ކ. މާލެ
|
13 ޖޫން 2018 | ބުދަ 16:42
ކވ: ގއ. މާމެންދޫ، ހިތްފަސޭހަމަންޒިލް، ޢަލީ ސަޢީދު އަދި  މ. ހިރި، ޙަސަން ޢާޞިމް
ކވ: ގއ. މާމެންދޫ، ހިތްފަސޭހަމަންޒިލް، ޢަލީ ސަޢީދު އަދި މ. ހިރި، ޙަސަން ޢާޞިމް
މޯލްޑިވްސް ޕޮލިސް ސާރވިސް
ކޯޓަށް މީހުން ހާޒިރު ކުރުން
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ދެ މީހަކު ހޯދަނީ
ސިވިލް ކޯޓުގައި ހިނގަމުންދާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަތަކަކާ ގުޅިގެން

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެ ދެމީހުން ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ގއ. މާމެންދޫ، ހިތްފަސޭހަމަންޒިލް، ޢަލީ ސަޢީދު (52އ) އާއި ކ. މާލެ، މ. ހިރި، ޙަސަން ޢާޞިމް (40އ) ކަމަށެވެ.

ޢަލީ ސަޢީދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ޖޫން 18 ވަނަ ދުވަހުގެ 11:00 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

ޙަސަން ޢާޞިމް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ހާާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން އޭޕްރީލް މަހުގެ 19 ވަނަ ދުވަހުގެ 11:45 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ދެމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް