ކ. މާލެ
|
11 ޖޫން 2018 | ހޯމަ 14:56
އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ޓްރެފިކް އޮޕަރޭޝަންގެ ތެރެއިން
އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ޓްރެފިކް އޮޕަރޭޝަންގެ ތެރެއިން
މުހައްމަދު ޝަރުހާން
އައްޑޫ ސިޓީގެ ޓްރެފިކް
އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަންގައި 409 އުޅަނދު ބަލައިފާސްކޮށްފި
ގަވާއިދާ ހިލާފުވެގެން 20 ފަރާތަކާ މެދު ފިޔަވަޅު އަޅާފައިވޭ

އައްޑޫ ސިޓީގައި ޓްރެފިކް އޮޕަރޭޝަންތަކެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ސ. ހިތަދޫ ޕޮލިސް ސްޓޭޝަނާއި، ސ. ގަން ޕޮލިސް ސްޓޭޝަނާއި، ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން، މެއި 27 އިން ޖޫން 9 އަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މިޓްރެފިކް އޮޕަރޭޝަންތަކަކީ، އައްޑޫސިޓީގައި ދުއްވާ އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި، އައްޑޫސިޓީގެ މަގުތަކަކީ ރައްކާތެރި އަމާން މަގުތަކަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަންތަކެކެވެ.

އަހަރީ ފީ އާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލާފައިވާ މިއޮޕަރޭޝަންގައި، 409 އުޅަނދު ބަލާފާސްކޮށްފައިވާއިރު ގަވާއިދާ ހިލާފުވެގެން 20 ފަރާތަކާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މާލެ އާއި އަތޮޅުތަކުގައި ޓްރެފިކް އޮޕަރޭޝަންތައް ސިލްސިލާކޮށް ހިންގަމުންދިޔަ ނަމަވެސް މާލޭ ސިޓީ އާއި އައްޑު ސިޓީގައި ނުރައްކާތެރި އެކްސިޑެންޓްތައް ދަނީ ހިނގަމުންނެވެ. އަދި މާލޭ ޓްރެފިކް ކޮންޓްރޯލް ނުކުރެވޭކަން ފާހަގަވާއިރު، މާލޭގެ މަގުތަކުގެ ކާރޫބާރު ބޮޑުކަން ވެސް ފާހަގަ ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް