ކ. މާލެ
|
17 ޖެނުއަރީ 2017 | އަންގާރަ 04:01
އަހުމަދު އަޝްރަފު ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއެކު
އަހުމަދު އަޝްރަފު ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއެކު
ޓްވިޓަރ
ޝުމްބާގެ ޝަރީއަތް
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
 
ޝުމްބާގެ މައްޗަށް ދައުލަތުންކޮށްފައިވާ ބިރުދެއްކުމުގެ ދައުވާގެ ޝަރީއަތުގެ އަޑު އެހުމެއް އެންމެފަހުން ބާއްވާފައިވަނީ، މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި
 
ޝުމްބާ ހައްޔަރުކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ލަންކާ އިން

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހްމަދު އަޝްރަފް (ޝުމްބާ ގޮންގު)ގެ މައްޗަށް ކޮށްފައިވާ ބިރުދެއްކުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ 11 މަސް ދުވަސްވެއްޖެ އެވެ.

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި ގާތް ގުޅުމެއް އޮތް ޝުމްބާ ހައްޔަރުކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ލަންކާ އިންނެވެ. އޭގެފަހުން އޭނާ ހުންނީ ޖަލު ބަންދުގަ އެވެ. ނަމަވެސް ޝުމްބާގެ މައްޗަށް އެއްވެސް ކުށެއް ސާބިތުވެފައެއް ނުވެއެވެ.

ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓާފައިހުރި، ޝުމްބާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ބިރު ދެއްކުމުގެ ދައުވާގެ ޝަރީއަތުގެ އަޑު އެހުމެއް އެންމެފަހުން ބާއްވާފައިވަނީ، މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އޭގެފަހުން އަޑުއެހުމެއް ބޭއްވުމަށް ތާވަލްކުރިނަމަވެސް، އެ އަޑުއެހުން ފަހުން ވަނީ ކެންސަލްކޮށްފަ އެވެ.

ޝުމްބާގެ މައްޗަށް ބިރުދެއްކުމުގެ ދައުވާކުރަނީ، ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނަށް ތާއީދުކުރައްވާ ޒާހިދު ޒަމީރަށް އެކި ފަހަރު މަތިން ފޯނުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މަރުގެ އިންޒާރު ދިން މައްސަލައެއްގަ އެވެ.

ކުށެއް ސާބިތު ނުވެ، ޝުމްބާ ޖަލު ބަންދުގައި ހުންނާތީވެ ގިނަ ބަޔަކު އަދުލު އިންސާފުގެ ނިޒާމަށް ފާޑުކިޔަމުން އަންނައިރު، އޭނާއާ ދޭތެރޭ ބޭއިންސާފުން އަމަލުކުރަމުން ދާތީވެ އެ މައްސަލަ އާއިލާގެ ފަރާތުން ވަނީ އެޗްއާރުސީއެމްގެ ސަމާލުކަމަށްވެސް ގެނެސްފަ އެވެ. ނަމަވެސް މިހާތަނަށްވެސް އަހުމަދު އަޝްރަފު އިންސާނީ ހައްޤުތައް ގެއްލިފައިވާކަމަށް ކަނޑައަޅާ އެނާ މިނިވަންކުރުމަށް އެޗްއާރުސީއެމްއިން ގޮވާލާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ވިލިނގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި