ކ. މާލެ
|
12 ޖޫން 2018 | އަންގާރަ 15:59
ގާނޫނީ ރަދީފު ނެރުމުގެ ރަސްމިއްޔާތު
ގާނޫނީ ރަދީފު ނެރުމުގެ ރަސްމިއްޔާތު
މުހައްމަދު ޝަރުހާން
ރަދީފު
ސުއޫދުގެ ގާނޫނީ ރަދީފު ނެރެފި
ރަދީފު ނެރެދެއްވީ ބ. އޭދަފުށީގެ ކުރީގެ ކަތީބު އަލީ ޔަހުޔާ
ބުކްޝޮޕްތަކުން މި ފޮތް ގަންނަން މިހާރު ލިބޭނެ
1200 އަށް ވުރެ ގިނަ ބަސް މާނައާ އެކު ވަނީ ހިމަނާފައި

ގާނޫނީ ދާއިރާ އާއި މާލީ ދާއިރާގައި އާންމުކޮށް ބޭނުންކުރާ ބަސްބަހުގެ މާނަ އެކުލެވޭ ގާނޫނީ ރަދީފެއް ނެރެފިއެވެ.

ރަދީފު ނެރެދެއްވީ ބ. އޭދަފުށީގައި ކަތީބުކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ އަލީ ޔަހުޔާއެވެ.

މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ލިޔުއްވާފައިވާ މި ރަދީފަކީ މައުލޫމާތު ރައްކާކޮށް ހޯދާ ވަސީލަތްތަކުން ބަސްތައް ހޯދުމަށް ފަސޭހަކުރުމަށްޓަކައި ލަފުޒުތައް ލިޔާ ގޮތް ވީހާ ވެސް ބޮޑަށް އެއްކުރުމުގެ މަގްސަދުގައި ނެރުއްވި ފޮތެއް ކަމަށް ސުއޫދު ވިދާޅުވިއެވެ. އެ ފޮތުގައި  1200 އަށްވުރެ ގިނަ ބަސްތަކުގެ މާނަ ތަފްސީލާ އެކު ހިމަނާފައިވެއެވެ.

ރަދީފުގައި ހިމެނޭ ލަފުޒެއްގައި ހަވާލާދީފައިވާ މަހްފޫމަކީ ކޮބައިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން އެ ލަފުޒުގެ ނުވަތަ މަހުފޫމުގެ އިނގިރޭސި ތަރުޖަމާ ލިޔެފައިވެއެވެ. އަދި އެއް ލަފުޒެއްގެ މާނަ އެކި ގާނޫނުތަކުގައި ތަފާތު ގޮތަކަށް ބޭނުން ކުރެވޭ ނަމަ އެކަން އެނގޭނެ ގޮތަށް މި ރަދީފުގައި ފާހަގަކޮށްފައި ވެއެވެ.

ފޮތުގެ އެންޑްރޮއިޑް އެޕްލިކޭޝަން މިހާރު ހިލޭ ޑައުންލޯޑް ކުރެވޭނެ ކަމަށާއި އައިއޯއެސް އެޕްލިކޭޝަން ދެހަފްތާއެއްހާ ދުވަސް ތެރޭގައި ޑައުންލޯޑް ކުރެވޭނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.

މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގައި އަންގާރަ ދުވަހު ބޭއްވި ހަފުލާއެއްގައި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒާއި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އާއި ގާނޫނީ ވަކީލް އަލީ ހުސައިން ބައިވެރިވެ ވަޑައިގަތެވެ.

ބުކްޝޮޕްތަކުން މި ފޮތް ގަންނަން މިހާރު ލިބޭއިރު ފޮތުގެ އަގަކީ 200ރ. އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް