ކ. މާލެ
|
12 ޖޫން 2018 | އަންގާރަ 02:03
ލިއޯވިލްގެ ފަރާތުން ރާއްޖެޓީވީއަށް އިންޓަވިއު ދެނީ
ލިއޯވިލްގެ ފަރާތުން ރާއްޖެޓީވީއަށް އިންޓަވިއު ދެނީ
ރާއްޖެއެމްވީ
ލިއޯވިލް ބޭންޑް
އައި، އީއަށް ބަދަލުކޮށް ލިއޯވިލް ރީބްރޭންޑް ކޮށްފި
 
ކުރިއަށް އޮތް ދުވަސްތަކުގައި ލިއޯވިލްގެ އައު ލަވަތައް ރިލީޒް ކުރާނެ
 
ބޭސް ގިޓަރިސްޓް މުހައްމަދު އިބްރާހީމް (މޯ) ވަނީ ލިއޯވިލްއާ ގުޅިފައި
 
ލިއޯވިލްގެ ނަން ރީބްރޭންޑް ވާއިރު ބޭންޑްގެ މެމްބަރުން ވެސް ބަދަލުވެގެންދާނެ

އައި, އީ އަށް ބަދަލުކޮށް ލިއޯވިލް ރީބްރޭންޑް ކޮށްފިއެވެ.

ލިއޯވިލް ރީބްރޭންޑް ކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ހައިވޭ ކޮފީ ޝޮޕްގައި ބޭއްވި ކުޑަ ހަފްލާގައި ވާހަކަ ދައްކަމުން އެ ބޭންޑްގެ ލީޑަރ މުހައްމަދު ސާދިން އަލީ (ޑިންބެ) ބުނީ ބޭންޑްގެ ނަމުގެ އަކުރުތަކަށް ބަދަލު ގެނައި ނަމަވެސް ބޭންޑްގެ ނަން ކިޔާ ގޮތް ބަދަލު ނުވާނެ ކަމަށެވެ.

ލިއޯވިލްގެ އޮފިޝަލް ޕަރކަޝަނިސްޓް އަހްމަދު ޝަމާމް ޝަރީފް (ޝަމްބެ) ބުނީ އައި، އީއަށް ބަދަލުކޮށް ލިއޯވިލްގެ ނަން ރީބްރޭންޑް ކުރީ ވެބްސައިޓް ހެދުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށާއި ލިއޯވިލްގެ ނަން ރީބްރޭންޑް ވާއިރު ބޭންޑްގެ މެމްބަރުން ވެސް ބަދަލުވެގެންދާނެ ކަމަށެވެ.

ރީބްރޭންޑް ކުރުމުގެ ހަފްލާގެ ތެރެއިން ބޭސް ގިޓަރިސްޓް މުހައްމަދު އިބްރާހީމް (މޯ) ވަނީ ލިއޯވިލްއާ ގުޅިފައެވެ. ބޭންޑްއާ ގުޅުމަށްފަހު މޯ ބުނީ ބޭންޑާ ގުޅުމުގެ މަޤްސަދަކީ ބޭންޑްގެ މެމްބަރުންނާއެކީ އަމިއްލަ މޮޅެތި އުފެއްދުންތައް އުފެއްދުން ކަމަށާއި މޯގެ ފުރިހަމަ އެއްބާރުލުން ބޭންޑަށް ލިބޭނެ ކަމަށެވެ.

އެ ބޭންޑްގެ މަޤްސަދަކީ މުޅި ދުނިޔޭގައި ވެސް ނަން ވިދާ މޮޅު ބޭންޑަކަށްވުން ކަމުގައި ބޭންޑުން ބުންޏެވެ.

ރީބްރޭންޑް ކުރުމާއިއެކު ބޭންޑްއަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ބޭންޑްގެ އައު ލަވަތަކެއް ރިލީޒްވެގެންދާނެކަމަށް ބޭންޑުން ބުންޏެވެ.

ލިއޯވިލް ބޭންޑް އަކީ މީގެ 3 އަހަރުކުރިން އުފެއްދި ބޭންޑެކެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
13%
50%
0%
0%
25%
13%
ކޮމެންޓް
11 ޖޫން 2018 | ހޯމަ 21:44
ލިއޯޯވިލްގެ އެންމެ ބޮޑު ފޭން
ލިއޯވިލް ބޭންޑަކީ އަހަންނަށް އެންމެ ކަމުދާ ބޭންޑް. ލިއޯވިލްގެ ހިޔާލު މިލަވަ އަކީ އަހަންނަށް އެންމެ ކަމުދާ ލަވަ މިހާތަނަށް. މިލަވަ އަހަރެން ނުޖަހާ ދުވަހެއް މަދުވާނެ. ލިއޯވިލް އަކީ ހަމަ އެންމެ ބެސްޓް. ??