ކ. މާލެ
|
11 ޖޫން 2018 | ހޯމަ 15:09
ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުއޫދު
ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުއޫދު
އަބުދުﷲ ނަސީރު އިބްރާހިމް
ހުސްނުއް ސުއޫދު
ފުރަތަމަ 90 ދުވަހުގެ ތެރޭގައި ޓެރަރިޒަމްގެ ޤާނޫން އުވާލެވޭނެ: ސުއޫދު
ޓެރަރިޒަމްގެ ޤާނޫނުގެ ބޭނުން ހިފަނީ ހަމައެކަނި ސިޔާސީ ހަތިޔާރެއްގެ ގޮތުގައި
އެއީ ހަޤީގީ ޓެރަރިޒަމްގެ ޢަމަލްތަކެއް ނޫން
ޓެރަރިޒަމް ޤާނޫނުގެ ދަށުން ދައުވާކުރުން ހުއްޓާލައި ނުހައްގުން ޖަލަށް ލާފައި ތިބި އެންމެން ދޫކޮށްލެވޭނެ

ކުރީގެ ބަންޑާރަނައިބު އަދި ޤާނޫނީ ވަކީލް ހުސްނުއް ސުއޫދު ތާއީދުކުރައްވާ ވެރިކަމެއްގެ ފުރަތަމަ 90 ދުވަހުގެ ތެރޭގައި ޓެރަރިޒަމްގެ ޤާނޫނު އުވާލެވޭނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޤާނޫނުލް އުޤޫބާތު ފުދޭކަން ފާހަގަކުރައްވަމުން ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓެރަރިޒަމްގެ ޤާނޫނުގެ ބޭނުން ހިފަނީ ހަމައެކަނި ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ. އަދި އެއީ ހަޤީގީ ޓެރަރިޒަމްގެ ޢަމަލްތަކެއް ނޫން ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "އަހަރެމެން އެދޭ ވެރިކަމެއްގެ ފުރަތަމަ ދުވަހު ޓެރަރިޒަމް ޤާނޫނުގެ ދަށުން ދައުވާކުރުން ހުއްޓާލައި ނުހައްގުން ޖަލަށް ލާފައި ތިބި އެންމެންގެ ކުށް މައާފްކޮށް ދޫކޮށްލެވޭނެ" ކަމަށެވެ. 

ޤާނޫނުގެ ބޭނުން ކުރަނީ ސިޔާސީ ހަތިޔާރަކަށް ކަމަށާއި ޤާނޫނުލް އުޤޫބާތު އޮތުމުން ޓެރަރިޒަމް ޤާނޫނުގެ ބޭނުމެއް ނެތް ކަމަށް އެޓްވީޓްގައި ވެސް ސުއޫދު ވިދާޅުވެފައި ވެއެވެ.

ސުއޫދު މިގޮތަށް ޓްވީޓް ކުރައްވާފައިވާއިރު ސަރުކާރާ އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނަށް ވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވެ ހުކުމް ކޮށްފައެވެ. އަދި އެތައް ބައިވަރު ސިޔާސީ ބަޔަކަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް