ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 20:59
ދިވެހި ރުފިޔާ
ދިވެހި ރުފިޔާ
ރާއްޖެއެމްވީ
ދައުލަތުގެ ދަރަނި
ރާއްޖޭގެ ދަރަނި: ގޮވަން ކައިރިވެފައިވާ ބޮން
ދަރަނި މެނޭޖް ނުކުރުމުން މާލީ ބޮޑު ކާރިސާއެއް ކުރިމަތިވުމަށް މަގުފަހިވޭ
ރާއްޖޭގެ ދަރަނި 43 ބިލިއަން ރުފިޔާގައި
ކުރިއަށް އޮތް ތަނުގައި ދަރަނި އިތުރަށް ބޮޑުވާނެ ކަމަށް ލަފާކުރޭ

ދިވެހި ރާއްޖޭގެ އިގްތިސާދުގެ ވާހަކަތައް ދައްކާއިރު ސަރުކާރަށް ނިސްބަތްވާ ސިޔާސީ ފަރާތްތަކުން ބުނާ އެންމެ މޮޅު އެއް ވާހަކައަކީ ރައްޔިތުންނަށް ތަރައްގީގެ މަޝްރޫއުތައް ހިންގިފައިވާ މިންވަރުގެ ވާހަކައެވެ. ތަރައްގީ ގެނައުމުގައި މިފާއިތުވެދިޔަ ތިރީސް ސާޅީސް އަހަރުގެ ތެރޭގައި ގެނެސްފައިނުވާ ނުވަތަ ރައްޔިތުން ހިތަށްނާރާ މިންވަރަށް ތަރައްގީ ގެނެސްދެވިފައިވާ ވާހަކަ އެވެ.

މި ތަރައްގީގެ މަޝްރޫއުތަކަށް ބަލާ އިރު ތަރައްގީ ގެނައުމަށް ހިންގާ މަޝްރޫއުތަކަށް ފައިސާ ހޯދަނީ ހަމައެކަނި ގައުމުގެ އާމްދަނީން ނޫންކަން ވަރަށް ސާފުކޮށް އެފަދަ ފަރާތްތަކުން ބުނަމުންދެވެ. މިފަދަ އަވަސް ނުވަތަ އެގްރެސިވް ތަރައްގީއެއް ގެނައުމަށް ފައިސާ ހޯދަނީ ބޮޑެތި އަދަދުތަކުން ލޯނު ނަގައިގެންނެވެ.

މި ފާއިތުވެދިޔަ އަހަރު ރާއްޖޭގެ ދަރަނީގެ ތަފާސް ހިސާބުތަކަށްބަލާ އިރު  2017 ވަނަ އަހަރު ރާއްޖޭގެ ދަރަނި ހުރީ 43 ބިލިއަން ރުފިޔާގަ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން ބަލާނަމަ 61 ޕަސެންޓެވެ. ރާއްޖޭގެ ބޭރުގެ ދަރަނި 17 ބިލިއަން ރުފިޔާގައި ހުރި އިރު މިއީ ޖީޑީޕީގެ ނިސްބަތުން ބަލާ ނަމަ 24.3 ޕަސެންޓެވެ. އަދި ޖީޑީޕީގެ ނިސްބަތުން ބަލާ ނަމަ އެތެރޭގެ ދަރަނި ހުރީ 36.4 ފަސެންޓެވެ. 2013 ވަނަ އަހަރު ދައުލަތުގެ ދަރަނި ހުރީ ގާތްގަނޑަކަށް 28 ބިލިއަން ރުފިޔާއެވެ. ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓީން ކުންފުންޏެއް ކަމުގައިވާ، މޫޑީސް އިން ހާމަކޮށްފައިވާ ގޮތުގައި، 2019 އަހަރު ރާއްޖޭގެ ޖީޑީޕީގެ 82 ޕަސެންޓް ދަރަނި ހިއްސާ ކުރާނެ ކަމަށެވެ. މިކަމުންވެސް ރާއްޖޭގެ ދަރަނީގެ ހާލަތު ވަރަށް ބޮޑަށް ސާފުވެގެންދެއެވެ.

 ދަރަނީގެ ތަފާސް ހިސާބުތަކުގެ ވާހަކަތައް ދައްކާ އިރަށް ސަރުކާރުން ބުނަނީ ދަރަނީގެ ވާހަކަ ދައްކަނީ ދަރަނި މެނޭޖް ކުރާނެ ގޮތް ނޭނގޭ މީހުންނެވެ. ދަރަނި މެނޭޖް ކުރެވޭނެ ކަމަށާއި އެއީ ހާސްވާން ޖެހޭނެ ކަމެއް ނޫން ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ބޮޑެތި ކަންކަން ކުރެވޭނީ ބޮޑެތި ރިސްކު ނަގައިގެން ކަމަށާއި ބޮޑެތި ރިސްކު ނަގަންޏާ ގިނައިން ފައިސާ ނަގަން ޖެހޭނެ ކަމަށް ބުނަމުންނެވެ. މިވާހަކަތަކަކީ މާލީ ކަންކަން ދަންނަ މީހުން ދޮގު ކުރާނެ ވާހަކަތަކެއް ނޫނެވެ. ނުވަތަ ސުވާލު އުފައްދާނެ ވާހަކަތަކެއް ނޫނެވެ. ހަމައެނަކި ސުވާލު އުފައްދާނެ ކަމަކީ، މިހާ ބޮޑު ރިސްކެއް ނަގައިގެން ދަރަނި މެނޭޖް ނުކުރެވިއްޖެ ނަމަ ކަންކަން ވެގެންދާނެ ގޮތާއި ގުޅިގެންނެވެ. މިއީ ނުވާނެ ކަމެއް ވެސް ނޫނެވެ. ހާއްސަކޮށް އިގްތިސާދީ ގޮތުން އެހާ ބަލިކަށި ގައުމަކަށް ނުވުމަށް ވުރެ ގާތީ، މިފަދަ ކަމެއް ކުރިމަތިވުމެވެ. ދުނިޔޭގެ އެކި ހިސާބުތަކަށް މިފަދަ އެތައް ކަމެއް ކުރިމަތިވެ އެވެ. އެންމެ ބާރުގަދަ އިގްތިސާދުތަކަށް ވެސް އެފަދަ ހާދިސާތައް ކުރިމަތިވެގެންދިޔަ މަންޒަރު މިފާއިތުވެދިޔަ ދުވަސްތަކުގައި ފެނިގެން ގޮސްފައިވެ އެވެ.

ކަން މިހެން އޮތް އިރު ގައުމުތަކުން ދަރަނި އިންތިހާއަށް ނެގުމުން ކުރިމަތިވި "ފައިނޭންޝިއަލް ކްރައިސިސް" ތަކަށް ބަލާލާނަމެވެ. އެންމެފަހުން މުޅި ދުނިޔޭގެ އިގްތިސާދު ގުޑުވާލި އެންމެ ބޮޑު މާލީ ކާރިސާ ހިނގަން މެދުވެރިވި ސަބަބަކީ އެއްވެސް ހަމައެއް ލަމައެއް ނެތި ބޭންކުތަކުން ދޫކުރި ލޯންތަކެވެ. މި ހާދިސާގައި އެމެރިކާގެ ބޮޑެތި ބޭންކްތަކާއި އެންމެ ބޮޑު އިންޝިއުރެންސް ކުންފުނިތައް ބަނގުރޫޓުވެގެންދިޔަ އެވެ. އެންމެ ބޮޑު އިންވެސްޓްމެންޓް ބޭންކް ކަމުގައިވާ ލޭމަން ބްރަދާސް ވެއްޓުނީ ފުންވަޅުގަނޑަކަށެވެ.

މިކަން ހިނގާދިޔަ ގޮތަށް ބަލާއިރު އެމެރިކާއިން އޭރު އެންމެ ބޮޑު އަމާޒެއް ހިފާފައިވަނީ އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ގެދޮރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އޭރު ބޭންކްތަކުން އެއްވެސް ފިކުރެއްނެތި ފައިސާ ދެއްކޭނެ ކަމުގެ މާބޮޑު ގާބިލުކަމެއް ނެތް ފަރާތްތަކަށް ވެސް " ސަބްޕްރައިމް" ފަންޑުތައް ދިޔައީ ދޫކުރަމުންނެވެ. އޭރު ބޭންކުތަކުންވެސް ބުނަމުންދިޔައީ މިކަމުން އިގްތިސާދަށް ކުރާނީ ފައިދާކަމަށާއި އެއްވެސް ގެއްލުމެއް ކުރިމަތިނުވާނެ ކަމަށެވެ. އެހެން ނަމަވެސް 2006 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ގެދޮރުގެ އަގު ބޮޑުތަނުން ވެއްޓިގެންދިޔަ އެވެ. ކަން މިހެން އޮތް އިރު އިންވެސްޓަރުންދިއައީ އެމީހުންގެ ފައިސާ އިންވެސްޓްމެންޓް ބޭންކްތަކުގައި އިންވެސްޓް ކުރަމުންނެވެ. އިންވެސްޓަރުން މިގޮތަށް ކަންކަން ކުރަމުންދިއަކީ މަޝްހޫރު ކްރެޑިޓް ރޭޓިންގ ކުންފުނިތައް ކަމަށްވާ މޫޑީސް އާއި ފިޗް އަދި ސްޓޭންޑާޑް އެންޑް ޕުއަރސް ފަދަ އޭޖެންސީތަކުން ޓްރިޕަލް އޭ ރޭޓިންގތައް  އިންވެސްޓްމެންޓް ބޭންކްތަކަށް ދެމުން ގެންދިއުމުގެ ސަބަބުންނެވެ.

މިއީ އޭރު ކުރިމަތިވި އެންމެ ބޮޑު މައްސަލައެވެ. ހަގީގަތާއި ހިލާފު ރޭޓިންގތަކެއް ކްރެޑިޓް ރޭޓިންގ އޭޖެންސީތަކުން ދިނުމުގެ ސަބަބުން އިންވެސްޓަރުން ފައިދާ ނުވާ އިންވެސްޓްމެންޓްތަކަށް ފައިސާ ހޭދަކުރަމުންދިއުމެވެ. އޭރު ކްރެޑިޓް ރޭޓިންގ އޭޖެންސީތަކުން ނެރެމުންދިޔައީ ބޭންކްތަކުން ބޭނުންވި ރޭޓިންގނެވެ. ބޮޑު އޮޅުވާލުން ގަނޑެއްގެ ތެރެއިން ގޯސް ކްރެޑިޓް ރޭޓިންގް ތަކެއް ދައްކަމުންދިޔަ ނަމަވެސް  2007 ވަނަ އަހަރު ނިމެން ކައިރިވި އިރު މާލީ ދާއިރާގައި މަސައްކަތް ކުރަމުންދިޔަ ފަރާތްތަކުންނާއި މަސްރަހު ދިރާސާކުރަމުންދިޔަ ފަރާތްތަކުން ދިޔައީ ބޮޑު ފައިނޭންޝިއަލް ކްރައިސިސްއެއް އަންނާނެ ކަމަށް ބުނެ، ސަރުކާރަށް އެލާމް ސިގްނަލް އަޅަމުންނެވެ.

އެމެރިކާއަށް 2008 ވަނަ އަހަރު ކުރިމަތިވި ފައިނޭޝިއަލް ކްރައިސިސްގެ ސަބަބުން ޓްރިލިއަން ޑޮލަރުން ބޭންކްތަކަށް ގެއްލުންވި އިރު ގާތްގަނޑަކަށް 2.6 މިލިއަން ވަޒީފާ ގެއްލިގެންދިޔަ އެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު  އޮތް ގައުމު، މާލީ ބޮޑު އަދަވަޅަކަށް ވެއްޓުމުން ލިބުނު ގެއްލުމުގެ ވާހަކައެވެ. މީގެ އަސަރު މުޅި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި އެވެ. މިކަމަކީ 1930 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި " ގްރޭޓް ޑިޕްރެޝަން" އަށް ފަހު ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާއެވެ.

މާލީ ބޮޑު ކާރިސާއިން ސަލާމަތްކުރުމަށްޓަކާއި ބަނގުރޫޓްވި ބޭންކްތައް ކޮޅަށް ޖެހުމަށް އެމެރިކާގެ ސަރުކާރުން ބޮޑު ހޭދައެއް ކުރަންޖެހުނެވެ. ސަބަބަކީ އަމިއްލަ އިންވެސްޓްމެންޓް ބޭންކްތަކަށް ކުރިމަތިވި  ގެއްލުމުގެ ސަބަބުން ހަމައެކަނި ގެއްލުންވާނީ އެކުންފުނި ހިންގާ ފަރާތަކަށް ނޫނެވެ. އެތައް މިލިއަން މީހުންނަށް އެބޭންކްތަކުގެ ސަބަބުން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިގެންދިއުމެވެ

މިއީ އެމެރިކާގެ ބޭންކްތަކަށް ކުރިމަތިވި މާލީ ބޮޑު އަދަވަޅުގެ ވާހަކައެވެ. ގައުމެއްގެ މާލީ ހާލަތު މިފަދަ ދަރަޖައަށް ވެއްޓިއްޖެ ނަމަ އެހީތެރިކަން ދެން ހޯދާނީ ކޮންބައެއްގެ ފަރާތުން ހެއްޔެވެ. ރާއްޖޭގެ ދަރަނި ދެއްކޭނެ ގޮތާ މެދު ސުވާލު ނުކުރުމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ނަމަވެސް ރައްޔިތުން މިކަމާ ސުވާލު އުފައްދަނީ މާޒީގައި ދުނިޔެއަށް ކުރިމަތިވެފައިވާ މިފަދަ ކަންކަމުގެ ސަބަބުންނެވެ. ކްރެޑިޓް ރޭޓިންގ އޭޖެންސީއަކުން ނެރޭ ރޭޓިންގނަކުން ގައުމުގެ ހާލަތެއް ރަގަޅެއް ނުކުރެވޭނެ އެވެ. ނުވަތަ ދެއްކުންތެރި

"ވެނިޓީ" ޕްރޮޖެކްޓްތަކަކުންވެސް އިގްތިސާދީ ހަގީގީ ކުރިއެރުމެއް ނުގެނެވޭނެ އެވެ. ކުރިއެރުން ގެނެވޭނީ ދަރަނި ރަގަޅަށް މެނޭޖް ކުރެވޭނެ ޕްލޭނެއްގެ ތެރެއިން ކަންކަން ކޮށްގެންނެވެ. ދެފުށް ފެންނަ ޖަވާބުދާރީ ކުރެވޭނެ ނިޒާމެއްގެ ތެރެއިންނެވެ. ކަންކަން ފޮރުވާ އޮޅުވާލާ ނިޒާމެއްގެ ތެރެއިން ތަރައްގީއެއް ނުގެނެވޭނެއެވެ.

- ކޮމެންޓް
2 ޖުލައި 2018 | ހޯމަ 12:29
2008
ބައްލަވާ: 2008 ގަ ރާއްޖޭގެ ދަރަނި ހުރީ 669 މިލިއަން ޑޮލަރުގަ. 2011 ނިމުނު އިރު އެއަދަދު އޮތީ ދެގުނައަށްވުރެ ބޮޑުވެ، 1.4 ބިލިއަން ޑޮލަރަށް އިތުރުވެފަ. އެއީ އަދި ޖީއެސްޓީއާ އެއްޗެހި ނަގަންފެށިފަހުން. އެކަމަކު އެދެމެދު ޙާޞިލުވީ ކޮންކަމެއްތޯ؟ ކިތައް ނަރުދަމާތޯ؟ ކިތައް ރަށުގެ ފެނުގެ ނިޒާމުތޯ؟ ކިތައް ބްރިޖުތޯ؟ ހޮސްޕިޓާތަކަށްވީ ކިހިނެއްތޯ؟ ޔާމީން ވެރިކަމާ ހަވާލުވިއިރު، ދަރަނީ ހުރީ 1.8 ބިލިއަން ޑޮލަރުގަ. 2017 ގަ ދަރަނީ ހުރީ 2.7 ބިލިއަން ޑޮލަރުގަ. އެހެންވީމަ، އެއީ ގާތްގަނޑަކަށް 0.9 ބިލިއަން ޑޮލަރު. ނުވަތަ 900 މިލިޔަން ޑޮލަރު. ކުރި ކަންކަން އެހެރީ ފެންނަން. މާސިންގާ ބްރިޖު އެއޮށް ނިމެނީ. މާސިންގާ ހޮސްޕިޓަލް އެހެރަ ނިމެނީ. ހުޅުމާލެ ފޭސް 2، ހިއްކާ، މަގުހަދާ ނިމިއްޖެ. ބޮޑު ސިންގާ މަހާޖައްރާފު އެހެރީ. ފެލެޓްތައް އެހެރަ އަރަނީ. މިހާރުވެސް، އެތަނުގަޗައިނާއިން އަޅާ އިމާރާތްތަކުގެ 5 ވަަނަ ފަންގިފިލާ ނިމިއްޖެ. އެތަށް ރަށެއްގެ ނަރުދަނާ ނިމިއްޖެ. ފެން ނިމިއްޖެ. އެއަރޕޯޓުތައް އެޅިއްޖެ. ޑޮލަރު ތިޔާގި ވެއްޖެ. ބޭސްފިހާރަތައް އެޅިއްޖެ. ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅި ޚިދުމަތް އެދެނީ. އެކަންކަމަށް 900 މިލިޔަން ޑޮލަރުގެ ދަރަންޏެއްވުން އެކޯއްޗެއް؟ މާލޭ އެއަރޕޯޓުގަ ދެވަނަ ރަންވޭ އަޅާ އެއޮށް ނިމެނީ. ޓަރމިނަލް ޕްރީފެބްރިކޭޓްކޮށްގެން އެހެރަ ގެންނަނީ. ބްރިޖު އެޅުމުން، އެމްޓީސީސީއިން ތެލަށްކުރާ ޚަރަދު އެތައް ގުނައެއް ކުޑަވާނެ. އަދި ސަރުކާރަށް ލިބޭ މަންފާ ބޮޑުވާނެ. އާންމު ރައްޔިތެއްގެ ހައިސިއްޔަތުން އަހަރެންނަށް މިކަންކަން އެބަ ފެނޭ.. . .
2 ޖުލައި 2018 | ހޯމަ 12:14
ދަރަނި
ތިން ބިލިއަން ޑޮލަރަކީ ރާއްޖެއަށް ނުދެއްކޭވަރުގެ ފައިސާއެއް ނޫން. އަދި ދަރަނި އިތުރުވުމަކީ އޭގެ ޒާތުގަ ކޮންމެހެން ހާސްވާންޖެހޭ ކަމެއްވެސް ނޫން. މީގަ ބަލަންޖެހޭ އެއްޗަކީ، އެއީ ކިހާ މުއްދަތަކަށް ބަހާލާ ދަރަންޏެއްތޯ. އެ 43 ބިލިއަނަކީ 20 އަހަރުން ދައްކާ ފައިސާއަށް ވެއްޖެއްޔާ. އެއީ އަހަރަކު 2 ބިލިއަން ރުފިޔާ. ނަމަވެސް، މި 43 ބިލިއަނަކީ 5 އަހަރުން ދައްކާ ނިންމާ ފައިސާވެއްޖެޔާ، އެއީ އަހަރު 8.6 ބިލިއަން ރުފިޔާ. އެހިސާބުން ހާސްވާންޖެހޭނީ. ،