ކ. މާލެ
|
12 ޖޫން 2018 | އަންގާރަ 23:47
ކުރީގެ ރައީސް ނަޝީދާއި، ރައީސް އަބްދުﷲ ޔާމީނާއެކުގައި
ކުރީގެ ރައީސް ނަޝީދާއި، ރައީސް އަބްދުﷲ ޔާމީނާއެކުގައި
ރައީސް އޮފީސް
ރިޔާސީ ރޭސް 2018
ދިވެހިން ބޭނުންވާ މީހާ ދިވެހިންގެ ވެރިކަމަށް ދިވެހިންނަށް ގެނެވެންޖެހޭނެ، ސާފު ނުސާފު ނިންމާނީ ރައްޔިތުން: ރައީސް ނަޝީދު
ސާފު ކެނޑިޑޭޓެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ދައްކަވާ ތިނޯހެއްގެ ފަގައިގެ މިންވަރަކީ ދިވެހިންނަށް ހައްޤު މިންވަރު ނޫން
ސާފު ނުސާފު ކެނޑިޑޭޓެއްގެ ބަހުސް ގަދަވެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް ނެރުއްވި ބަޔާނަކާއި ގުޅިގެން
ރައީސް ނަޝީދުގެ ކެނޑިޑަސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައި

ދިވެހިން ބޭނުންވާ މީހާ ދިވެހިންގެ ވެރިކަމަށް ދިވެހިންނަށް ގެނެވެންޖެހޭނެކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިލެކްޝަންސް ކޮމިޝަނަށް ފާޑުވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ އާންމު މެމްބަރުންގެ އަޤުލަބިއްޔަތުން އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓްގެ ގޮތުގައި ރައީސް މުހައްމަދު ނަޝީދު އިންތިހާބުކޮށްފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ އެމަނިކުފާނުގެ ކެނޑިޑަސީ ބަލައިނުގަތުމަށް ނިންމާފަ އެވެ. އެއާއެކު އިދިކޮޅު ފަރާތްތަކުގެ މެދުގައި ސާފު ކެނޑިޑޭޓެއްގެ ބަހުސް ގަދަވެފައިވަނިކޮށް ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސާފު ކެނޑިޑޭޓެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ދައްކަވާ ތިނޯހެއްގެ ފަގައިގެ މިންވަރަކީ ދިވެހިންނަށް ހައްޤު މިންވަރު ނޫންކަމަށެވެ. 

އޭގެއިތުރުން އެމަނިކުފާނު ވިދާޅުވީ ދިވެހިން ބޭނުންވާ މީހާ ދިވެހިންގެ ވެރިކަމަށް ދިވެހިންނަށް ގެނެވެންޖެހޭނެކަމަށާއި، ސަފު ނުސާފު ނިންމާނީ ރައްޔިތުން ކަމަށެވެ. 

ސާފު ނުސާފު ކެނޑިޑޭޓެއްގެ ބަހުސް ގަދަވެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް، ގުޅިފައިވާ ޕާޓީތަކުން ނެރެންޖެހޭނީ ސާފު ކެނޑިޑޭޓެއް ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވުމާއި ގުޅިގެންނެވެ. އޭގެއިތުރުން ޤާސިމް އިބްރާހިމް ވަނީ ރައީސް ނަޝީދުގެ ކެނޑިޑަސީ ސައްހަ ނުވާނެކަމަށް ނިންމަވައި، އެމަނިކުފާނުގެ ނަންފުޅައް ވެސް ތާއީދުނުކުރައްވާކަން ހާމަކުރައްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް