ކ. މާލެ
|
11 ޖޫން 2018 | ހޯމަ 17:31
އެމްޑީޕީން އެޕާޓީގެ އޮފީހުގައި ހޯމަ ދުވަހު ބޭއްވި ޕްރެސް
އެމްޑީޕީން އެޕާޓީގެ އޮފީހުގައި ހޯމަ ދުވަހު ބޭއްވި ޕްރެސް
ރާއްޖެއެމްވީ
އެމްޑީޕީ ރިޔާސީ ކެމްޕެއިން
އެމްޑީޕީގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ލޯންޗު ކުރުން މުޅިން ތަފާތު ގޮތަކަށް!
އެމްޑީޕީގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވާ ބުދަ ދުވަހު

އެމްޑީޕީން އެޕާޓީގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ލޯންޗު ކުރުމަށް ތަފާތު ގިނަ އާދަޔާ ހިލާފު ހަރަކާތްތަކެއް ބާއްވަން ތައްޔާރު ވެއްޖެއެވެ.

އެމްޑީޕީން އެޕާޓީގެ އޮފީހުގައި ހޯމަ ދުވަހު ބޭއްވި ޕްރެސް އެއްގައި ކެމްޕެއިން މެނޭޖަރު މުހައްމަދު އަސްލަމް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ލޯންޗު ކުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ  13 ވާ ބުދަ ދުވަހު ކަމަށެވެ. އަދި އެދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްފަހަރާ ކެމްޕެެއިންގެ ހަރަކާތްތައް ފެށިގެންދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެގޮތުން ހިންގޭ ހަރަކާތްތަކުގެ ތެރޭގައި ހަވީރު 4 ޖަހާއިރު ކޮންމެ ރަށެއްގެ ތުނޑި މަތީގައި ގުޑިއެރުވުމާއި، ބާބަކިއު ހަރަކާތްތަކާއި، އަދި ހޮޅުއަށި ބަހުސް އެއް ވަގުތެއްގައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ބައެއް ރަށްރަށުގައި ގަސްއިންދުމުގެ ޕްރޮގްރާމްތައް ކުރިއަށް ދާއިރު، ހިނގާލުންތަކާއި، އަދި ބައިސްކަލު ބުރުތައް ވެސް ބައެއް ރަށްތަކުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ޖޫން 13 ވާ ބުދަ ދުވަހުގެ ރޯދަ ވީއްލުން އޮންނާނީ ހުރިހާ ރައްޔިތުން އެކީގައި އެއްވެ އެއް ޖަމާއަތެއްގައި ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ޖޫން މަހުގެ 13 ވަނަ ދުވަހުގެރޭ ބާއްވާ ކެމްޕެއިން ލޯންޗްކުރުމުގެ ޚާއްސަ ބޮޑު ޖަލްސާ އެއް ހަތް ރަށެއްގައި އެއްވަގުތެއްގައި ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރޭވިފައެވެ. އެ ގޮތުން ހއ. ކެލާ، ހދ. ވައިކަރަދޫ، ނ ވެލިދޫއާއި، ތ. ތިމަރަފުށި، އައްޑޫ ސިޓީ އާއި ފުވައްމުލަކުގެ އިތުރުން މާލޭގައި މި ޖަލްސާގެ އެކި ހަރަކާތަައް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެެވެ. މިއިން ކޮންމެ ރަށަކުން ޖަލްސާގެ ހަރަކާތެއް ކުރިއަށް ގެންދާއިރު، އެ ޖަލްސާ މުޅި ރާއްޖެއަށް ފެންނާނެހެން ފޭސްބުކް މެދުވެރިކޮށް ލައިވް ކުރަމުންދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމަށްޓަކައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތައް ވެސް ވަރަށް އަވަހަށް ފަށާނޭ ކަމަށާއި، މެނިފެސްޓޯ ފައިލްކުރުމުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެެވެ.

މި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ގެ ނައިބު އިދާރީ އަލީ ނިޔާޒު ވިދާޅުވީ، އިލެކްޝަނުން އާއްމުކޮށްފައިވާ ވޯޓާސް ލިސްޓްގައި މައްސަލަތައް ހުރިކަން ފާހަގަވެގެން ޝަކުވާތައް ލިބެމުންދާ ކަމަށާއި، ހުރިހާ ބޭފުޅުންވެސް ދުރާލާ އެބޭފުޅެއްގެ ނަމާއި އެކު އާއިލާގެ އެހެނިހެން މެންބަރުންގެ ނަންވެސް އޮތްތޯ ދުރާލާ ޗެކް ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އިލެކްޝަންސް އިން އިންތިޚާބުގެ މޮނިޓަރުންގެ ގޮތުގައި، ހަރަކާތްތެރިވުމަށް ސަރުކާރު ކުންފުނިތަކުގެ މީހުން ނަގައި އެމީހުންނާއި މެޑަމް އޮފީހުގައި ނުވަތަ މުލިއާގޭގައި ބައްދަލުވުންތައް ބާއްވަމުންދާކަމުގެ ޝަކުވާ ވެސް ލިބެމުންދާ ކަމަށެވެ. އަދި ލިބިފައިމިވާ 10 ދުވަސްތެރޭ ވޯޓާސް ލިސްޓް ގައި ނަން އޮތްތޯ ޗެކްކޮށް، ދުރާލާ ތައްޔާރުވެ، ތިބުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
11 ޖޫން 2018 | ހޯމަ 13:09
ރަހީމާ
މުލީއާގޭގައި މެޑަމް ބައްދަލުކުރީ ކޯޑިނޭޓަރުންނާ އޮފީސްމަސައްކަތް ބަހައްޓާފަ އިސްކަންދޭންޖެހޭނީ މިކަމަށްކަމަށް ބުންޏޯ