ކ. މާލެ
|
16 ޖޫން 2018 | ހޮނިހިރު 12:39
ފުލުހުންގެ ބޭނުމަށް މަގެއް ބަންދުކޮށްފައި
ފުލުހުންގެ ބޭނުމަށް މަގެއް ބަންދުކޮށްފައި
ރާއްޖެއެމްވީ
މާރާމާރީ ހިންގުން
މަސްތުގެ ހާލަތުގައި ތިބި ދެ ބިދޭސީން ހިންގި މާރާމާރީއެއްގައި އެކަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ
ހަމަލާދިން އެކަކު ވަނީ ފިލާފައި
މާރާމާރީގައި ދެ މީހަކު ޒަހަމްވި
ޒަހަމްވި މީހެއްގެ އަތުގެ ލޭ ހޮޅިއެއް ބުރިވެފައިވޭ

މަސްތުގެ ހާލަތުގައި ތިބި ކަމަށް ބެލެވޭ ދެ ބިދޭސީއަކު މާލޭގައި ހިންގި މާރާމާރީއެއްގައި އެކަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ މާރާމާރީގައި ދެ މީހަކު ޒަހަމްވި ކަމަށާއި އެންމެ ބޮޑަށް ޒަހަމްވެފައި ވަނީ މަސްތުގެ ހާލަތުގައި ހުރެ، މާރާމާރީ ހިންގި ދެ މީހުންގެ ތެރެއިން އެކަކު ކަމަށެވެ. އޯކިޑް މަގު "އާރްފޯއާރް" ކައިރީގައި ހުކުރު ދުވަހުގެ ރޭ ހިންގި އެ މާރާމާރީގައި ހަމަލާދިން އެކަކު ވަނީ ފިލާފައެވެ. އެނގިފައިވާ ގޮތުގައި އެއީ އިންޑިއާ ދެ މީހުންނެވެ. 

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ މާރާމާރީގައި ޒަހަމްވި މީހާގެ ބުރަކަށްޓަށާއި އަތަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އޭނާގެ އަތުލުގެ ލޭ ހޮޅިއެއް ވެސް ފަޅައިގެން ގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޭނާއަށް ލިބިފައިވާ ޒަހަމްތަކާ ގުޅިގެން، އޮޕަރޭޝަނެއްކޮށްފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

އެ މާރާމާރީގައި ޒަހަމްވި ދެ ވަނަ މީހާއަކީ މާރާމާރީ ހިންގި މީހުން ދުރުކުރަން މަސައްކަތް ކުރި މީހާއެވެ. އޭނާގެ މޭ މައްޗަށް ޒަހަމްތަކެއް ލިބިފައި ހުރި ނަމަވެސް، ފަރުވާއަށް ފަހު އޭނާ ވަނީ ދޫކޮށްލާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީ ހިނގަން މެދުވެރިވީ ހިނގި ޒުވާބެއް ހޫނުވެގެން ކަމަށާއި މާރާމާރީ ހިންގުމަށް ފަހު ފިލި މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި އެ މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މާރާމާރީ ހިންގިތާ ގަޑިއެއްހާއިރު ފަހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް