ކ. މާލެ
|
15 ޖޫން 2018 | ހުކުރު 23:07
ފަނޑިޔާރު އަލީ ހަމީދު (ކ)، ރައީސް މައުމޫން (މ) އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ވ)
ފަނޑިޔާރު އަލީ ހަމީދު (ކ)، ރައީސް މައުމޫން (މ) އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ވ)
މުހައްމަދު ޝަރުހާން
ހިއުމަން ރައިޓްސް ވޮޗް
ރައީސް މައުމޫނާއި ދެފަނޑިޔާރުންގެ މައްޗަށް ހުކުމް އިއްވީ ސިޔާސީ ޝަރީއަތްތަކެއްކޮށް: ހިއުމަން ރައިޓްސް ވޮޗް
ިންގުނު ޝަރީއަތަކީ ވެރިކަމުގައި ރައީސް ޔާމީން ހުންނަވަން އެމަނިކުފާނު ކުރެއްވި އަމަލެއް
މިއީ މިނިވަން އިންސާފުވެރި ޝަރީއަތެއް ނޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީގެ މައްޗަށް ހުކުމްކޮށްފައިވަނީ ސިޔާސީ ޝަރީއަތެއްގެ ދަށުން ކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ބުނެފިއެވެ.

އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމިއްޔާގެ އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރު ބްރެޑް އެޑަމްސް ލިޔުއްވާފައިވަނީ މަޑުމަޑުން ރާއްޖެ މިސްރާބު ޖަހާފައިވަނީ ހުދުމުހުތާރު ވެރިކަމަކަށް ކަމަށާއި ދުނިޔޭގެ ގިނަ ބަޔަކަށް އެކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ. ހަމައެހެންމެ ފެބްރުއަރީ މަހަށްފަހު އިދިކޮޅު ޕާޓީތަކަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހަނިކޮށްފައިވާ ކަމަށާއި ސިޔާސީ ހައްޔަރީންނާއި ފަނޑިޔާރުން ވެސް ޖަލަށްލާފައިވާ ކަމަށެވެ.

މި ލިޔުމުގައި ބްރެޑް ވަނީ ދެފަނޑިޔާރުންނާއި ރައީސް މައުމޫންގެ މައްޗަށް ހިންގުނު ޝަރީއަތަކީ ވެރިކަމުގައި ރައީސް ޔާމީން ހުންނަވަން އެމަނިކުފާނު ކުރެއްވި އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ހަމައެހެންމެ މިއީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަޑުވާލައި ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބުކުރެއްވުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް ދެކިލައްވާ ކަމަށް ވެސް ބްރެޑް ލިޔުއްވާފައިވެއެވެ.

ރައީސް މައުމޫންގެ މައްޗަށް ހިންގުނު ޝަރީއަތުގައި އެމަނިފާނުގެ ސިއްހީ ހާލުކޮޅާއި ބެހޭގޮތުން އެމަނިކުފާނުގެ ދިފާއީ ވަކީލުން ފާހަގަކުރެއްވި ކަންކަމަށް ރިއާޔަތްކޮށްފައިނުވާ ކަމަށާއި މިކަމުން ވެސް އަންގައިދެނީ މިއީ މިނިވަން އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށް އެ ޖަމިއްޔާގެ ރަސްމީ ވެބްސައިޓުގައި ބްރެޑް ލިޔުއްވާފައިވެއެވެ.

އިންޑިއާ އަދި އެމެރިކާގެ އިތުރުން އިނގިރޭސިވިލާތުން ވެސް މި ޝަރީއަތްތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް މިއީ ރިޔާސީ އިންތިހާބު މިނިވަންވެދާނެ ކަމާމެދު ވެސް އުފެދޭ ސުވާލެއް ކަމަށް މި ލިޔުމުގައިވެއެވެ. ސަރުކާރުން ވަނީ ރާއްޖޭގައި ޝަރީއަތްތައް ހިންގަނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ބުނެފައެވެ.

އެހެން ނަމަވެސް އެޑަމްސް ވިދާޅުވީ ސަރުކާރުން ކަންކަން ކުރަމުންދަނީ މުޅިން އިދިކޮޅަށް ކަމަށާއި ރައީސް ޔާމީނުގެ ސަރުކާރުގެ އަމާޒުހުރީ ގަދަ ބާރުން ވެރިކަންކޮށް އެއް ޕާޓީ ވެރިކަމުގައި ދެމިއޮތުމަށް ކަމަށެވެ.

އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު 1 އަހަރާއި 7 ހަމާއި 6 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ބުދަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް