ކ. މާލެ
|
14 ޖޫން 2018 | ބުރާސްފަތި 11:39
މި އަހަރުގެ ޖޫންމަހުން ފެށިގެން ސައުދީގެ އަންހެނުންނަށް ޑްރައިވިންގ ލައިސަންސް ދޭން ވަނީ ފަށާފައި
މި އަހަރުގެ ޖޫންމަހުން ފެށިގެން ސައުދީގެ އަންހެނުންނަށް ޑްރައިވިންގ ލައިސަންސް ދޭން ވަނީ ފަށާފައި
ޓްވިޓަރ
ސައުދީއަށް ގެންނަ ބަދަލުތައް
ސައުދީގެ އަންހެނުންނަށް އަދިވެސް މަނާކުރެވިފައިވާ ފަސްކަމެއް
 
ސައުދީއަށް ގެނައި ބަދަލުތަކަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން މަރުހަބާ ކިޔާ

ސައުދީއަރަބިއްޔާއަށް ގެންނަމުންދާ އިސްލާހީ ބަދަލުތަކުގެ ތެެރެއިން އެ ގައުމުން ވަނީ މީގެ ކުރިން އަންހެނުންނަށް ނުދީ ހުރި ބައެއް ހައްގުތައް އެމީހުންނަށް ދޭން ފަށާފައެވެ. ކުޅިވަރު ކުޅޭ ދަނޑުތަަކަށް ވަނުމާއި ސިނަމާތައް އަލުން ހުޅުވައި ސިނަމާތަކަށް ދިއުމުގެ ހުއްދަ ދިނުމާއި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދިނުމަކީ މި އަހަރުގެ ތެރޭގައި އެ ގައުމުން ގެނެސްފައިވާ ބަދަލުތަކެވެ.

ސްޓޭޑިއަމްތަކަށް އަންހެނުން ވަނުން ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ޖިއްދާގެ ސްޓޭޑިއަމްގައި ކުޅުނު ފުޓުބޯޅަ މެޗަކާ އެކު ވަނީ ހުއްދަކުރެވިފައެވެ. އަދި އާންމުކޮށް ފިލްމު ދެއްކުން ގާތްގަނޑަކަށް 35 ވަރަކަށް އަހަރަށް ވުރެ ދިގު މުއްދަތަކަށް މަނާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް މި އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ސައުދީގައި ވަނީ ސިނަމާ ހުޅުވާފައެވެ. މީގެ އިތުރުން ޖޫންމަހުގެ 4 ވަނަ ދުވަހުން ފެށިގެން އެ ގައުމުގައި ވަނީ އަންހެނުންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރަން ފަށާފައެވެ. މިކަން ފެށުމުގެ ގޮތުން ފުރަތަމަ ވަނީ އެހެން ގައުމުތަކުގެ ލައިސަންސް ލިިބިފައިވާ ދިހަ އަންހެނެއްގެ ލައިސަންސް ސައުދީގެ ލައިސަންސް އަށް ބަދަލުކޮށްދީފައެވެ.

މިހާރު ނުލިބި އޮތީ ކޮން ކަމެއް؟

* ބޭންކް އެކައުންޓް ހުޅުވުން:

ފިރެހެން ބަލަދުވެރިއެއްގެ ސިޓީއަކުން ހުއްދަ ހޯދައިގެން ނޫން ގޮތަކަށް ސައުދީގެ އަންހެނަކަށް ބޭންކް އެކައުންޓް ހުޅުވުން އަދި ހުއްދަކުރެވިފައެއް ނުވެއެވެ.

 * ޕާސްޕޯޓް ލިބުން:

ފިރެހެން ބަލަދުވެރިއެއްގެ ހުއްދަ އާއި ނުލައި ސައުދީގެ އަންހެނަކަށް ޕާސްޕޯޓެއް ނުލިބެއެވެ. އަދި ގައުމުން ފުރައިގެން ދެވޭނީ ފިރެހެން ބަލަދުވެރިއެއްގެ ހުއްދައާ އެކުއެވެ.

* ކައިވެނިކުރުމާއި ވަރިކުރުން:

އިސްލާމީ ޝަރީއަތާއި އެެއްގޮތަށް ކުރެވޭ ކައިވެނީގައި ވަލީ ދިނުން އޮވެއެވެ. އޭގެ އިތުރަށް އިތުރު ހުއްދަތަކެއް ހޯދުމަކީ އާއްމު ކަމެއް ނޫނެވެ. އަދި ކައިވެނިކޮށްގެން އުޅޭ ފިރިމީހާގެ ގާތުން ވަރިވުމަށް ވަކި ޚާއްސަ ހުއްދައެއް ހޯދުމަކީ އާއްމު ކަމެއް ނޫނެވެ. ނަމަވެސް ވަރިވުމަށްޓަކައި ވެސް ސައުދީގައި އަންހެނުން އެމީހުންގެ ބަލަދުވެރިންގެ ހުއްދަ ހޯދަން ޖެހެއެވެ.

* ފިރެހެން އެކުވެރިޔަކާ އެކު ކޮފީއަށް ދިއުން:

ރެސްޓޯރެންޓްތަކުގައި ހުސްހަށިބައި އަންހެނުން އިށީންނާންޖެހެނީ އާއިލާތަކަށް ޚާއްސަކުރެވިފައި ހުންނަ ގޮނޑިތަކުގައެވެ. އެހެން ނޫން ނަމަ ހައްޔަރު ކުރެވޭނެއެވެ.

* ހެދުން އެޅުމުގެ ގަވައިިދު:

އަންހެނުން ހެދުން އެޅުމުގައި ބޮލުން ފެށިގެން ބޮޑުވައި އިނގިއްޔާ ހަަމައަށް ނިވާކުރުން އެއީ އެ ގައުމުގައި މަޖުބޫރު ކޮށްފައި އޮންނަ ކަމެކެވެ.

ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ސައުދީއަށް ގެންނަމުންދާ އިގްތިސާދީ އިޖްތިމާއީ ބަދަލުތަކުގެ ދަށުން އެ ގައުމުން އަންނަނީ ގަދީމީ އެތައް ކަމެއް ބަދަލުކުރަމުންނެވެ. އަދި 2030 ގެ ތަސައްވުރުގެ ދަށުން އަލަށް ތަރައްގީކުރެވޭ ސަރަހައްދުތަކުގައި ދީނީ މިނިވަންކަން ވެސް ދެވިގެންދާނެ ކަމަށް ވަލީއަހްދު ވިދާޅުވެފައި ވެއެވެ. އެއީ އެ ސަރަހައްދަކީ އެހެން ގައުމުތަކާއި އެހެން ދީންތަކުގެ މީހުން ވެސް ވަޒަންވެރިވާނެ ތަނެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
17%
17%
67%
0%
0%
ކޮމެންޓް