ކ. މާލެ
|
21 ޖޫން 2018 | ބުރާސްފަތި 21:44
ރައީސް ޔާމިން އާއި ރައީސް ނަޝީދު: 2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް ވަނީ އިއުލާން ކުރައްވާފައި
ރައީސް ޔާމިން އާއި ރައީސް ނަޝީދު: 2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް ވަނީ އިއުލާން ކުރައްވާފައި
މުހައްމަދު ޝަރުހާން
މަގޭ ރިޕޯޓް
ނަޝީދުތަ؟ ނޫނީ ޔާމީންތަ؟
 
އިންތިޚާބު އޮތީ ސެޕްޓެމްބަރ 23 ގައި
 
ރައީސް ޔާމީން އިންތިޚާބުގެ ކުރިން ވަޑައިގެންފާނެ ކަމަށް ބެލެވޭ
 
ރައީސް ނަޝީދަށް ކޮށްފައިވާ ހުކުމުގެ ސަބަބުން ކުރިމަތި ނުލެއްވޭނެ ކަމަށް ބުނޭ

ރިޔާސީ އިންތިޚާބު މި ވަނީ ނަގާ ބޯމަތިވެފައެވެ. އަތްދަމާލީމާ އަތް ޖެހޭ ހިސާބަށް ގާތްވެފައެވެ. އިންތިޚާބާ ގުޅޭ ގޮތުން ތަފާތު އަޑުތައް ތަފާތު ގޮތްގޮތަށް އެހާމެ ތަފާތު މީހުންގެ މެދުގައި އެދަނީ ދައްކަމުންނެވެ. އިންތިޚާބުގައި ވޯޓުލާން ތިބި މީހުންގެ މެދުގައި އެތައް ސުވާލެއް ދަނީ އުފެދެމުންނެވެ.

މިހާ ހިސާބަށް އައިއިރު އެންމެ ބޮޑު ސުވާލަކީ އެމްޑީޕީގެ ޕްރައިމަރީން ކަނޑައަޅާފައިވާ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މި އިންތިޚާބުގައި ބައިވެރި ވެވިދާނެތޯ ކުރާ ސުވާލެވެ. އެމަނިކުފާނުގެ ނަންފުޅު މިއިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮވެދާނެ ހެއްޔެވެ؟

ސަރުކާރުގެ ވެރިންނާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުން ދަނީ ހަމަހިލާ ރައީސް ނަޝީދުގެ ނަމެއް މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެ ކަމަށެވެ. އެމަނިކުފާނަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތުރު ހަމަނުވާ ކުށްވެރިއެއް ކަމަށެވެ. އެކަމަށް ދައްކަނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޓެރަރިޒަމް ދައުވާގެ ބޮޑު ހުކުމެވެ.

ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން ބުނަމުންދަނީ އިންތިޚާބުގައި ރައީސް ނަޝީދަށް ވާދަ ކުރެއްވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ. ވޯޓުކަރުދާސްކޮޅުގައި ރައީސް ނަޝީދުގެ ނަންފުޅު ނެތި ކުރިއަށް އޮތް ރިޔާސީ އިންތިޚާބެއް ނޯންނާނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އެވެރިން ދައްކާ މައިގަނޑު ހުއްޖަތަކީ އެމަނިކުފާނުގެ މައްޗަށް ކުރެވުނު ޝަރީއަތާއި އިއްވި ހުކުމް ގޯސްވުމެވެ. ޤާނޫނު އަސާސީއާއި ޤާނޫންތަކުން ލިބިދީފައިވާ ޙައްޤުތަކުގެ އިތުރުން ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުގެ ސަބަބުން އެހުކުމް ސައްޙަ ނުވުމެވެ. ރާއްޖެ ބައިވެރިވެ ޢަމަލްކުރަން ކަނޑައަޅާފައިވާ ހަމަތަކުގެ މަތިން އދ. މަޖިލީހުން އެހުކުމް ބަލައިނުގަތުމެވެ. އަދި އެމަނިކުފާނަށް ވާދަކުރައްވަން ފުރުސަތު ދޭން ޖެހޭނެ ކަމަށް އެ ޖަމިއްޔާ އިން ގޮވާލާފައި ވެއެވެ. މި ހުރިހާ ކަމަކަށް ވުރެ ފެބްރުއަރީ 1 ގައި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރެފައިވާ ބޮޑު އަމުރެވެ. އެއަމުރުގައި ދޫކޮށްލަން ބުނެފައިވާ މީހުންގެ ތެރޭގައި އެމަނިކުފާނު ހިމެނެއެވެ. އެއަމުރުގެ ބައެއް ބައިތައް މިހާރު އުނިކުރިއިރު ރާއްޖޭގެ ސުޕްރީމް ކޯޓު އޮތް ގޮތެވެ. އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ އެހެން ފަނޑިޔާރަކު ދަމާ ކޫއްތާފައި ގެންގޮސް ހައްޔަރުކޮށްގެން ދެން އެގެންނަ ބަދަލު ތަކަކީ ޤާނޫން އަސާސީގައި ބުނާ ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކެއް ނޫން ކަމަށެވެ. އެހެންކަންކަމުން އެކަންކަމަށް ރިއާޔަތް ކުރާއިރު ރައީސް ނަޝީދު މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރާނެ ގޮތެއް އެއީ ނެތްގޮތެއް ކަމަށް އެމީހުން ދަނީ ބުނަމުންނެވެ.

ރައީސް ނަޝީދަށް ވާދަ ނުކުރެއްވޭނެ ކަމަށް ބުނާ މީހުންނެކޭ އެއްފަދައިން ރައީސް ޔާމީންގެ ނަންފުޅު މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮވެދާނެކަމަށް ޝައްކު ކުރާ މީހުން ވެސް ވަކި މަދެއް ނޫނެވެ. އެވެރިން ދައްކާ ހުއްޖަތްތައް ވެސް ވަކި ސަހަލެއް ނޫނެވެ. އެމީހުން އެހެން ބުނާ މައިގަނޑު ސަބަބަކީ ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތުމެވެ. ސަރުކާރަށް މީހުން ކިޔާ އެއްޗެހި ގިނަ ކަމާއި ކުރާ ބޮޑެތި ތުހުމަތުތައް ގިނަކަމުންނެވެ. އަނިޔާވެރިކަން އިންތިހާއަށް ދިއުމެވެ. ސިވިލް ސަރވިސް އާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް އޮތް ބޮޑު ބިރުން ސަލާމަތްވުމަށް އެވެރިން ބޭނުންވެފައި ތިބިލެއް ބޮޑުކަމުންނެވެ. ރައްޔިތުންގެ ނަމުގައި ބޮޑެތި ލޯނު ނަގައި ދަރަނިވެރިވެގެން ހިންގާ ބޮޑެތި ޕްރޮޖެކްޓަތަކުގެ ހަޤީގީ މަންފާ ނުފެނި ރައްޔިތުންގެ ފައިސާ ގެއްލިގެން ދިއުމެވެ. ބޭރު ދުނިޔޭގެ ކުރިމަތީގައި އަގުވެއްޓި ވަކި ޤައުމެއްގެ އަޅުވެތިކަމާ ދިމާލަށް މިސްރާބު ޖެހުމެވެ. އަތޮޅުތެރެ އާއި މާލޭގެ ފަރަގު ބޮޑުވުމެވެ. ދައުރު ނިމެންދާއިރު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވިފައި ނެތުމެވެ.

މިފަދަ ގިނަ ކަންކަމާ ހުރެ ރައްޔިތުންގެ ތާއީދު ރައީސް ޔާމީނަށް ނެތުމުގެ ނަތީޖާއަކީ ރައީސް ޔާމީން 2018 ކާމިޔާބު ކުރުމަށް ދަތިވުމެވެ. އިދިކޮޅުން އެންމެންވެގެން އެއް ކެނޑިޑޭޓަކު ނެރުމެވެ. ރައީސް މައުމޫނާއި އެމްޑީއޭގެ ތާއީދާ އެކު 2013 ގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ލިބުނު އެންމެ 25 ޕަސެންޓަށް ވުރެ ވެސް މިހާރު ތާއީދު ދަށްވާނެ ކަމަށް ބެލެވުމެވެ.

މިސަބަބުތަކާ ހުރެ ރައީސް ޔާމީނަށް 2018 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަކީ ނާދިރު ކަމެކެވެ. ހަމަގައިމު ވެސް ފަސޭހަ ކަމެއް ނޫނެވެ. ވުމަށް ވުރެ ނުވުން ކައިރި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެހެން ކަމަށް ވާނަމަ ރައީސް ޔާމީން އިންތިޚާބުގައި ވާދަ ނުކުރެއްވުމަކީ ވެސް ވެދާނެ ކަމެކެވެ. އިންތިޚާބުން ބަލިވެވަޑައިގެންފި ނަމަ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނޭ ކަންކަމާ ހުރެ އިންތިޚާބުގެ ކުރިން އެމަނިކުފާނު ވަޑައިގެންނެވުމަކީ ވެސް ވެދާނެ ކަމެކެވެ. ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކާއި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒް ނުކުރުމާއި ދެން ވެސް އެފަދަ ކަންކަމުގެ ސަބަބުން އެމަނިކުފާނުގެ މައްޗަށް އުފުލިދާނެ ދައުވާ ތަކަކަށްޓަކައި އެމަނިކުފާނު އިންތިޚާބުގެ ކުރިން ރާއްޖެ ދޫކޮށް ވަޑައިގެންނެވުމަކީ ވެސް ހަމަ ވެދާނެ ކަމެކެވެ.

ކޮންމެއަކަސް ރައީސް ޔާމީނަކީ ވެސް ސިޔާސީ ބޭފުޅެކެވެ. ކަންކަން ވަމުންދާގޮތް އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެވެ. ސިޔާސީ މަޝްރަހް ހުރިގޮތާއި ޕީޕީއެމުން ނަގާ ޕޯލްތަކާއި ކުރާ ކޯލްތަކުގެ ނަތީޖާތައް ވެސް ކޮންމެވެސް ވަރަކަށް އެމަނިކުފާނަށް އަސްލު އެނގިވަޑައިގަންނަވާނެއެވެ. އެހެންކަމުން ފަހު ވަގުތު ވާދަ ނުކުރައްވާ ވަޑައިގެންނެވުމަކީ ވެސް ވެދާނެ ކަމެކެވެ. އެހެން ކަމަށް ވާނަމަ ރައީސްޔާމީންގެ ނަންފުޅެއް ވެސް ވޯޓު ކަރުދާސް ކޮޅަކު ނޯންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
6%
0%
31%
6%
56%
ކޮމެންޓް
ގުޅުންހުރި
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު