ކ. މާލެ
|
13 ޖޫން 2018 | ބުދަ 12:27
ލ ގަމު ބަނދަރު: އެއަތޮޅަށް ވަނީ ލޮޅުމެއް އައިސްފައި
ލ ގަމު ބަނދަރު: އެއަތޮޅަށް ވަނީ ލޮޅުމެއް އައިސްފައި
ރާއްޖެއެމްވީ
ބިންގަނޑަށް ގުޑުމެއް އައުން
ލ އަތޮޅުގެ ރަށްތަކަށް ލޮޅުމެއް އަތުވެއްޖެ
30 ސިކުންތައް ގުޑުން ދެމިގެންދިޔަ
ގުޑުން އައީ 11:35 ގައި
މެޓު އޮފީހުން ބުނީ އެއީ ބިންހެލުމެއް ނޫންކަމަށް

ލ އަތޮޅު ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އަތުވެއްޖެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ލ ގަމު ކައުންސިލްގެ ރައީސް މުހައްމަދު ސިޔާމް ވިދާޅުވީ މި ލޮޅުން އައިސްފައި ވަނީ ބުދަ ދުވަހު ހެނދުނު 11:35 ހާއިރު ކަމަށާއި ގާތްގަނޑަކަށް 30 ހަކަށް ސިކުންތައް އެލޮޅުން ދެމިގެން ދިޔަ ކަމަށެވެ.

ސިޔާމް ވިދާޅުވީ ގަމުގެ ހުރިހާ އަވަށަކަށް ވެސް އެލޮޅުމުގެ އަސަރު ކޮށްގެން ރައްޔިތުން ރިޕޯޓް ކޮށްފައިވާ ކަމަށާއި އެމީހުންނަށް ޤަބޫލު ކުރެވެނީ ބިންހެލުމެއް ކަމަށެވެ. އަދި އެލޮޅުމުގެ 10 ވަރަކަށް މިނިޓް ކުރިން ވެސް ކުޑަކުޑަ ލޮޅުމެއް އައިކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ގަމުގެ އަވަށްތަކުގެ އިތުރުން އެއަތޮޅު އެހެން ރަށްރަށަށްވެސް އެލޮޅުމުގެ އަސަރު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ލ ގަމަށް ލޮޅުމެއް އައިކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށާއި އެއީ ބިންހެލުމެއް ކަމަށް އަދި ނުބެލެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ ބިންހެލުމެއް ކަމަށް ކަނޑައެޅޭނީ ވަކިކަންކަން ފުރިހަމަވުމުން ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެއީ ލޯކަލް ލޮޅުމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި ބިންހެލުމެއް ކަމަށް ޑިކްލެއަރ ކުރެވެން ނެތް ކަމަށެވެ. ނަމަވެސް އިތުރަށް ބަލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ގަމު ކައުންސިލްގެ ރައީސް ސިޔާމް ވިދާޅުވީ ލޮޅުމުގެ ރިޕޯޓް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށްވެސް ކޮށްފައިވާނޭ ކަމަށެވެ.

ސިޔާމް ވިދާޅުވީ ލ އަތޮޅު ސަރަހައްދުގައި ބިންގަޑަށް ލޮޅުމެއް އައިސްދާނެ ފަދަ މަސައްކަތެއް މިވަގުތު އެއަތޮޅުގައި ކުރެވެމުން ނުދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް