ކ. މާލެ
|
12 ޖޫން 2018 | އަންގާރަ 14:38
ފުލުހުންގެ ބެލުމުގެ ދަށުން ސައިފު (ވ) ކޯޓަށް ހާޒިރު ކުރުމަށް ލޯންޗުން މާލެ އަރުވަނީ
ފުލުހުންގެ ބެލުމުގެ ދަށުން ސައިފު (ވ) ކޯޓަށް ހާޒިރު ކުރުމަށް ލޯންޗުން މާލެ އަރުވަނީ
ޓްވިޓަރ
ކްރިމިނަލް ކޯޓް
އެސްއޯގެ ކުރީގެ ކޮމާންޑަރު ސައިފަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލްކޮށްފި
އޭނާގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވާ
ސާބިތުވެއްޖެނަމަ، އެއް އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް
އިތުރު ފުލުހަކަށް ކުރާ ދައުވާގެ އަޑުއެހުން ވެސް ކެންސަލްކުރި

ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން އުޅުމުން، ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ފުލުހުންގެ ސްޕެޝަން އޮޕަރޭޝަން (އެސްއޯ)ގެ ކުރީގެ ކޮމާންޑަރު ސައިފު ހުސައިންގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް ކެންސަލް ކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން އުޅުނު މައްސަލާގައި ސައިފުގެ މައްޗަށް އުފުލި ހަތަރު ދައުވާގެ އަޑުއެހުން އަންގާރަ ދުވަހުގެ މެންދުރު 12:00އަށް ތާވަލު ކުރުމަށް ފަހު، އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ. އެ އަޑުއެހުންތައް ކެންސަލްކުރި ސަބަބެއް ކްރިމިނަލް ކޯޓަކުން ނުބުނެއެވެ.

ސައިފުގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުމާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމާއި ގާނޫނޫ ހިންގުމަށް ހުރަސް އެޅުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ދައުވާއެވެ.

އެ ދައުވާތައް ސާބިތުވެއްޖެނަމަ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ސައިފުގެ އިތުރުން އެސްއޯ ފުލުހެއް ކަމަށްވާ، ސްޓޭޝަން އިނިސްޕެކްޓަރ ފާއިޒު މުހައްމަދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ވެސް އަންގާރަ ދުވަހު މެންދުރު 12:00އަށް ތާވަލު ކުރިއެވެ. އެ އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފައެވެ.

ފެބްރުއަރީ އެކެއްގެ އަމުރު ތަންފީޒު ކުރަން އުޅުނު މައްސަލާގައި އަށް ފުލުހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. އެ ދައުވާ ލިބޭ ފުލުހުންނަކީ ސައިފާއި ފާއިޒުގެ އިތުރުން ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލް ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިން އާއި ސާޖެންޓު އަހުމަދު އާސިމް އަދި ސާޖެންޓް މުހައްމަދު ރިޝްވާނެވެ.

އެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި ބުނެފައި ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ މުޒާހަރާގެ ބައިވެރިނާ އެކު ފުލުހުންނާ ކުރިމަތިލާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ހައިސިއްޔަތުން އެ މީހުންނަށް މަތިކޮށްފައިވާ މަސައްކަތުގެ ދާއިރާއިން ބޭރުން، އަމަލުތައް ބެހެއްޓި ކަމަށާއި ބެރިކޭޑުތަކުގައި އަތް އަޅައި ކޮއްޕައި ހަދާފައިވާ ކަމަށް ވެސް ދައުވާތަކުގައިވެއެވެ.

އޭގެ އިތުރުން ފުލުހުންގެ ޔުނީފޯމުގައި ހުރެ، ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި، މުޖުތަމައުގެ ރައްކާތެރިކަން ގެއްލޭ ގޮތަށް ހަޑިހުތުރު ބަހުން ވާހަކަ ދައްކައި، ގާނޫނު ހިންގުމަށް ހުސް އަޅާފައިވާ ކަމަށް އެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް