ކ. މާލެ
|
11 ޖޫން 2018 | ހޯމަ 14:44
އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް
އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް
މިހާރު
މުހައްމަދު ޝިފާޒު
ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ދޭނީ ވައުދުގެ ނޫޓެއް: ޝިފާޒް
އިންތިހާބުގައި އެމްޑީޕީން ރައްޔިތުންނަން ވަގު ނޫޓެއް ނުބަހާނެ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ރައްޔިތުން ދޭނީ ވައުދުގެ ނޫޓެއް ކަމަށް އެޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވިއެވެ.

އެމްޑީޕީން ރިޔާސީ އިންތިޚާބުގައި އެޕާޓީން ބޭނުންކުރާނެ ޖަޒީރާ ޕޯސްޓަރާ ގުޅޭ ގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޝިފާޒް، ރިޔާސީ އިންތިހާބުގައި އެމްޑީޕީން ބަހާނީ ވައުދުގެ ނޫޓު ކަމަށް ޝިފާޒް ވިދާޅުވިއިރު، ރިޔާސީ އިންތިހާބުގައި ބޭނުންކުރާ މި ޕޯސްޓަރުގައި ފަސް ވައުދެއް ވެއެވެ.

ޖާޒީރާ ރާއްޖޭ ޕޯސްޓަރުގައި ފާހަގަކޮށްފައިވާ ފަސް ކަމަކީ، ޖަޒީރާ ދިރިއުޅުން، އިންސާފް، އޯގާތެރި ސަރުކާރު، ފަހުރުވެރި އާއިލާއެވެ. މި ޕޯސްޓަރު ލޯންޗް ކުރީ މިދިޔަ ހުކުރު ދުވަހުއެވެ.

ޝިފާޒު ވިދާޅުވީ، މި ޕޯސްޓަރުން ވަރަށް ޖަޒީރާ ވަންތަ ދިވެހިންނާ ގުޅޭ ވަރަށް މުހިއްމު ކަންކަން ރަމްޒުކޮށްދޭ ކަމަށެވެ. އަދި އެޕާޓީން ރާއްޖޭގެ ކޮންމެ ގެއަކަށް މީގެ ޕޯސްޓަރެއް ފޮނުވާނޭ ކަމަށް ވިދާޅުވެފައިވެއެވެ.

ޝިފާޒް ވިދާޅުވީ ޕޯސްޓަރުގައި ހިމެނޭ ގޮތަށް އެމްޑީޕީން ގެންނަ ސަރުކާރު ވެގެންދާނީ އޯގާތެރި ސަރުކާރަކަށް ކަމަށެވެ. އަދި ޖަޒީރާ ދިރިއުޅުމަކުން އުޅޭ ފަޚުރުވެރި އާއިލާއެއް ބިނާ ކުރުމަކީ އެބޭފުޅުންގެ ސަރުކާރުގައި އެންމެ އިސްކަން ދޭނެކަންކަން ކަމަށެވެ. "ނޫ އިގްތިސާދު" އެއް ބިނާކޮށް ގައުމުގައި އިންސާފު ގާއިމުވެފައި އޮތުމަކީ އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ކަށަވަރުކޮށްދޭނެ މުހިއްމު ކަމެއް ކަމަށް ޝިފާޒު ވިދާޅުވިއެވެ.

އެމްޑީޕީން ތައްޔާރުކުރި ޕޯސްޓަރުގައި ހިމެނޭ ކުރެހުމަކަށް ސަރުކާރުކާރަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ ހަޖޫ ޖަހަމުންނެވެ. އެ ގޮތުން އެއީ ލާދީނީ ކުރެހުމެއް ކަމަަށާއި އޭގައި ވަނީ ރަމަލު ބެލުމާއި އެފަދަ ދީނާ ޚިލާފު ކަންކަމަށް ބޭނުންކުރާ ނިޝާންތައް ކަމަށް ބުނެފައި ވެއެވެ. ނަމަވެސް އެއީ ދިވެހިން ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ސަމުގާގެ މަންޒަރެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް