ކ. މާލެ
|
12 ޖޫން 2018 | އަންގާރަ 11:36
ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުންގެ އެހީ ގައިޑް އެސޯސިއޭޝަނާއި ހަވާލުކުރަނީ
ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުންގެ އެހީ ގައިޑް އެސޯސިއޭޝަނާއި ހަވާލުކުރަނީ
ސޯޝަލް މީޑިއާ
ޣިޔާސުއްދީން ސްކޫލް
ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުންގެ މަސައްކަތުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް 20،000ރ ހަދިޔާކޮށްފި
މި ކޮމިއުނިޓީ ސަރވިސް ކްލަބްގެ އިސްނެގުމެއް

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ކޮމިއުނިޓީ ކްލަބުން އިސްނަގައިގެން ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 20 ހާސް ރުފިޔާގެ އެހީއެއް ވެދީފިއެވެ.

ކޮމިއުނިޓީ ކްލަބުން ހިންގި މި ހަރަކާތުގައި ސްކޫލްގެ އެކި ކްލާސްތަކުން އެހީވެދީފައިވާއިރު، މިފައިސާ ހަދިޔާކޮށްފައިވަނީ ގާރލްގައިޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހިންގާ ޢީދު ޕްރޮޖެކްޓަށެވެ. މި ޕްރޮޖެކްޓްގެ ދަށުން ގާރލް ގައިޑް އެސޯސިއޭޝަނުން ވަނީ ގުރައިދޫ މަރުކަޒުގައި ތިބޭ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޢީދު ހަދިޔާގެ ގޮތުގައި ހަދިޔާކުރާ ތަކެތި ހެލްތު މިނިސްޓްރީއާއި ހަވާލުކޮށްފައެވެ.

 

ފައިސާގެ އެހީ ގާރލް ގައިޑް އެސޯސިއޭޝަނާއި ހަވާލުކުރަނީ

އެއް ދުވަސްތެރޭ ބެލެނިވެރިންނާއި ދަރިވަރުން 20 ހާސް ރުފިޔާ ހޯދައި، ގާރލްގައިޑް އެސޯސިއޭޝަނާއި ހަވާލުކުރިއިރު، މިހަރަކާތް ހިންގީ ސްކޫލްގެ މެނޭޖްމަންޓްގެ އިސްނެގުމަކަށްވުރެ ބޮޑަށް ކޮމިއުނިޓީ ސަރވިސް ކްލަބްގެ އިސްނެގުމަކަށެވެ. މިހަރަކާތުގައި އިސްކޮށް އުޅުނު ސްކޫލްގެ ކޮމިއުނިޓީ ސަރވިސް ލީޑަރ ޝައިނާ މުހައްމަދު ޝައިނީ ބުނީ އެހަރަކާތް ހިންގުމަށް ސްކޫލްގެ ހުއްދަ ހޯދަން އެދުމުން ސްކޫލުން ހުއްދަ ދިންކަމަށާއި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބޭ މީހުންނަށް އެހާ ގިނަ އަދަދެއްގެ ފައިސާއާއި އިތުރު ހަދިޔާ ހޯދުނީތީ އުފާކުރާކަމަށެވެ.

ޣިޔާސުއްދީން ސްކޫލުން ބުނީ މިފަދަ ޙަރަކާތްތައް ހިންގުމުގެ ފުރުސަތު އެސްކޫލްގެ ހުރިހާ ދަރިވަރުންނަށްވެސް އޮންނާނެކަމަށާއި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިހަރަކާތަށްވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް