ކ. މާލެ
|
12 ޖޫން 2018 | އަންގާރަ 14:35
މެންބަރު ޢަލީ ހުސައިން
މެންބަރު ޢަލީ ހުސައިން
ޕީޕަލް މެގަޒިން
ޢަލީ ހުސައިން
މެންބަރު ޢަލީ ހުސައިންއަށް ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ އަލުން ދީފި
ސަސްޕެންޑްކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު
އަލުން ހުއްދަ ދިނީ ހޯމަ ދުވަހު

ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންއަށް ކޯޓު ތަކުގައި ވަކާލާތުކުރުމުގެ ހުއްދަ އަލުން ދީފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރެވިފައިވާ ޤާނޫނީ ވަކީލު އަލްއުސްތާޛު ޢަލީ ޙުސައިންގެ މައްސަލަ ބެލުމަށް ފަހު، ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން ވަގުތީ ގޮތުން މަނާކުރެވިފައި އޮތްއޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އެއިއުލާނުގައި ބުނެފައިވާ ގޮތުގައި އަލީ ހުސެއިންއަކީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުން މަނާކުރެވިފައިވާ ފަރާތެއް ނޫން ކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާތީ ހޯމަ ދުވަހުން  ފެށިގެން ރާއްޖޭގެ ކޯޓުތަކުގައި އޭނާއަށް ވަކާލާތުކުރެވޭނެ ކަމަށެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން، ސަސްޕެންޑްކޮށްފައި ވަނީ މިއަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާ ވަކީލުކަމުން ސަސްޕެންޑްކޮށްފައި ވަނީ ސްޕްރީމް ކޯޓުގެ ނިންމުތައް ސައްހަކަމާމެދު ސުވާލު އުފެދޭގޮތަށް ވާހަކަ ދައްކަވައި އެކަމަށް ހިތްވަރު ދޭ ގޮތަށް ވާހަކަ ދައްކަވާފައިވާކަމަށް ބުނެ އެމައްސަލައިގެ ތަހުގީގު ނިމެންދެންނެވެ.

ޢަލީ ހުސައިން އަކީ ރާއްޖޭގެ ޖުޑިޝަރީ އިސްލާހް ކުރުމަށް ނުކުންނެވި ޤާނޫނީ ވަކީލުންގެ ތެރެއިން ވަކީލެކެވެ. އަދި ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި ނުރަނގަޅު ކަންކަމުގެ ވާހަކަ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ދައްކަވާ ވަކީލެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް