ކ. މާލެ
|
11 ޖޫން 2018 | ހޯމަ 10:51
ގަމު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައްޔާޒު އިސްމާއިލް
ގަމު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައްޔާޒު އިސްމާއިލް
ޓްވިޓަރ
އެލްޖީއޭ
ސަރުކާރުން އެލްޖީއޭ ބޭނުންކުރަނީ ހަތިޔާރެއްގެ ގޮތުގައި: ފައްޔާޒު
ލިބޭ ގެއްލުމުގެ ބަދަލު ފަރުދީ ގޮތުން ނަންގަވަންޖެހޭ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ބޭނުންކުރަނީ އަނިޔާވެރިކަމުގެ ހަތިޔާރެއްގެ ގޮތުގައި ކަމަށް ގަމު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވިއެވެ.

ހޯމަ ދުވަހު ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެލްޖީއޭ އިން އަމަލުކުރަމުންދާ ގޮތުން، ރަށްތަކުގެ ކައުންސިލަރުންނާއި ރަށްތަކަށް ގެއްލުން ލިބޭ ކަމަށެވެ. ސަރުކާރުގެ އަނިޔާވެރި ހަތިޔާރެއްގެ ގޮތުގައި އެލްޖީއޭ ބޭނުންކުރާ މައްސަލާގައި ކައުންސިލަރުންނާއި ރަށްތަކަށް ލިބޭ ގެއްލުމުގު ބަދަލު އެލްޖީއޭގެ ބޯޑު މެންބަރުންނާއި، ސީނިއަރު ސްޓާފުން ފަރުދީ ގޮތުން ޒިންމާ ނަގުވަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު މިހެން ވިދާޅުވިއިރު، މިދިޔަ މަހުގެ 30 ގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އިސްކޮށް އުޅުނު އއ. އުކުޅަހުގެ ދެ ކައުންސިލަރެއްގެ މައްސަލަ އެލްޖީއޭ އިން ވަނީ  ބަލަން ފަށައިފިއެވެ. މި މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، އެމްޑީޕީގެ ކޮންގްރެސް މި މަހުގެ 29 އަދި 30 ގައި އއ. އުކުޅަހުގައި ބާއްވާ ނިންމުމާ އެކުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް