ކ. މާލެ
|
20 ޖޫން 2018 | ބުދަ 21:34
މިނިސްޓަރ ސަޢީދު މުލީއާގޭގައި ރައީސް ޔާމީންގެ އަނބިކަނބަލުންގެ ޓީމާއިއެކު
މިނިސްޓަރ ސަޢީދު މުލީއާގޭގައި ރައީސް ޔާމީންގެ އަނބިކަނބަލުންގެ ޓީމާއިއެކު
ސޯޝަލް މީޑިއާ
ޕީޕީއެމްގެ ކޯޅުންތައް
ސަޢީދު: އެންމެ ބޭކާރު ވަޒީރު
 
ސަޢީދު އުޅުއްވަނީ ރައީސްގެ އަނބިކަނބަލުންގެ ޓީމާއިއެކު
 
ރައީސް ޔާމީންގެ އަރިސް ބޭފުޅުންގެ ޓީމުން ސަޢީދު ވަނީ ބޭރުކޮށްފައި
 
ސަޢީދު ރަނިންމޭޓްކަން ބޭނުންފުޅުވާކަމަށް އަޑުތައް ފެތުރިފައިވޭ

ރޯދަ މަހުގެ ފަހުދިހައިގެ ރޭތަކުގެ ތެރެއިން ރެއެއްގެ އިރާކޮޅު، ވެރިކަންކުރާ ޕާޓީ ޕީޕީއެމްއަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުންނާއި، އެޕާޓީގެ އިސް ބައެއް ބޭފުޅުން މުލީއާގެއަށް ވަންނަތަން ފެނުނެވެ. އިސް ބޭފުޅުންނޭ ދެންނެވިޔަސް، ޕާޓީގެ އިސް މަޤާމުތަކަށްވުރެ ބޮޑަށް އެބޭފުޅުން ފެންނަނީ ރައީސްގެ އަނބިކަނބަލުންނަށް އަތްގާތްކޮށްދިނުމުގައި އިސްކޮށް އުޅުއްވާތަނެވެ. މަޖިލިސް މެމްބަރުންނަށް ބަލާލާއިރު، އެމެމްބަރުންނަކީ ޕީޕީއެމްގެ އިސް މަޤާމުތައި އުޅުއްވާ ބޭފުޅުންނެއް ނޫނެވެ. އަދި ކުރިއަށް އޮތް ދައުރުގައި ގޮނޑިއަށް ހޮވޭނެކަމާއިމެދު އަމިއްލަފުޅަށްވެސް އެބޭފުޅުންނަށް ސުވާލުކުރައްވާނެކަން ޔަޤީނެވެ.

ކޮންމެއަކަސް އިރުކޮޅަކުން ޓްވިޓަރ މެދުވެރިކޮށް މިވީ ކިހިނެއްކަން ސާފުވެއްޖެއެވެ. ރައީސްގެ އަނބިކަނބަލުން އީދު ދުވަހު ބައްސަވާނެ ހަދިޔާ ޕެކްކުރާނެ 'ކުދިން' ކޮޅެއް ބޭނުންވީއެވެ. ސިޔާސީ ގޮތުން މި ދުވަސްވަރަކީ ހަލަބޮލި ދުވަސްކޮޅެއްކަމުން، ޕީޕީއެމްގައި އިސްކޮށް އުޅުއްވާ ބޭފުޅުން އުޅުއްވީ ރައީސް އޮފީހާއި ޕީޕީއެމް އޮފީހުގައި، އިދިކޮޅުން ނިކުންނަނީ ކިތަންމެ ރަނގަޅު ބޭފުޅެއްނަމަވެސް، އެބޭފުޅެއްގެ ކެންޑިޑެސީ ދުއްވާލާނެ ގޮތެއް ރޭވުމަށެވެ. އިދިކޮޅު ކެމްޕޭން ހަރަކާތްތައް ހުއްޓުވޭނެ ގޮތެއް ރޭވުމަށެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ރައީސް ޔާމީންގެ މަސައްކަތުގައެވެ. އެހެންކަމުން 'މެޑަމް'ގެ މަސައްކަތުގައި އަތްގާތްކޮށްލަދޭން ދާން ޖެހުނީ ކަމެއް ނެތިފައިތިބި، 'ބޭކާރު' މަޖިލިސް މެމްބަރުންނާއި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށެވެ. ސޯޝަލް މީޑިއާގައި މިބޭފުޅުން މިމަސައްކަތްކުރައްވާކަން ރައީސް ޔާމީނަށާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ދައްކަވަން އެބޭފުޅުން ފޮޓޯތައް އާއްމުކުރެއްވިއެވެ. އެތަނުން އަޅުގަނޑުގެ ލޮލުގައި އަޅައިގަތީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދެވެ.

'އިޤްތިޞާދީ މެނިފެސްޓޯ' އަކާއިއެކު ވެރިކަމަށް ވަޑައިގަތް ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ އިސްކަމެއް އެމަނިކުފާނު ދެއްވާ އެއް ކަމަކީ އިޤްތިޞާދީ މަސައްކަތްތަކާއި އެކަމާއި ގުޅުން ހުރި މަސައްކަތްތަކެވެ. މުޅި ޤައުމު ވިއްކަވައިގެންނަމަވެސް، އެމަނިކުފާނު އެޤަބޫލުކުރައްވާ ގޮތެއްގައި އިޤްތިޞާދީ ކަންކަން ރައީސް ޔާމީން ކުރެއްވިއެވެ. ހަމަގައިމުވެސް ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ބާރުގަދަ ނުވަތަ އެންމެ އިސް އެއް ވަޒީރަކަށްވާނީ މިދެންނެވި އިޤްތިޞާދީ ކަންކަން ބަލަހައްޓާ ވުޒާރާއެވެ. ސިޔާސީ ގޮތުން މިހާ ހަލަބޮލި ދުވަސްކޮޅެއްގައި، އަދި ވަކިން ޚާއްސަކޮށް އިންތިޚާބު ބޯމަތީގައި އޮއްވައި އީދު ހަދިޔާ ޕެކްކުރައްވަން މިނިސްޓަރ ސަޢީދު އިންނެވުމުން ހައިރާންވީ މިހެންވެއެވެ.

ރަނގަޅަށް ވިސްނާލުމުން މިވީ ގޮތް އެނގިއްޖެއެވެ. ފެށުނީއްސުރެ ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ 'ބޭކާރު' ވަޒީރެއްގެ ގޮތުގައި ހުންނެވީ ސަޢީދެވެ. ރައީސް ޔާމީންގެ އިޤްތިޞާދީ މެނިފެސްޓޯ ތަންފީޒުކުރަން ހަވާލުކުރުމުން މިނިސްޓަރ ސަޢީދަށް އެކަމެއް ނުކުރެވުނެވެ. އެންމެފަހުން ރައީސް ޔާމީންގެ އިޤްތިޞާދީ މެނިފެސްޓޯ ތަންފީޒުކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާތަން ފެނުނީ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރާއި، ފިޝަރީޒް މިނިސްޓަރ ޝައިނީ އާއި ޓޫރިޒަމް މިނިސްޓަރ ޒަމީރުމެން ފަދަ ބޭބޭފުޅުންނެވެ. މިއިން ބޭފުޅަކު 'މެޑަމް'ގެ ފަހަތުން ނުނެއްޓި، ބޭކާރު ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނާއިއެކު އެކިކޮޅުކޮޅަށް ދުވާ ތަނެއް ނުފެނެއެވެ. ރައީސް ޔާމީންގެ ދިފާޢުގައި މިބޭބޭފުޅުންވެސް ވާހަކަ ދައްކަވާއިރު، ސަޢީދުހެން ރައީސް ޔާމީނަކީ ފިނިފެންމަލެއްކަމަށް ސިފަކުރައްވާތަނެއް ނުފެނެއެވެ.

 

ރައީސްގެ އަނބިކަނބަލުންގެ ޢީދު ހަދިޔާ ބަންދުކުރައްވާ ބޭފުޅުންނާއިއެކު މިނިސްޓަރ ސަޢީދު

ފެބްރުއަރީ 1ގެ ސުޕްރީމް ކޯޓުގެ އަމުރާއިއެކު ސަރުކާރާއި ރައީސް ޔާމީން ކުޑަކަކޫ މައްޗަށް ތިރިވުމުން ޣައިރު ޤާނޫނީ ކަންތައްގަނޑެއް ހިންގާލައި، އަލުން ހަމައިސްކޮޅަށް ތެދުވެލަން ރައީސް ޔާމީން ހިއްޕެވީވެސް ސަޢީދު އަތަކު ނޫނެވެ. ރައީސް ޔާމީން ހިއްޕެވީ ބަންޑާރަ ނައިބު އަނިލްއާއި، ރައީސް އޮފީހުގެ މިނިސްޓަރ އާޒިމާއާއި، ފިޝަރީޒް މިނިސްޓަރ ޝައިނީގެ އިތުރުން ފޮރިން މިނިސްޓަރ އާސިމްމެންފަދަ ބޭބޭފުޅުންގެ އަތުގައެވެ. އެދުވަސްވަރު ސަޢީދުވީތަނެއް ބަޔަކަށް ނޭނގެއެވެ.

އަނެއްކޮޅުން އަރަބި ޤައުމުތަކާއިއެކު އޮންނަ ގުޅުން ދެމެހެއްޓުމަށް އަދީބު ނެތަތީ އެކަން ހަވާލުކުރުމުން، އެކަންވެސް ސަޢީދަށް ނުކުރެވި، އެންމެފަހުން އެކަންވެސް ކުރަން ޖެހިވަޑައިގަތީ ޖެންޑަރ މިނިސްޓަރ ޒެނީޝާމެންފަދަ ބޭބޭފުޅުންނަށެވެ.

މިސަރުކާރުން ވެރިކަމަށް އައިސް އެންމެ ގަދަޔަށް ދެއްކި ވާހަކަޔަކީ އިންވެސްޓްމަންޓް ފޯރަމްތަކުގެ ވާހަކައެވެ. އެކަންވެސް ސަޢީދަށް ނުކުރެއްވިގެން ސީދާ ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަދީބާއި ދެބޭފުޅުން ކުރެއްވުމަށްފަހު، އަދީބު ޖަލަށް ލެވުނު ހިސާބުން އެފޯރަމްތަކަށްވީ ގޮތް މޮޅަށް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތަށެވެ.

އިވޭ އަޑުތަކަށް ބަލާއިރު، މިނިސްޓަރ ސައީދުވެސް އެހުންނެވީ ރައީސް ޔާމީންގެ މިއަހަރުގެ ރަނިން މޭޓްކަމަށް ފައި ނަންގަވައިގެންނެވެ. އެހެންނަމަވެސް، ރައީސް ޔާމީންގެ 'ފެއިލް' ވެފައިވާ ބޭފުޅުންގެ ލިސްޓުގައި އޮތް ބޭފުޅަކަށް ނައިބު ރައީސްކަން ދެއްވަން ރައީސް ޔާމީން ވިސްނަވާފާނެހެނެއް ހިއެއް ނުވެއެވެ. އަމުދުން ސަޢީދު 'މީހަކަށް' ހެއްދެވި ޤާސިމް އިބްރާހިމާއިމެދު ސަޢީދު އަމަލުކުރެއްވު ގޮތުން ރައީސް ޔާމީނަށް ސަޢީދު ހައްދަވާނެ ގޮތަކާއިމެދުވެސް ރައީސް ޔާމީން ވިސްނަވާނެކަން ޔަޤީނެވެ.

ވަޒީރުންގެ ގޮތުގައި ތިއްބެވި ރައީސް ޔާމީންގެ އަރިސް ބޭފުޅުންނަށް އެބޭފުޅުންނާއި ހަވާލުކޮށްފައިވާ ވުޒާރާތަކުގެ މަސައްކަތްތައް ރަނގަޅަށް ނުބެލެހެއްޓުނަސް، ސިޔާސީގޮތުން ރައީސް ޔާމީނަށް ފައިދާވާނެ ކަންކަން އެވަނީ ކުރައްވާފައެވެ. މިނިސްޓަރ ސަޢީދަށް އެހެންވެސް ތިމަންނާ މިވެނިކަމެއް ކުރެއްވީމޭ ވިދާޅުވެ ދައްކަވާނެ ވާހަކައެއް ނެތެވެ. އެއްލަކިން ލައިސަންސް ދިނީވެސް އެއްކަލަ 'މަދަނީ އަބްދުﷲ'އޭ ސިޔާސީ ބޭފުޅުން މިކިޔައިއުޅޭ ބޭފުޅާއެވެ. އެހެންކަމުން މިނިސްޓަރ ސަޢީދު މިވީ ހަމަ ސީދާ ބޭކާރު ބޭފުޅަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
3%
0%
3%
13%
81%
ކޮމެންޓް
20 ޖޫން 2018 | ބުދަ 17:07
ޕަކަޕަކަ
ހަމަ ވީ ބާކީ ދޯ؟
20 ޖޫން 2018 | ބުދަ 17:02
ރިހަފޮޅި
ފިނިފެންމާގެ ފޮނި ކޮޅު ބޮވިގެން އެހުރީ ބާކީވެ ބިކަ ވެފައި. ދެން ފެންނާނީ ބޭރު ކޮށްފައި ހުއްޓާ ތޯއްޗެއް
20 ޖޫން 2018 | ބުދަ 17:01
ހީވާގޮތް
ސަޢީދު އެކޭ މާކަނާ އެކޭ ތަފާތެއް ނެތް ދޯ؟
20 ޖޫން 2018 | ބުދަ 16:59
ތެދެއްތަ
މި ސަޢީދު އާއި ޝައިނީ ތޮޅޭ ވާހަކަ އަކީ ހަގީގަތެއް. ސަޢީދު ކިހިނެއް އަދީބު މެން ޝައިނީ މެންނާއި ވާދަ ކުރާނީ؟ ސަޢީދު އަކީ ދެތަށިން ކައިގެން ތަބަކަކަށް ލާފަ މަގާމު ދީފައި ހުރި މީހެއް
20 ޖޫން 2018 | ބުދަ 16:57
ކާފަ
ސަޢީދު މެން މިހާރު ތި ތިބީ ފެއިލު ވެފައި. އެއްވެސް ބަޔަކު ބަލައިގަންނަ ބައެއް ނޫން.
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި