ކ. މާލެ
|
14 ޖޫން 2018 | ބުރާސްފަތި 00:55
މުލީއާގޭގައި ރައީސްގެ އަނބިކަނބަލުންގެ އީދު ހަދިޔާ ޕެކްކުރަނީ
މުލީއާގޭގައި ރައީސްގެ އަނބިކަނބަލުންގެ އީދު ހަދިޔާ ޕެކްކުރަނީ
ސޯޝަލް މީޑިއާ
ޕީޕީއެމް މެމްބަރުން
ޗޮކްލެޓް ޕެކްކުރެއްވި މެމްބަރުން މިފަހަރު މެޑަމްގެ އީދު ހަދިޔާ ބަންދުކުރުމުގައި
ޕީޕީއެމްއިން މުލީއާގެ ބޭނުންކުރަނީ ސިޔާސީ ޖަގަހައެއްގެ ގޮތުގައި
މަޖިލިސް މެމްބަރުން މެޑަމްގެ އަރިހުގައި އުޅުއްވަނީ އަމިއްލަ ފައިދާއަށްކަމަށް ގިނަ ބަޔަކު ބުނޭ
ރައީސްގެ އަނބިކަނބަލުން ބައްސަވާ ހަދިޔާތަކަށް ފަންޑު ހޯދަނީ ކިހިނެއްކަމާއިމެދު ސުވާލު އުފެދޭ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ރައީސް ޔާމީންގެ އަނބިކަނބަލުން ބައްސަވާ ޢީދު ހަދިޔާ ޕެކްކުރުމުގެ މަސައްކަތް މުލީއާގޭގައި އެބަކުރައްވައެވެ.

ދައުލަތުގެ އިމާރާތެއްގެ ތެރޭގައި މިމަސައްކަތް ކުރަމުންދާއިރު ރައީސް ޔާމީންއާއި އެމަނިކުފާނުގެ އަނބިކަނބަލުން އަމިއްލަފުޅު ހައިސިއްޔަތުން ހިންގާ ހަރަކާތްތަކާއި، ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ ހަރަކާތްތައް މުލީއާގޭގައި ކުރަމުންދާތީ އާއްމުންގެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މީގެ ކުރީގައިވެސް ރައީސް ޔާމީންގެ އަނބިކަނބަލުންގެ އެކިއެކި މަސައްކަތްތަކުގައި އުޅުއްވާ މަޖިލިސް މެމްބަރުން ވަނީ ބުދަ ދުވަހުގެ ރޭ އެކަމަނާގެ ޢީދު ހަދިޔާތައް ޕެކްކުރައްވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. 

މުލީއާގޭގައި ރައީސްގެ އަނބިކަނބަލުންގެ އީދު ހަދިޔާ ޕެކްކުރަނީ

ރައީސްގެ އަނބިކަނބަލުން އެކިއެކި ދުވަސްތަކާއި ދިމާކޮށް، އަދި އެކި ފަރާތްތަކާއި ބައްދަލުކޮށް ދެއްވާ ހަދިޔާތަކާއި ސިޓީއުރާގައި ބަންދުކޮށްފައި ދެއްވާ ފައިސާތަކަކީ ކޮންތަނަކުން ހޯއްދަވާ އެއްޗެއްތޯ ގިނަ ފަރާތްތަކުން ސުވާލު އުފައްދައެވެ. ސަބަބަކީ ރައީސް ޔާމީންގެ މުސާރައާއި، އެދެމަރިފިރިކަނބަލުންނަށް ލިބިވަޑައިގަންނަވާކަމަށް މީގެ ކުރިން ވިދާޅުވެފައިވާ އަދަދުތަކާއި، އެކަމަނާ މިހާރު ސިޔާސީ ކަންކަމަށް ކުރައްވާ ޚަރަދު ނުބައްދަލުވުމުންނެވެ. 

މުލީއާގޭގައި ރައީސްގެ އަނބިކަނބަލުންގެ އީދު ހަދިޔާ ޕެކްކުރަނީ

އަނެއްކޮޅުން އެކަމަނާގެ މަސައްކަތްތަކުގައި އަތްގާތްކޮށްދެއްވަން އުޅުއްވާ ޕީޕީއެމްގެ މެމްބަރުންނަކީ ސިޔާސީގޮތުން ލިބިދާނެ ފައިދާއަކަށްޓަކައި އެކަމަނާގެ އަރިހުގައި އުޅުއްވާ ބޭފުޅުންކަމަށް ސޯޝަލް މީޑިއާގައި ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް
14 ޖޫން 2018 | ބުރާސްފަތި 11:20
އާދު
ކަދުރުފާތުމަގެ ތައްޕާހުގަފިތިފަ
14 ޖޫން 2018 | ބުރާސްފަތި 07:02
ސަލމާ
މި އެމްޕީ އިން ހަމަ އެއްވެސް ލަދެއް ނުގަންނަނީބާ؟ ހަޔާތް ކުޑަބަޔެއް.
14 ޖޫން 2018 | ބުރާސްފަތި 03:34
ހަންޑި
ކޮބާ މައްސަލައަކީ؟
13 ޖޫން 2018 | ބުދަ 20:06
މުންޑު
މީދެންބޮޑުވަރުދޯ