ކ. މާލެ
|
18 ޖޫން 2018 | ހޯމަ 18:49
ޕީޕީއެމްގެ ސަޕޯޓަރުންނާއެކު ރައީސް މައުމޫން: އެމަނިކުފާނާ ނުލައި ޕީޕީއެމަށް ކާމިޔާބެއް ނުހޯދޭނެ
ޕީޕީއެމްގެ ސަޕޯޓަރުންނާއެކު ރައީސް މައުމޫން: އެމަނިކުފާނާ ނުލައި ޕީޕީއެމަށް ކާމިޔާބެއް ނުހޯދޭނެ
ސޯޝަލް މީޑިއާ
މަގޭ ރިޕޯޓް
ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
 
ނަޝީދާއި މައުމޫން އެއްބަސް ކިޔައިފިނަމަ ނަތީޖާއާމެދު ޝައްކެއް ނެތް
 
މައުމޫނާ ނުލައި، ޕީޕީއެމަށް ކާމިޔާބު ނުހޯދޭނެ
 
މައުމޫން ދޫކޮށް ޕާޓީ އުފެއްދި ބަޔަކަށް ކާމިޔާބެއް ލިބިފައެއް ނެތް

ރައީސް މައުމޫން ވިދާޅުވި ގޮތުގައި އެމަނިކުފާނު އެންމެ ފުރަތަމަ އުފެއްދި ޕާޓީ، "ޑީއާރްޕީ"އަކީ ދަރިމައިވާ ޕާޓީއެކެވެ. އެ ޕާޓީގެ ތެރެއިން ހިޔާލުތައް ދެކަފިވެ، އެތައް ޕާޓީއެއް އުފަންވިއެވެ. އެންމެ ފުރަތަމަ ޑީއާރްޕީގެ ތެރެއިން އުފަންވި ޕާޓީއަކީ މައުމޫންގެ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ)އެވެ. އެއަށްފަހު ޑީއާރްޕީގެ ނައިބު ލީޑަރަކަށް ހުންނެވި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ (ޖޭޕީ)އެވެ. ވެރިކަމުގެ ފަހު ދުވަސްކޮޅު، މައުމޫންގެ ކެބިނެޓުން ވަކިވެވަޑައިގެން ޑރ. ހަސަން ސައީދު ވެސް ގައުމީ ޕާޓީގެ ނަމުގައި ޕާޓީއެއް ވެސް އުފެއްދެވިއެވެ. އެއަށްފަހު ޑީއާރްޕީގެ ނައިބު ލީޑަރުކަން ކުރެއްވި އަހުމަދު ސިޔާމް (ސަން ސިޔާމް) ވެސް އެ ޕާޓީން ވަކިވެވަޑައިގެން އެމްޑީއޭގެ ނަމުގައި ޕާޓީއެއް އުފެއްދިއެވެ. އަދި މިހާރު ވެރިކަން ކުރާ ޕީޕީއެމަކީ ޑީއާރްޕީގައި ރެނދުލައިގެން އުފައްވި އެންމެ ހަގު ޕާޓީއެވެ.

ރައީސް މައުމޫން ވިދާޅުވި ގޮތަށް ދަރިމައިވާ ޕާޓީ، ޑީއާރްޕީގެ ތެރެއިން ފަސް ޕާޓީއެއް އުފަންވިއެވެ. ތަފާތު ފިކުރުތަކާ އެކު، ރައީސް މައުމޫންގެ ފަސްބައި ދަށުން އެ ހުރިހާ ޕާޓީއެއް އުފަންވިއިރު ކުރިއެރުން ލިބުނީ ކޮން ބަޔަކަށްތޯއެވެ؟ ސިޔާސީ ޕާޓީ އުފައްދަން ހުއްދަ ދިންތާ މިއަހަރު 13 އަހަރުވީއިރު، ރައީސް މައުމޫނާ ނުލައި، އެމަނިކުފާނުގެ އަރިހުގައި އުޅުއްވި ބޭފުޅުން އެކަހެރިވެގެން އުފެއްދި ޕާޓީތަކަށް ކާމިޔާބެއް ލިބުނުތޯއެވެ؟ އިންތިހާބަކުން ކާމިޔާބު ހޯދުނުތޯއެވެ؟ ލިބުނު ތާއިދެއް އެބަ އޮތްތޯއެވެ؟

ތާއީދު ލިބުނީ މައުމޫން ހުންނެވި ކޮޅަށެވެ. ރާއްޖޭގައި ދެ ވަނައަށް އުފެއްދި ޕާޓީ، ޑީއާރްޕީ ދޫކުރެއްވުމަށްފަހު، 2013ގެ ރިޔާސީ އިންތިހާބަށް ދޮޅު އަހަރަށްވެފައި ވަނިކޮށް އުފެއްދި ޕީޕީއެމަށް އިންތިހާބު ކާމިޔާބު ކުރެއްވުނީ މުގުލުގައި މައުމޫން ހުންނެވުމުންނެވެ. އޭރު ކަން ހިނގައިދިޔަ ގޮތް ބައްލަވާށެވެ. ތާރީހުން ލައްކަ ވާހަކަ ކިޔައިދޭނެއެވެ. އުމުރުން ކިތަންމެ ދޮށިވެ، ހެލިފެލިވާން ދަތިވިޔަސް ކެމްޕެއިނުގެ ކުރީގައި އޭރު ހުންނެވީ ރައީސް މައުމޫނެވެ. ޕީޕީއެމުން ވިއްކީ ރައީސް މައުމޫންގެ ފިކުރެއެވެ. ޕީޕީއެމްގެ ކެންޑިޑޭޓުގެ ފޮޓޯގެ ކުރިއަށް ނެރެފައި ހުރީ މައުމޫންގެ ފޮޓޯފުޅެވެ. މޭމަތީގައި ޖަގައިގެން ގެންގުޅުނީ މައުމޫންގެ ފޮޓޯފުޅެވެ.

2013ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޔާމީނަށް ތާއިދު ހޯދަން ރައީސް މައުމޫންގެ ފޮޓޯ ބޭނުންކޮށްފައި-- ފޮޓޯ/ ޕީޕީއެމް

ހާލަތު ބަދަލުވެ، މައުމޫނާ ނުލައި ޕީޕީއެމުން ނުކުތް ހަމައެކަނި އިންތިހާބަށް ވެގެން ދިޔައީ ކިހިނެއްތޯއެވެ؟ ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލް އިންތިހާބަށް ނުކުންނާނެ ކެންޑިޑޭޓުން ނުވެގެން، ޖިނާއީ ކުށް ސާބިތުވެ، ހައްދު ކަނޑައަޅާފައިވާ މީހުންނަށް ވެސް އިންތިހާބުގައި ވާދަކުރެވޭނެ ގޮތް ހެދުމުން ވެސް ލިބުނު ކުރިއެރުމެއް އެބަ އޮތްތޯއެވެ؟ ކައުންސިލް އިންތިހާބުގައި ޕީޕީއެމަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. ބޮޑުތަނުން ބަލިވީއެވެ. އާޚިރުގައި ނަތީޖާއަކީ 87 ގޮނޑީގެ ތަފާތާއެކު އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން 294 ގޮނޑި ކާމިޔާބުކުރުމެވެ. ޕީޕީއެމަށް ތާއިދު ބޮޑު ރަށްތަކުން ވެސް، އެމްޑީޕީއަށް ބައިއަތު ހިފައި، ނަތީޖާ ފުރޮޅާލިއެވެ.

ރައީސް މައުމޫން އަމިއްލަފުޅަށް އުފެއްދެވި ޕީޕީއެމުން އެކަހެރިކޮށް، "އެއްލާލި" މަންޒަރު އެ ޕާޓީގެ އާންމު މެމްބަރުންނަށް ފެންނާނެއެވެ. ރައީސް މައުމޫންގެ އޮފީހަށް ރަޔަޓް ފުލުހުން ފޮނުވައިގެން ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުން ކުރުވުން ހުއްޓުވައި، ގައުމީ ދިދަ އެ އޮފީހުގައި ނެގުން ހުއްޓުވިތަން ދެކޭނެއެވެ.

ވާދަވެރި ސިޔާސީ މާހައުލަކަށް ރާއްޖެ ހުޅުވާލަދެއްވައި، ޑިމޮކްރަސީއާ އެކު ދިވެހިންގެ ސިކުނޑިތައް ހިލްމުން ފުރާލަދިން ރައީސް މައުމޫނަށް ދޭންޖެހޭ ގަދަރާއި އިހްތިރާމާއި އިނާޔަތް ކަނޑާލިތައް ވެސް ދިވެހިން ދެކޭނެއެވެ. އެ ހުރިހާ މަންޒަރެއް ވެސް ތަމްސީލުވަމުން އެ ދެނީ ޕީޕީއެމްގެ މެމްބަރުންގެ ކުރިމަތީގައެވެ. ޕީޕީއެމްގެ އާންމު މެމްބަރުންގެ މެދުގައި މައުމޫނަށް އޮތް ތާއިދާއި ލޯބި ގަދަކަމަކުން ބަޔަކަށް އަތެއް ނުލެވޭނެއެވެ. އެ މެމްބަރުން ބުނާ ގޮތުން ކުށް ސާބިތުކޮށް ހުރަގެއަށްލިޔަސްހެވެ. ކަސްތޮޅު އަޅުވައި، ޓެރަރިސްޓަކަށް ހެދިޔަސް އެ ލޯބި ބަދަލެއް ނުކުރެވޭނެއެވެ. އެކަން ކަށަވަރު ވަނީ އިންތިހާބުތަކުގައި ވެސް މައުމޫން ނިންމަވާ ގޮތްތަކަށް އެ ޕާޓީގެ އާންމު މެމްބަރުން ކިޔަމަންވާތީއެވެ. ކައުންސިލް އިންތިހާބުގައި ސަރުކާރަށް ނޫނެކޭ ބުނުމަށް އެދިވަޑައިގެންނެވި ހިސާބުން، ހާލަތު އެ އޮތީ ބަދަލުވައެވެ.

އެމަނިކުފާނަށް އޮތް ލޯބި ބަންޑުން ވަނީ ގޮތެއްގައި ހިފަހައްޓަވާތީއެވެ. އަޒުމް ދޫނުކުރައްވާތީއެވެ. ދިވެހިންގެ ދިވެހިވަންތަކަށް ގެއްލި، ވަގުތީ މަންފާއަކަށް ފަސްގަނޑުން ބައެއް ވިޔަސް ބަޔަކަށް ދޭން އެބަސް ނުވާތީއެވެ. އެކަން ކަށަވަރު ވަނީ ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ސަރުކާރުން އުޅުމުން ފާޅުގައި އެކަމާ ދެކޮޅަށް މައުމޫން ނުކުންނެވުމުންނެވެ. ޔާމީންގެ އެ ނިންމެވުމާ ދެކޮޅަށް ފާޅުގައި މައުމޫން ނުކުންނެވުމުން، އެތައް ބައެއްގެ ލޯބި އެމަނިކުފާނަށް ބަންޑުންވިއެވެ. މައުމޫން ވިދާޅުވީ ދަރިންނާއި ދަރިންގެ ދަރިން ދިރިއުޅެން އޮތް ފަސްގަނޑަށް ބަސް ބުނުމުގެ ހައްގެއް ދިރިތިބީންނަށް ނެތް ކަމަށެވެ. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، ބިޑަކާ ނުލައި ރާއްޖޭގެ ފަޅުރަށްތަކާއި ފަޅުތައް ވިއްކާލެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނު އިސްލާހު ކުރަން އުޅުމުން ވެސް މައުމޫން އެކަމާ ދެކޮޅު ހެއްދެވިއެވެ. ކޮރަޕްޝަންގެ އެފަދަ އަމަލުތަކާ ދެކޮޅަށް ފާޅުގައި މައުމޫން ނުކުންނެވުމަކީ ޕީޕީއެމްގެ މެމްބަރުންގެ ލޯބި އެމަނިކުފާނަށް ލެނބިގެންދާ އެއް ސަބަބެވެ.

ގައުމީ ވިސްނުމުގައި ހައްގު ބަސް ވިދާޅުވަމުން ގެންދެވި ރައީސް މައުމޫން މިއަދު ހުރަގޭގައި ހުންނަވާތަ 132 ދުވަސްވީއެވެ. ޖަލުގެ ތޭރިތަކުގެ ފުރަގަހުން ވެސް މައުމޫން ހުންނެވީ ހާލަތު ބަދަލު ކުރަން ކަމަރު ބަންނަވައިގެންނެވެ. އެމަނިކުފާނާ އެންމެ ވާދަވެރި ރައީސް މުހައްމަދު ނަޝީދާއެކު، އެއްބަސްކިޔައި ނިންމަވާ ގޮތަކަށް އިންތިހާބުގެ ނަތީޖާ ބަދަލުވާނެކަން ކަށަވަރެވެ. އެއީ މުޖައްރިބު ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
0%
86%
0%
0%
0%
14%
ކޮމެންޓް
18 ޖޫން 2018 | ހޯމަ 14:28
Lhiyanu
muskulgi beyge boa kaalanee dho
ގުޅުންހުރި
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ވަޓްސްއެޕްގެ ދައުރެއް ވޭތަ؟