ކ. މާލެ
|
13 ޖޫން 2018 | ބުދަ 10:56
ކުރީގެ ރައީސް މައުމޫން (މ)، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ވ) އަދި ފަަނޑިޔާރު އަލީ ހަމީދު (ކ)
ކުރީގެ ރައީސް މައުމޫން (މ)، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ވ) އަދި ފަަނޑިޔާރު އަލީ ހަމީދު (ކ)
މުހައްމަދު ޝަރުހާން
ސަރުކާރު ވައްޓާލަން އުޅުން
ބޮޑުންގެ ޝަރީއަތް: ހުލާސާ ބަޔާން އިއްވުން މިއަދު 13:00 ގައި
މިއަދުގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ 13:00 އަށް
ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގި، ދިފާއީ ހެކީން ހެކިބަހެއް ނުނަގާ
ހުލާސާ ބަޔާނަށްފަހު ދެން އޮންނާނީ އެމައްސަލައިގެ ހުކުމް ކުރުމުގެ ޝަރީއަތުގެ އަޑުއެހުން

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ އަދުލު އިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ ހުލާސާ ބަޔާން އިއްވުމަށް ބާއްވާ ޝަރީއަތުގެ އަޑުއެހުން ބުދަ ދުވަހުގެ 13:00 އަށް ތާވަލް ކޮށްފި އެވެ.

އަންގާރަ ދުވަހު 11:00 އަށް ހުލާސާ ބަޔާން އިއްވާ ސަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލް ކުރުމަށް ފަހު ވަނީ ކެންސަލް ކޮށްފަ އެވެ. އެ ޝަރީއަތް އަޑުއަހަން ދިޔަ މީހުން ދޮޅުގަޑިއިރަށް ވުރެ ގިނަ ވަގުތު ކޯޓުގެ ތެރޭގައި ބޭތިއްބުމަށް ފަހު ކެންސަލް ކުރީ ބަޔާންތަކުގައި ސޮއި ކުރަން ގިނަ ވަގުތު ހޭދަވާތީ ކަމަށް ބުނެއެވެ.

އެެހެންކަމުން އަންގާރަ ދުވަހު ބާއްވަން އޮތް އަޑުއެހުން ބުދަ ދުވަހުގެ 11:00 އަށް ބަދަލު ކުރެވިފައިވާ ކަމަށް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް ބުދަ ދުވަހުގެ ޝަރީއަތްތަކުގެ ތާވަލް ގައި އެ ތިން ބޭފުޅުންގެ ޝަރީއަތުގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ ބުދަ ދުވަހުގެ 13:00 އަށެވެ. 

މިދިއަ އާދިއްތަ ދުވަހުގެ ރޭ އެ ތިން ބޭފުޅުންގެ މައްޗަށް ކުރާ އަދުލު އިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާއިން ދިފާއުވުމަށް ހުށަހެޅި ހެކީންގެ ހެކިބަސް ނުނެގުމަށް ގާޒީ ވަނީ ނިންމާފަ އެވެ. 

ރައީސް މައުމޫނާއި އަބްދުﷲ ސައީދާއި އަދި އަލީ ހަމީދާ ދެކޮޅަށް ކުރާ މި ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ނަގާ ނިމުނީ ވެސް އާދިއްތަ ދުވަހުގެ ރޭ ބޭއްވި އަޑުއެހުމުގަ އެވެ.

މި މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު އެވެ.

ހުލާސާ ބަޔާން އިއްވުމަށް ފަހު ދެން ބޭއްވޭނީ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް