ކ. މާލެ
|
14 ޖޫން 2018 | ބުރާސްފަތި 11:59
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ
ރާއްޖެއެމްވީ
ފަލަސުރުހީ
ކަޅު ފޮއްޓަކީ ވުޖޫދުގައި އޮތް އެއްޗެއް ނޫން: މުސްތަފާ
އެއީ ރައީސް އަބްދުﷲ ޔާމީނަށް ލިބުނު ވަޓްސްއެޕް މެސެޖަކުން ލިބުނު ކަޅުފޮއްޓެއް
ސިއްރު ހެއްކަކީ އެންމެ ފަސޭހަ އިން ގަނެނޭވެ އެކެތި

ކަޅު ފޮއްޓަކީ ވުޖޫދުގައި އޮތް އެއްޗެއް  ނޫން ކަމަށާއި އެއީ ރައީސް އަބްދުﷲ ޔާމީނަށް "ވަޓްސްއެޕް މެސެޖަކުން ލިބުނު ކަޅުފޮއްޓެއް" ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުސްތަފާ ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްސަލައިގައި ކަޅުފޮއްޓެއް ފެނުނު ކަމަށް ބުނެ ފުލުހުން ވާހަކަދެއްކި ނަމަވެސް އެއީ ފޯނުން ލިބުނު އެއްޗެއް ކަމަށެވެ.

"ތި ކަޅުފޮއްޓަކީ ރައީސް ޔާމީނަށް މީހަކު ފޯނުކޮށްފައި މެސެޖުކޮށްފައި ދިން އެއްޗެއް. ކޮން ކަޅުފޮއްޓެއްތޯ. އެއީ ނުވެސް ފެންނަ އެއްޗެއް. ވުޖޫދުގައި ނުވެސް ނެތް އެއްޗެއް،" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ، ރައީސް ޔާމީނަށް ލިބުނު މެސެޖު ވެސް އެނގޭ ކަމަށާއި އެއީ އެއްވެސް ހަގީގަތެއް އެކުލެންވާ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ ކަޅުފޮއްޓެއް ވެއްދީ ކިހިނެއް ކަމެއް އެމައްސަލަތަކުގެ ތެރެއަށް. ދެން ކޮންމެވެސް ގޮތަކަށް ކަޅު ފޮއްޓެއް ހޯދައިގެން އުޅެނީ،" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ، މިޒަމާނުގައި ސިއްރު ހެއްކެއް ނަގާކަށް މާ އުނދަގުލެއް ނުވާނެ ކަމަށާއި ސިއްރު ހެއްކަކީ އެންމެ ފަސޭހަ އިން ގަނެނޭވެ އެކެތި ކަމަށެވެ. ސިއްރު ހެކިދޭ އިރު އަޑު ބަދަލުކޮށްގެން މައުލޫމާތުތައް ދޭ އިރު އެއީ ދުނިޔެވީ އެއްވެސް ހަމައަކުން ގަބޫލު ކުރެވޭނެ އެއްޗެއް ނޫން ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްސަލައިގައި ފުލުހުން ބުނެފައި ވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މަސައްކަތް ކުރެއްވި ކަން އެންދެރިމާގެ އިން ނެރެގެން ގެންދިޔަ ފޮއްޓަކުން ލިބުނު ޑޮކިއުމެންޓް އެވިޑެންސްތަކުން އެނގޭ ކަމަށެވެ. އަދި އެފޮށި ފެނިފައި ވަނީ ރައީސް މައުމޫންގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާ އިބްރާހިމްގެ ގެއިން ކަމަށް ވެސް ފުލުހުން އޭރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވެއެވެ. ނަޖުމާގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް