ކ. މާލެ
|
19 ޖޫން 2018 | އަންގާރަ 18:27
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ގޫގުލް
މަގޭ ރިޕޯޓް
ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
 
ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކުގެ އިންތިހާބުވެސް ނުބާއްވާއޮތީ ބަޖެޓް ނެތުމުން ކަމަށް ބުނެ
 
ޕާޓީތަކަށް ބަޖެޓް ދީފައިނުވަނީވެސް، ބަޖެޓް ނެތްކަމަށް ބުނެ

ރިޔާސީ އިިންތިހާބު ބޯޯމަތިވެފައިވާއިރު އެންމެ ގިނަ ބަޔަކު ކުރަމުން އަންނަ ސުވާލަކީ އިންތިހާބު ބާއްވާނެތޯ ކުރާ ސުވާލު އެވެ. އެއް ބަޔަކު ގަބޫލުކުރާގޮތުގައި ރިޔާސީ އިންތިހާބަށް ސަރުކާރުން ފުރުސަތުދޭނީ އިންތިހާބު ކާމިޔާބުކުރެވޭނެކަމުގެ ޔަޤީން ފޯމިޔުލާއެއް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތުމުންނެވެ. އެފަދަ ފޯމިއުލާއެއް ނެތްކަމުގައިވާނަމަ، ނުވަތަ ނެރޭ ފޯމިއުލާ މަސައްކަތް ނުކޮށްފި ކަމުގައިވާނަމަ އެންމެ ފަހުވަގުތުގައިވެސް އިންތިހާބު ކެންސަލްކޮށްފާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އެގޮތަށް ގަބޫލުކުރާ ސަބަބުތައްވެސް ބައިވަރު އެވެ. އޭގެތެރެއިން އެއް ކަމެއްގެ ގޮތުގައި ބެޖެޓް ނެތްކަމަށް ބުނެ، ނުވަތަ ބަޖެޓް ނުލިބޭކަމަށް ބުނެ، ސަރުކާރުންނާއި، އިލެކްޝަންސް ކޮމިޝަނުން ދައްކާ ބަހަނާތައް ގިނަ ބަޔަކު ފާހަގަކުރެ އެވެ. 

އެހެނީ، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާތާ އެތަށް ދުވަހެއް ވެއްޖެ އެވެ. އެއިން މެމްބަރަކަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވެންނެވުމަށް ފުރުސަތު ނުދެއްވާތާވެސް އެހާމެ ދުވަސް ވަނީ ވެފަ އެވެ. އެންޓި ޑިފެކްޝަން ޤާނޫނު ފާސްކޮށް، އެއީ ސައްހަ ޤާނޫނެއްކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިތާވެސް އެތަށް މަސްތަކެއްވެގެން ހިނގައްޖެ އެވެ. ސުޕްރީމް ކޯޓުން އެގޮތަށް ނިންމުމާއެކު، ގަޔަށް ހިނި އަރައިގެން އުޅޭ ބަޔެއްފަދައިން، މީޑިއާތަކުގައި މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަން ސާފުވެފައިވާކަމަށް ވިދާޅުވެ އިންޓަވިއުތައް ދެއްވާ، އުފާކޮށް، ހަވާ އެރުވިތާވެސް އެތަށް މަސްތަކެއްވެގެން ހިނގައްޖެ އެވެ. ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާކަމަށް ބުނާ ދާއިރާތަކުގެ އިންތިހާބު ބާއްވާފައެއް ނުވެ އެވެ.

ޤާނޫނު އަސާސީގައި ސާފުކޮށް، އިންތިހާބު ބާއްވަންޖެހޭނެ ވަކި މުއްދަތެއް ކަނޑައަޅާފައިވާއިރު، ގޮނޑި ހުސްވާތާ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭނެކަމަށް ޤާނޫނު އަސާސީގައި ވަނީ ލާޒިމްކޮށްފަ އެވެ. އެއީކީ އެކަމަށް އިތުރު ޗޮއިސެއްދީފައިވާ ކަމެެއް ނޫނެވެ. ނަމަވެސް ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް އިހުތިރާމްކޮށް، އެޔަށް ފުރިހަމައަށް ތަބާވާކަމަށް ދައުވާކުރާ ސަރުކާރާއި، އިލެކްޝަންސް ކޮމިޝަނަށް އެ އިންތިހާބުގެ ވާހަކަ ދައްކާލުމަށްވެސް ކެރިވަޑައެއްނުގަންނަވައެވެ. ޤާނޫނު އަސާސީގައި ދީފައިވާ މުއްދަތު ހަމަވެގެންދިޔައިރުވެސް، އެއީ މާބޮޑުކަމަކަށް އެބޭފުޅުންނަށް ނުވާހެން ހީވާ ކަހަލަ އެވެ.

އިންތިހާބު ނުބޭއްވުމަށް ސަރުކާރުންނާއި، އިލެކްޝަންސް ކޮމިޝަނުން ދެއްކި ބަހަނާއަކީ، ބަޖެޓް ނެތްކަމުގެ ބަހަނާ އެވެ. އެ ހިސާބުން އެ ބޭފުޅުން އެ ތިބީ އަތް އުރާލާގައިގެންނެވެ. 

ބެޖެޓާއި ހިސާބުން އެތަށް ހާސް ރައްޔިތުންގެ ހައްޤުތަކެއް ނިގުޅައިގެންތިބިއިރު، ބަޖެޓް ނެތްކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށްދޭންޖެހޭ ފައިސާ އަދިވެސް ދޫކޮށްފައެއް ނުވެ އެވެ.

އެ ފައިސާއަކީވެސް ޤާނޫނުން ވަކި މުއްދަތެއްގައި ދިނުމަށް ލާޒިމްކޮށްފައިވާ ފައިސާއެކެވެ. ނަމަވެސް އެކަންވެސް ނުކޮށްދޫކޮށްލުމަށް ސަރުކާރުންނާއި، އިލެކްޝަންސް ކޮމިޝަނުން ދެއްކި ބަހަނާއަކީ ބެޖެޓް ނެތްކަމުގެ ބަހަނާ އެވެ. 

އިންތިހާބު ނުބާއްވާނެކަމަށް ބުނާ ފަރާތްތައް އެގޮތަށް ބުނަނީ މި ދެންނެވި ސަބަބުތައް އެގޮތަށް ހުރީމަ އެވެ. އެހެނީ ޕާޓީތަކަށް ފައިސާ ނުދީފިކަމުގައިވާނަމަ ޕާޓީތަކަށް އެންމެ ފުރިހަމަ ކެމްޕޭނެއް ކުރުމަށްވެސް ހުރަސްތައް ކުރިމަތިވާނެތީ އެވެ. އެ ހިސާބުން އިންތިހާބު ނުބޭއްވުމަށް ނުވަތަ އިންތިހާބު ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ދައްކާނެ ބަހަނާއެއް ލިބިގެންދިޔައީ އެވެ. 

ޔަޤީނުުންވެސް އެނގޭކަމަކީ، އިލެކްޝަންސް ކޮމިޝަނުން ބަޖެޓް ނެތްކަމަށް ބުނެ މިހާރު އެ ދައްކާ ބަހަނާތަކަކީ ބަޖެޓް ނެތިގެން ދައްކާ ބަހަނާތަކެއް ނޫންކަމެވެ. އަދި ސަރުކާރުން އިލެކްޝަންސް ކޮމިޝަނަށް ބެޖެޓް ދޫނުކުރަނީވެސް ދައުލަތުގެ ބަޖެޓްގައި ފައިސާ ނެތިގެން ނޫންކަން އެނގެ އެވެ. އެކަމުގެ ފަހަތުގައި އެހެން ބައިވަރު ކަންތައްތަކެއްވާކަމެވެ. އެހެނީ ޕާކްތައް އެޅުމާއި، މިސްކިތްތަކުގެ ކުލަ ބަދުލުކުރުމާއި، ބޮޑުންގެ ކުންފުނިތަކަށް "ކަޓު" ބެހުމަށް ދައުލަތުގެ ބަޖެޓުގައި ފައިސާ ހުންނައިރު، އިންތިހާބެއް ބާއްވަން ބެޖެޓް ނެތޭ ބުނުމުން އެކަން ގަބޫލުކުރުމަކީ ބޮޮޑު ޖޯކަކަށްވާނެތީ އެވެ. 

ހަމަ އެންމެ ފަހުވަގުތުގައި ބަޖެޓް ނުލިބުނުކަމަށް ބުނެ، ރިޔާސީ އިންތިހާބު ފަސްކުރުމަކީވެސް، ނުވަތަ ނުބާއްވާ ދޫކޮށްލުމަކީވެސް ހަމަވެދާނެ ކަމެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
3%
9%
0%
50%
3%
35%
ކޮމެންޓް
ގުޅުންހުރި
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު