ކ. މާލެ
|
28 ޖޫން 2018 | ބުރާސްފަތި 23:12
އއ. އުކުޅަސް: ރަށުން ބޭރުގައި މަސައްކަތް ކުރަނީ މަދު ބައެއް. ގިނަ ޒުވާނުން އަވަދިނެތި އުޅެނީ ގެސްޓުހައުސް ވިޔަފާރީގައި
އއ. އުކުޅަސް: ރަށުން ބޭރުގައި މަސައްކަތް ކުރަނީ މަދު ބައެއް. ގިނަ ޒުވާނުން އަވަދިނެތި އުޅެނީ ގެސްޓުހައުސް ވިޔަފާރީގައި
ރާއްޖެ އެމްވީ
އއ. އުކުޅަސް
ހަމަހިމޭން، ސާފު އުކުޅަސް: ސަރުކާރަށް ބަރޯސާނުވެ، އަމިއްލަ ފައިމަތީގައި
ރަށުން ބޭރުން އާމްދަނީ ހޯދަނީ މަދު ޒުވާނުންތަކެއް
ގެސްޓުހައުސް ވިޔަފާރީގައި އެންމެ އުހަށް
ތިމަވެށީގައި ނަމޫނާ ރަށެއް

ރާއްޖޭގެ ރަށަކުން އެންމެ ފުރަތަމަ ފެހިފަތް ހޯދީ އއ. އުކުޅަހުންނެވެ. ރައްކާތެރިކަމާ އެކު ކުނި މެނޭޖުކުރުމުގެ ނިޒާމު ރާއްޖޭގައި ގާއިމު ކުރި ފުރަތަމަ ރަށަކީ މިރަށެވެ. ތިމާވެށީގައި މި ރަށުގެ ރައްޔިތުންނަކީ ނަމޫނާ ބައެކެވެ. ކުނި މެނޭޖުކުރުމުގައި އުކުޅަހުން ގެންގުޅޭ މޮޑިއުލް ރާއްޖޭގެ އެހެން ރަށްތަކުން ދަނީ ނަކަލު ކުރަމުންނެވެ. ކުނި މެނޭޖުކުރުމާ ގުޅޭ ގޮތުން އެހެން ރަށްތަކުގެ ކައުންސިލްތަކަށް ތަމްރީނު ޕްރޮގްރާތައް ހިންގައިދީ 78 ކައުންސިލަރުން މި ރަށުން ވަނީ ތަމްރީނު ކޮށްދީފައެވެ. މޫސުމީ ބަދަލުތަކާއެކު، ތިމާވެށީގެ ގޮތުން ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުޑަ ރާއްޖޭގެ އެހެން ރަށްތައް ހިނގަމުންދަނީ އުކުޅަސް ނަމޫނާއަކަށް ބަލައިގެންނެވެ.

ހަމަހިމޭން ސާފު މި ރަށަކީ ގެސްޓުހައުސް ވިޔަފާރީގައި ކުރިއަރަމުންދާ ރަށެކެވެ. މި ރަށުގައި އެކަނި ވެސް 23 ގެސްޓްހައުސް އެބަހުރިއެވެ. ރާއްޖޭގެ ރިސޯޓެއްގައި އެވްރެޖުކޮށް ހުންނަ އެނދަށް ވުރެ ގިނަ އެނދު މި ރަށުގައި އެބަހުރިއެވެ. އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އަންނަ ސީޒަން ތެރޭގައި ރިސޯޓަކާ އެއްވަރަށް ޓޫރިސްޓުން މި ރަށަށް އަރައެވެ. ނިމިދިޔަ ސީޒަން ތެރޭގައި ވެސް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 300އަށް ވުރެ ގިނަ ޓޫރިސްޓުން މި ރަށުގެ ސާފު ވަޔާއި ހަމަހިމޭންކަމުން "އަރާމު" ހޯދިއެވެ. ޓޫރިސްޓުން މި ރަށަށް ދެ ވަނަ ފަހަރަށް އަންނަން ބޭނުންވާ ސަބަބަކީ މި ރަށުގެ ފެހިކަމާއި ރައްޔިތުންގެ މެހެމާންދާރީއެވެ.

އއ. އުކުޅަހުގެ ގެސްޓްހައުސްއެއް: ސީޒަންތެރޭގައި 300 އަށް ވުރެ ގިނަ ޓޫރިސްޓުން މި ރަށުގެ މެހެމާންދާރީ ހޯދާ-- ރާއްޖެއެމްވީ ފޮޓޯ/ އަހުމަދު ސާޖިދު

ރަށުން ބޭރުގައި ވަޒީފާ އަދާ ކުރާ ޒުވާނުން މި ރަށުގައި މަދެވެ. ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ރަށުގައެވެ. ކުދި ބޮޑު އެންމެން އަވަދިނެތި އުޅެނީ ގެެސްޓުހައުސް ވިޔަފާރީގައެވެ. ސަރުކާރުގެ ކުންފުންޏެއްގެ އަދި މުއައްސަސާއެއްގައި މަސައްކަތްކޮށްގެން ލިބޭ އާމްދަނީއަށް ވުރެ ފަތުރުވެރިންގެ އިސްތިގުބާލުގައި ތިބެ އަދާކުރަން ޖެހޭ ވަޒީފާތަކުން ލިބޭ އާމްދަނީ ބޮޑެވެ. ސަރުކާރަށް ބަރޯސާވުމުގެ ބަދަލުގައި އަމިއްލަ މަސައްކަތުން ހަލާލު ފައިސާ ހޯދުމު މި ރަށު ރައްޔިތުން ދަނީ އަވަދިނެތި މަސައްކަތް ކުރަމުންނެވެ.

ތިމާވެއްޓާއި ގެސްޓްހައުސް ވިޔަފާރީގައި މަގުބޫލުކަން ހޯދަމުންދާ މި ރަށަށް ލިބޭ އަނެއް މަގުބޫލު ކަމަކީ މުޅި ރާއްޖެއަށް މި ރަށް ބަލާލުމުގެ ފުރުސަތު އެމްޑީޕީގެ ކޮންގްރެސްއާ އެކު ހުޅުވާލެވިގެންދާތީއެވެ. ޖޫން މަހުގެ 30 ވަނަ ދުވަހު ބާއްވާ ކޮންގްރެސްގައި ރާއްޖޭގެ އިދާރީ 85 ދާއިރާ ހިމެނޭ ގޮތުން، އެމްޑީޕީގެ ދާއިރާއަކުން ހާހަށް ވުރެ ގިނަ މީހުން މި ރަށަށް އަރާނެއެވެ. އެމްޑީޕީގެ ކައުންސިލަރުންގެ ގޮތުގައި އިންތިހާބުވެފައި ތިބި 362 ކައުންސިލަރުން މި ރަށުގެ މެހެމާންދާރީ ހޯދާނެއެވެ. އެމްޑީޕީގެ ހުރިހާ މަޖިލިސް މެމްބަރުންނާއި ޕާޓީތަކުން ދައުވަތު ދީގެން ވަޑައިގަންނާ ބޭފުޅުންނާއި ކަމާބެހޭ އިދާރާތަކުން މޮނީޓާ ކުރަން މި ރަށަށް ވަޑައިގަންނަވާ ބޭފުޅުންނާއެކު 1،500އާ ކައިރި ކުރާ އަދަދަކަށް މި ރަށަށް މީހުން އަރާނެއެވެ.

އއ. އުކުޅަހު ގެސްޓްހައުސް: މި ރަށުގެ ގެސްޓްހައުސްތަކުގެ އަދަދު 23އަށް އަރާ-- ފޮޓޯ/ އަހުމަދު ސާޖިދު

ރާއްޖޭގެ އުތުރުން ފެށިގެން ދެކުނުގެ އެކި ސަރަހައްދުތަކުން މީހުން އައުމަކީ، މި ރަށަށް ލިބޭނެ އިތުރު މަގުބޫލުކަމެކެވެ. ބައްދަލުވުމެއް މެނޭޖުކޮށް، އެ ހުރިހާ އެންމެންނަށް މެހެމާންދާރީ އަދާކުރުމާއެކު، މި ރަށް މަގުބޫލުވެގެން ދާނީ މިފަދަ ބައްލުވުންތައް ބޭއްވުމުގައި ނަމޫނާ ރަށަކަށެވެ. ރަށުގެ ޓޫރިޒަމަށް ލިބިގެންދާނީ އިތުރު ކުރިއެރުމެކެވެ.

އެމްޑީޕީގެ ކޮންގްރްސް ކަވަރު ކުރުމަށް އުކުޅަހަށް ގޮސް ތިބި ރާއްޖެޓީވީގެ ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބާރާހިމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ނުފޫޒު ގަދަ، އަދި އެންމެ ވަރުގަދަ ޕާޓީ، އެމްޑީޕީ އެންމެ ހާއްސަ ބައްދަލުވުން ހޯސްޓު ކުރުމުގެ ފުރުސަތު އެ ރަށަށް ލިބިގެން ދިއުމަކީ އެހެން ބައްދަލުވުންތައް ބޭއްވުމަށް ކޮށޭނެ މަގެއް ކަމަށެވެ.

އެމްޑީޕީގެ ކޮންގްރެސް ބާއްވާ ދަރުބާރު ތައްޔާރު ކުރުމުގެ މަސައްކަތުގައި އއ. އުކުޅަހު ރައްޔިތުން-- ފޮޓޯ/ ޙުސައިން ޙަސަން

"މިއީ އަޅުގަނޑުމެން ޕްލޭންކޮށްފައި އޮތް ކަމެއް. މިފަދަ ބައްދަލުވުންތައް ބޭއްވުމަށް ކޮންވެންޝަން ސެންޓަރެއް މި ރަށުގައި އަޅައި، ޓޫރިޒަމް ވިޔަފާރީގެ ތެރެއިން މިފަދަ ބައްދަލުވުންތައް ހޯސްޓު ކުރާ ރަށަކަށް މި ރަށް ހެދުމަށް. މިފަދަ ބޮޑެތި ބައްދަލުވުންތައް ބޭއްވުމުން މި ރަށް ހުޅުވާލެވިގެންދާނެ. މަގުބޫލުވެގެންދާނެ. ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީން އެމްޑީޕީގެ ކޮންގްރެސްއަށް ވަޑައިގަންނާ ބޭފުޅުންނާ އެކު ހުޅުވިގެންދާނެ،" ޝައުކަތު ވިދާޅުވިއެވެ.

އެމްޑީޕީން މެނިފެސްޓޯގެ ހިޔާލުން އުފަން ކުރުވި ގެސްޓްހައުސް ވިޔަފާރީގައި އެތައް ބަޔަކު އެ ދަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. ސަރުކާރުގެ ވަޒީފާތަކުގައި ތިބެ، ސިޔާސީ ގޮތުން ގުނާލު ކުރުމުގެ ބަދަލުގައި މުޅި އުކުޅަށް އެދެނީ އަމިއްލަ އާމްދަނީގައި ފުދުންތެރި ރަށަކަށްވެފައެވެ. ސަރުކާރަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި ސަރުކާރު ހިންގުމަށް އަގު އެ ދައްކަނީ އުކުޅަހުގެ ގެސްޓު ހައުސްތަކުން ލިބޭ ފައިސާއިންނެވެ. ސަރުކާރަށް ނުޖެހި، އަމިއްލަ ފައިމައްޗަށް ތެދުވުމުގައި އުކުޅަހަކީ ލާމަސީލު މިސާލެކެވެ.

- ކޮމެންޓް
29 ޖޫން 2018 | ހުކުރު 06:12
ހަގީގާތު
ތިޔަރަށުގެ ބަނދަރުހެދީ އަމިއްލަޔަށް؟ ނަރުދަމާ؟ ކަރަންޓު؟ ސްކޫލް؟ ސިއްޚީމަރުކަޒު؟ އެތަންތަނުގެ މުސާރަ؟ އަމިއްލަފައި މައްޗަށް ތެދުވުމަކީ ކޮބާ؟ ކޮންވެންޝަން ފެސިލިޓީ (މައިސް ޓރިޒަމް އެއާޕޯޓާ ކައިރިން ތަރައްގީުމުން ވާނީ ކިހިނެއް؟ އައްޑޫގަ ކޮނެވެންޝަން ސެންޓަރެއްވެސް ބަޔަކުހެދި. ނޫސްވެރިޔާ ރަށުގެ ރައްޔިތުން ހައްދާލީހެން ހީވަނީ
28 ޖޫން 2018 | ބުރާސްފަތި 19:53
ހ މ ޒ
ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދު ނުވަތަ އެނޫންވެސް ޤާނޫނަކާއި ނުވަތަ ގަވާއިދަކާ ޚިލާފަށް އެއްވެސް ޢަމަލެއް ނުހިންގުން.