ކ. މާލެ
|
17 ޖޫން 2018 | އާދީއްތަ 08:15
ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގެ ތެރެއިން: މިހާރު ވަނީ ޕާޓީގެ އިސް މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި
ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގެ ތެރެއިން: މިހާރު ވަނީ ޕާޓީގެ އިސް މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި
ރާއްޖެއެމްވީ
ޖުމްހޫރީ ޕާޓީ
ޖޭޕީގެ އިސް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ މިމަހުގެ 19 ވަނަ ދުވަހު
މަގާމްތަކަށް މީހުން ހޮވާނީ ޖޭޕީގެ ގައުމީ ކޮންފަރެންސްގައި
ކޮންގްރެސް ބާއްވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓްގައި

ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށާއި ރައީސް ކަމަށް އަދި ނައިބު ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭޕީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ރައީސް ކަމާއި ނައިބު ރައީސްކަމުގެ މަގާމު އަލުން އުފައްދަން ނިންމާފައިވަނީ ހުކުރު ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުން ފާސްކޮށްގެން ކަމަށެވެ.

ލީޑަރާއި ރައީސްކަމަށް އަދި ނައިބު ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުގެ އިތުރުން އިތުރު 27 މަގާމަކަށް ޖޭޕީން ވަނީ ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާފައެވެ.

ޖޭޕީން ބުނެފައިވާ ގޮތުގައި މި މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

މަގާމުތަކަށް މީހުން ހޮވަން ހަމަޖެހިފައިވަނީ އެޕާޓީގެ ކޮންގްރެސްގައެވެ.

ޖޭޕީގެ ކޮންގްރެސް ބާއްވަން ހަމަޖެހިފައިވަނީ ޖޫން މަހުގެ 21، އަދި 22 ވަނަ ދުވަހު، އެޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ.

ޖޭޕީން ބުނެފައިވާ ގޮތުގައި އެ ކޮންގްރެސްގައި 400 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެއެވެ.

ޖޭޕީގެ ކޮންގްރެސްގައި އެ ޕާޓީގެ އަސާސީ ގަވާއިދަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް އެޕާޓީން ރިޔާސީ ކެންޑިޑޭޓު ކަނޑައަޅާ އުސޫލަށް ވެސް ބަދަލުތަކެއް ގެންނަން ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ޖޭޕީގެ އާ ދިދައާއި ލޯގޯ އިފްތިތާހު ކުރުން ވެސް އޮންނާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް