ކ. މާލެ
|
12 ޖޫން 2018 | އަންގާރަ 12:19
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު---
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު---
އަޝްވާ ފަހީމް
ހައުސިންގ މިނިސްޓްރީ
ބްރިޖް ކައިރީގައި ރާޅާ އަޅާނަމަ ފިޔަވަޅު އަޅާނަން: ހައުސިން މިނިސްޓްރީ
ބްރިޖު ހަދަމުންދާ ސަރަހައްދަށް މޫދަށް އެރި ރާޅާއެޅުމަކީ މަނާ ކަމެއް
މިސަރަހައްދުގައި ރާޅާ އަޅަމުންދާކަން ވަނީ ފާހަގަކުރެވިފައި
ލޮނުޒިޔާރަތްކޮޅު ރާޅާއަޅާ ސަރަހައްދުގެ މޫދަށް އެރި އުޅުމަކީ ރައްކާތެރި ކަމެއް ނޫން

މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖް ކައިރީގައި ރާޅާ އަޅާނަމަ ފިޔަވަޅު އަޅާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބްރިޖު ހަދަމުންދާ ލޮނުޒިޔާރަތްކޮޅަށް މޫދަށް އެރި ރާޅާއެޅުމަކީ މަނާ ކަމެއް ކަމަށެވެ. ނަމަވެސް މިހާރަކަށް އައިސް މިސަރަހައްދުގައި ރާޅާ އަޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. މިބަޔާނުގައި ބުނެފައިވަނީ ގަވާއިދާ ހިލާފަށް މިސަރައްހަދުގައި ރާޅާ އަޅާނަމަ އޮންނަ އުސޫލުގެ ތެރެއިން އެމީހަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް އުސްފަސްގަނޑާއި، ހެންވޭރު ޕާކުގެ ދެކުނުކޮޅުން ފެށިގެން ލޮނުޒިޔާރަތްމަގާއި ހަމައަށްވާ ސަރަހައްދު ވަގުތީ ސައިޓްގެ ގޮތުގައި ކޮންޓްރެކްޓަރަށް ދީފައިވާތީ މިސަރަހައްދުގައި ބޮޑެތި ބޯޓު އަދި އެހެނިހެން ބަރު އާލާތްތައް ވެސް ބޭނުންކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން ލޮނުޒިޔާރަތްކޮޅު ރާޅާއަޅާ ސަރަހައްދުގެ މޫދަށް އެރި އުޅުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.

ލޮނު ޒިޔާރާތްކޮޅުގައި ބްރިޖް އަޅާތީ މީގެ ކުރިން ރާޅާ އެޅުން ތެރެއިން ވަނީ އެކަމާ ނުރުހުންފާޅުކޮށް މުޒަހާރާ ކޮށްފަ އެވެ. އަދި މިރާޅާ އެޅުންތެރިންނަށް ރާޅާ އަޅަންދާނެ އެހެން ތަނެއް މިސަރުކާރުން ހަމަނުޖައްސައިދޭ ކަމަށް ބުނެ އެމީހުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
12 ޖޫން 2018 | އަންގާރަ 07:28
ޔާމީނެ
ކަމެއް ވާއިރަށް ފިޔަވަޅު އަޅާފަ ބަހައްޓާ