ކ. މާލެ
|
16 ޖޫން 2018 | ހޮނިހިރު 14:55
ހައްޖުގެ އަޅުކަމުގައި
ހައްޖުގެ އަޅުކަމުގައި
ރާއްޖެ އެމްވީ
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން
ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ
ތަފާތު މަސައްކަތް ކުރުމަށް 15 މީހުން ހޯދުމަށް އިއުލާނުކޮށްފައިވޭ
ކައްކާނެ ފަރާތެއް ހޯދުމަށް ވެސް ވަނީ އިއުލާނުކޮށްފައި

މިއަހަރުގެ ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ބުނީ، ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖު ދަތުރުގައި ހިލޭ މަސައްކަތް ކޮށްދޭނެ 15 ފަރާތެއް ބޭނުންވާ ކަމަށެވެ. ދިވެހީންނަށް ކަމުދާ ގޮތަށް ދިވެހި ކެއްކުންތަކާއި އާންމުކޮށް ބޭނުންކޮށް އުޅޭ ކާނާގެ ބާވަތްތައް ތައްޔާރު ކުރަން އެނގޭ މީހުން ހޯދުމަށް އިއުލާނުކޮށްފައިވާ އިރު މީގެ ކުރިން ހައްޖު އަދި އުމްރާ ދަތުރުގައި ކައްކައިދިނުމުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވާންޖެހޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

މީގެ އިތުރުން ސަޕޯޓް ސްޓާފުންނާއި ކަސްޓަމާ ސަރވިސް އޮފިސަރުންނާއި އިމާމުން ވެސް ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ.

ހައްޖު ކޯޕަޜޭޝަނުން 1439 ވަނަ އަހަރުގެ ހައްޖު ދަތުރުގެ ކަންކަން ރާވަން ފާށާފައިވާ އިރު ހައްޖަށް ގެންދިއުމުގައި ތަފާތު ޕެކޭޖުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ހައްޖުގެ އަޅުކަން އަދާ ކުރަން ބޭނުންވާ އަހަރެއް ހިޔާރު ކުރުމަށް ފަހު މަހުން މަހަށް ނުވަތަ އަހަރުން އަހަރަށް ފައިސާ ދެއްކޭ ގޮތަށް ހަމަޖައްސާފައިވާ އިރު ގަނޑުކޮށް ފައިސާ ދައްކައިގެން ހައްޖަށް ދެވޭނެ އިންތިޒާމްތައް ހައްޖު ކޯޕަރޭޝަނުން ވަނީ ހަމަޖައްސާފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް