ކ. މާލެ
|
17 ޖެނުއަރީ 2017 | އަންގާރަ 03:43
މިދިޔަ ރަމްޟާން މަހު ސަދަގާތު ފައުންޑޭޝަނުން ބެހި ކަދުރު
މިދިޔަ ރަމްޟާން މަހު ސަދަގާތު ފައުންޑޭޝަނުން ބެހި ކަދުރު
ފޭސްބުކް
ކޮރަޕްޝަން
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
 
އޭސީސް ބުނެފައިވަނީ ކަދުރު ބެހުމުގައި މައްސަލައެއް ނެތް ކަމަށް
 
މިއީ ވައްކަމުގެ ސަރުކާރެއް ކަމަށް އިންތި ވިދާޅުވި

މިދިޔަ ރޯދަ މަހު ސައުދީ ސަރުކާރުން ރާއްޖެއަށް ދިން 50 ޓަނުގެ ކަދުރުގެ ތެރެއިން، 500 ކަދުރު ފޮށި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ ޞަދަގާތް ފައުންޑޭޝަން މެދުވެރިކޮށް ބެހުމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމީ، "ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން" ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ނައިބް ލީޑަރު އިމްތިޔަޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ރޯދަމަހަށް، ސައޫދީ ސަރުކާރުން ރާއްޖެ އަށް ދިން ކަދުރުތައް ޞަދަގާތު ފައުންޑޭޝަން މެދުވެރިކޮށް ބެހި ކަމަށް ބުނެ އޭސީސީ އަށް ހުށަހެޅި މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައިއެ ކޮމިޝަނުން ބުނެފައިވަނީ، މެޑަމް ފާތުމަތު އިބްރާހިމްގެ ފައުންޑޭޝަނުން ކަދުރުބެހުމުގައި ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށެވެ.

އޭސީސީގެ އެ ނިންމުމަށް ފާޑުވިދާޅުވެ އިމްތިޔާޒް ފަހުމީ ކުރައްވާފައިވާ ޓުވީޓްތަކެއްގައި އޭނާ ވިދާޅުވީ، ސައުދީން ދިވެހި ރައްޔިތުންނަށް ދިން ކަދުރުކޮޅުގައި "ޞަދަޤާތް ފައުންޑޭޝަންގެ ހެޔޮއެދުންތަކާއެކުގައި" ލިޔުމަށްފަހު، ބެހުމަކީ ހިންޏަށް ހަކުރު އޮޅުވާލުން ފަދަ ވަގު އަމަލެއް ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ދުވަހަކު ސާބިތަވަމުންދަނީ، މިއީ މުޖުރިމުންގެ ސަރުކާރެއްކަން ކަމަށެވެ. އަދި މިއީ ވައްކަމުގެ ސަރުކާރެއް ކަމަށާއި، މިއީ ވަގުންގެ ސަރުކާރެއް ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.

އެމްޑީޕީން އޭސީސީއަށް ހުށަހެޅި މައްސަލަ ނިންމައި އޭސީސީން ނެރެފައިވާ ރިޕޯޓްގައި ބުނެފައި ވަނީ ސައުދީން ފޮނުވި 50 ޓަނުގެ ކަދުގެ ތެރެއިން 500 ފޮށީގެ ކަދުރު ފިނޭންސް މިނިސްޓްރީން މުލިއާގެއާ ހަވާލުކުރީ ދަރުމައަށް އެތަކެތި ބެހުމަށް މުލިއާގެއިން ޝައުގުވެރިކަން ފާޅުކުރުމުން ކަމަށެވެ. ނަމަވެސް މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ޞަދަގާތް ފައުންޑޭޝަނަށް ކަދުރު ދިން އުސޫލެއް ހާމަކޮށްފައެއް ނުވެ އެވެ. އެ ކަދުރު ޕަކެޓްގެ ބޭރުގައި ޞަދަގާތް ފައުންޑޭޝަންގެ ހެޔޮއެދުންތަކާއެކުޖެހި ސަބަބެއް ހާމަކޮށްފައެއްނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި