މިދިޔަ ޑިސެމްބަރު މަހު 60 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް