ކ. މާލެ
|
12 ޖޫން 2018 | އަންގާރަ 15:36
ހދ. ނައިވާދޫ މަސްޖިދުލްޒިކުރާ: ރަށުގެ ޒުވާނުންތަކެއް އިސްނަގައިގެން، އެމީހުންގެ އަމިއްލަ ޚަރަދުގައި މިސްކިތް މަރާމާތުކުރިފަހުން މަސްދުވަސްފަހުން މިވަނީ ކުލަ ބަލަކުރަން އިއުލާން ކޮށްފައި
ހދ. ނައިވާދޫ މަސްޖިދުލްޒިކުރާ: ރަށުގެ ޒުވާނުންތަކެއް އިސްނަގައިގެން، އެމީހުންގެ އަމިއްލަ ޚަރަދުގައި މިސްކިތް މަރާމާތުކުރިފަހުން މަސްދުވަސްފަހުން މިވަނީ ކުލަ ބަލަކުރަން އިއުލާން ކޮށްފައި
މުހައްމަދު ޝަރުހާން
ހދ ނައިވާދޫ
ނައިވާދޫ މިސްކިތުގައި ރީނދޫ ކުލަ ލައިފަވާ ކަމަށް ބުނެ ކުލަ ބަދަލު ކުރަނީ
ރަށު ޒުވާނުންތަކެއް އިސްނަގައިގެން މިސްކިތް މަރާމާތުކޮށް ކުލަލީ އަމިއްލަ ޚަރަދުގައި
ކުލަލީފަހުން މަހެއްވީތަނާ ކުލަ ބަދަލު ކުރަން މިވަނީ އިއުލާން ކޮށްފައި
މިސްކިތް މަރާމާތުކޮށް ކުލަލީ ކައުންސިލުން ހުއްދަ ދީގެން

ހދ ނައިވާދޫގައި އެރަށު ޒުވާނުންތަކެއް އިސްނަގައިގެން ރަށުގެ މިސްކިތް މަރާމާތުކޮށް ލީ ކުލަ ކަމު ނުގޮސްގެން މަހެއް ނުވަނީސް އެމިސްކިތުގައި ކުލަ ލައިދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިސްކިތުގައި ކުލަލީތާ މަހެއް ފަހުން އެކުލަ ބަދަލު ކުރަނީ ލައިފައިވާ ކްރީމް ކުލައަކީ ރީނދޫ ކުލަ ކަމަށް ބަލައި ރަށު ކައުންސިލުން އެކުލަ ބަދަލު ކުރުމަށް ބޭނުންވެގެންނެވެ.

މިކަމާ ގުޅިގެން ނައިވާދޫ ކައުންސިލްގެ ރައީސް އަހުމަދު ފާއިޒަށް ގުޅާލުމުން ވިދާޅުވީ މަސްޖިދުއް ޒިކުރާގައި ކުލަ ލުމަށް އިއުލާން ކޮށްފައިވާ ކަމަށާއި އިއުލާންކުރީ އިސްލާމިކް މިނިސްޓްރީން ބުނެގެން ކަމަށެވެ.

ފާއިޒު ވެސް ވިދާޅުވީ އެމިސްކިތް މާރާމާތުކޮށް، ކުލަލާ ނިންމިތާ އަދި މިވީ މަހެއްހާ ދުވަސް ކަމަށެވެ. ނަމަވެސް އެ މިސްކިތުގެ ކުލަ ބަދަލު ކުރަން ނިންމާފައިވާ ސަބަބެއް ނޭނގޭކަމަށް ފާއިޒު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރ ވިދާޅުވީ ކައުންސިލުން ކޮށްފައިވާ އިއުލާނަކާ ގުޅިގެން އެއްޗެއް ދަންނަވަން ދަތި ކަމަށެވެ. ނަމަވެސް މިސްކިތްތައް ހިނގަމުން ދަނީ އިސްލާމިކް މިނިސްޓްރީގެ ދަށުން ކަމަށްވާތީ މިސްކިތުގެ ކުލަ ބަދަލު ކުރުމުގެ ހުއްދަ ދީފައި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ. އެކަން ހިނގާފައިވާގޮތް ޖެހޭނީ ބަލާލަންކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ކައުންސިލް އިދާރާއާއި ރަށު ކޯޓުގައި ފިޔާތޮށި ކުލަ ލައިފައިވާ ނައިވާދޫ ކައުންސިލުން އެރަށު ޒިކުރާ މިސްކިތުގެ ކުލަ ބަދަލުކުރުމަށް އިއުލާން ކޮށްފައިވާއިރު އެމިސްކިތުގައި ލާފައިވަނީ ސަރުކާރުން ރަށްރަށުގައި އަޅައިދޭ ގިނަ މިސްކިތުގައި މިހާރު ލަމުން އަންނަ ޕީޗް ކުލައެވެ. ރާއްޖެ އެމްވީއަށް ލިބިފައިވާ ފޮޓޯތަކުންވެސް އެކަން ހާމަވެއެވެ.

ރަށުގެ 3 ކައުންސިލަރުންގެ އިއްތިފާގުން ދީފައިވާ ހުއްދައިގެ ދަށުން ހެޔޮއެދޭ ޒުވާނުންތަކެއްގެ އެހީގައި އެރަށު މަސްޖިދުއް ޒިކުރާ މަރާމާތު ކުރީ މިދިޔަ މޭމަހުގެ 11 ވަނަ ދުވަހުއެވެ. މާލޭގައި ތިބޭ ޒުވާނުން ތަކެއް ރަށަށްގޮސް ރަށުގައިތިބި ބައެއް ޒުވާނުންނާއެކު ކުރި މިމަސައްކަތުގައި މުޅި މިސްކިތުގެ އެތެރެއާއި ބޭރު ކުލަ ބަދަލުކޮށް އަލަށް ވައިރު އަޅައި ސީލިންގ ފަންކާތައް އައުކޮށް ސްޓޭންޑް ފަންކާތަކެއް އިތުރުކޮށްފައި ވެއެވެ. އަދި ދިޔަދޮވި ބަދަލުކުރުމާއި ވުޟޫ ކުރާ ވަޅުދޮށުގެ ތަޅުން އާކުރުމުގެ އިތުރުން މިސްކިތައް އަރަން މިސްކިތުގެ ހަރިންމަތެރޭގައި ހަދާފައިވާ މަގުގެ ގައުތައްވެސް ބަދަލުކޮށްފައި ވެއެވެ.

ތަކެއްޗާއި ހުރިހާ ޚަރަދެއް އަމިއްލަ އެހީގައި ކުރި މިމަސައްކަތުގައި، މަސައްކަތް އެއްކޮށް ކޮށް ނިންމާ ނުލެވެނީސް ރަށުގެ ކައުންސިލުން ވަނީ މަސައްކަތް ކުރަމުންދިޔަ ޒުވާނުންގެ މަސައްކަތް ހުއްޓުވައި މިސްކިތުން ނެރެފައެވެ.

އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައި ހުންނަ އެންމެ މުދިމެއް ހުންނަ ނައިވާދޫގެ ބޮޑު މިސްކިތުގެ އިމާމްކަން އެމުދިމާ ހަވާލު ނުކޮށް ޢާއްމު މީހަކު ލައްވާ ކުރުވަމުންދާ ނައިވާދޫ ކައުންސިލަކީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް
12 ޖޫން 2018 | އަންގާރަ 12:18
ކޮޅަކަށްނުޖެހޭ
ވަރަށް ހިތާމަހުރި ޚަބަރެއް، ވޯޓްލުމުގެ ހައްޤު ހަމަވާ އެންމެ 598 މީހުން ތިބިރަށެއްގައި މިފަދަ ތާކުން ތާކުން ނުޖެހޭ ކަންތައްތައް ރަށުކައުންސިލުގަ ތިއްބަވާ ބޭފުޅުން ނަގައިގެން ބޮޑުކަމަކަށް ހެދުމަށްވުރެ ކައުންސިލްގެ ޒިންމާ ނަގާބަލާށެވެ، އެންމެ ފަހުގެ އޯޑިޓް ރިޕޯޓް ބަލާބަލާށެވެ. ކުރިދައުރުގެ ނައިބްރައީސް މިހާރު އެހުރީ ރައީސަކަށެވެ. ކައުންސިލުން އަނެއްކާވެސް ބޮޑުޚަރަދެކެވެ. ބޭކާރު ޚަރަދެކެވެ.
12 ޖޫން 2018 | އަންގާރަ 12:05
މަގޭބުނީ
ކީކޭ ދެންބުނާނީ...ބޯހަލާކު، ނައިވާދޫ މީ ފުޅިބޯރަށުމީހުންނޭ ކިޔަނީ ހަމަކިޔަންވެގެން، މަހަމަ އެކަން ޤަބޫލް ކޮށްފިން
12 ޖޫން 2018 | އަންގާރަ 11:41
މުހައްމަދު ރަޝީދު
ނައިވާދޫ ކައުންސިލް އިދާރާ ހިންގަނީ އެރަށު ޒިންމާދާރުވެރިޔާ. އޭނަ ބޭނުންވާގޮތައް ތިކަންވާނީ. ސިޔަސީވާން ނޭނގޭ ބައެއް އުޅޭރަށެއް ތީ ???