ކ. މާލެ
|
17 ޖޫން 2018 | އާދީއްތަ 13:28
އިންޑިއާގެ ކެރެލާގެ ޗީފް މިނިސްޓަރ ޕިނަރައި ވިޖެޔަން
އިންޑިއާގެ ކެރެލާގެ ޗީފް މިނިސްޓަރ ޕިނަރައި ވިޖެޔަން
ދަ ނިއު އިންޑިއަން އެކްސްޕްރެސް
ދިވެހިރާއްޖެ - އިންޑިއާ
އިންޑިއާ-ރާއްޖެ ވިސާ މައްސަލަ: ހައްލު ހޯދައިދިނުމަށް ކެރެލާގެ ޗީފް މިނިސްޓަރ އެކްސްޓަރނަލް އެފެއަރަޒް މިނިސްޓަރަށް ދަންނަވައިފި
މިމައްސަލަ ދިވެހި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންގެ ސަމާލުކަމަށް ވަނީ ގެނެސްފައި
ވިސާގެ އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރަން ދިވެހި ސަރުކާރަށް ހަނދާން ކޮށްދީފައިވާނެ:އިންޑިއާ
ބައެއް ކުންފުނިތަކަށް ވަނީ ދަތިތައް ކުރިމަތިވެފައި

އިންޑިއާގެ ރައްޔިތުންނަށް ރާއްޖެއިން ވޯކް ޕަރމިޓް ވިސާ އާކޮށް ނުދީ އަދި ވިސާ ނުދޭ މައްސަލަ ވަގުތުން ހައްލުކޮށްދިނުމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރަށް ކެރެލާގެ ޗީފް މިނިސްޓަރ ޕިނަރައި ވިޖެޔަން އެދިވަޑައިގެންފިއެވެ.

ސުޝްމާ ސުވަރާޖްއަށް ފޮނުއްވާފައިވާ، މީޑިއާއަށްވެސް އާއްމުކޮށްފައިވާ ސިޓީގައި މިނިސްޓަރުވަނީ އިންޑިއާގެ 30،000 އަށްވުރެ ގިނަ ރައްޔިތުން ރާއްޖޭގައި މަސައްކަތްކުރާއިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ކެރެލާގެ ރައްޔިތުންކަމަށް ވިދާޅުވެފައެވެ. އަދި އެމީހުން މަސައްކަތްކުރަނީ ތައުލީމީދާއިރާއާއި،ސިއްހީ ދާއިރާއާއި، ޓޫރިޒަމް ދާއިރާގައިކަމަށް ވާއިރު ވިސާގެ ނުދިނުމުގެ ސަބަބުން އެމީހުން ކަންބޮޑުވެފައިވާ ކަމަށެވެ.

މި މައްސަލައަށް ސުޝްމާ ވެދެވަޑައިގެންނެވުމަށް އެދިވަޑައިގެން އަދި މައްސަލައަކީ ގައުމީ މައްސަލައެއްގެ ގޮތުގައި ނިންމަވައި ޗީފް މިނިސްޓަރވަނީ މިހާރު ރާއްޖެއިން ވޯކް ވިސާ އާ ނުކޮށްދޭކަމަށް ވިދާޅުވެފައެވެ. އޭނާވަނީ ވޯކް ޕާމިޓް އަދި ވިސާ އާކޮށް ނުދެނީ މިހާރު އޮތް ސިޔާސީ މައްސަލައިގެ ސަބަބުންކަމަށް ވެސް ވިދާޅުވެފައެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީން 'ދަ ހިންދޫ' ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން މި މައްސަލަ ބަލަމުންދާކަމަށެވެ.

އިންޑިއާގެ ޚާރިޖިއްޔާއިން މިމައްސަލަ ބަލަމުންދާކަން ހާމަކޮށްފައިވަނީ ރާއްޖެ އަންނަ އިންޑިއާގެ މީހުންނަށް ވާރކް ވިސާ ދިނުމުގައި ރައީސް އޮފީހުން އިރުޝާދު ދީގެން އިމިގްރޭޝަނުން ދަތިތަކެއް ކުރިމަތިކުރާކަމަށް ދަ ހިންދޫގައި ރިޕޯޓްކޮށްފައިވަނިކޮށެވެ. އަދި ރާއްޖެއިން އިންޑިއާގެ ރައްޔިތުންނާއި މެދު އެގޮތަށް އަމަލުކޮށް، އިންޑިއާ އެކަހެރިކުރަމުންދާއިރު، އިންޑިއާގެ މިހާރުގެ ސަރުކާރުން ރާއްޖެއާއިމެދު މަޑިމައިތިރިކޮށް ކަންތައްކުރާތީ އިންޑިއާގެ އިދިކޮޅު މައި ޕާޓީ ކޮންގްރެސް ޕާޓީއިން ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވަނިކޮށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް