ރ. އުނގޫފާރު ފަޅުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ ފިހުނު މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ހޮސްޕިޓަލްގެ މެނޭޖަރު ޝީޒާ އިބްރާހިމް ވިދާޅުވީ ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ ޒަހަމްވުމާ ގުޅިގެން ދެ ޒުވާނަކަށް ރޭ ހޮސްޕިޓަލުން ފަރުވާދީފައިވާ ކަމަށެވެ. ޝީޒާ ވިދާޅުވީ ފަރުވާ ދިން ސްރީލަންކާ މީހާގެ ހަށިގަނޑުގެ 60 އިންސައްތަ ފިހިފައިވާ ކަމަށާއި، މިހާރު އިތުރު ފަރުވާއަށް އޭނަ މާލެ ގެނެސްފައިވާ ކަމަށެވެ.
ސީޒާ ވިދާޅުވީ ދެން ފަރުވާ ހޯދި އަނެއް ޒުވާނަކީ ދިވެއްސެއް ކަމަށާއި، އޭނާއަށް ސީރިއެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. ފަރުވާ ދިނުމަށް ފަހު މިޒުވާނާ ދޫކޮށްލާފައިވާ ކަމަށް ވެސް ޝިޒާ ވިދާޅުވިއެވެ.
ރ. އުނގޫފާރު ފަޅުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވީ ރޭ 8:30 ހާއިރުއެވެ. މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.