ކ. މާލެ
|
11 ޖޫން 2018 | ހޯމަ 10:40
ފިތުރު ޒަކާތް ދެއްކުން---
ފިތުރު ޒަކާތް ދެއްކުން---
މުހައްމަދު ޝަރުހާން
ފިތުރު ޒަކާތް
ގޮވާމުގެ ބާވަތްތަކުން ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފި
މިހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށް ގޮވާމުން ފިތުރު ޒަކާތް ދެއްކޭނެ
ގޮވާމުން ފިތުރު ޒަކާތް ދައްކާނަމަ އެބަޔަކު އަހަރު ތެރޭގައި އާންމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯ ދައްކަންޖެހޭ

ފައިސާގެ ބަދަލުގައި ގޮވާމުގެ ބާވަތްތަކުން ޒަކާތްދައްކަން ބޭނުންވާ ފަރާތްތަކަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށް ގޮވާމުން ފިތުރު ޒަކާތް ދެއްކޭނެ ކަމަށާއި، ބުދަ ދުވަހު ބަހަން ވެސް ފަށާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދައްކާ ނަމަ އެބަޔަކު އަހަރު ތެރޭގައި އާންމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯ ދައްކަންޖެހޭ ކަމަށެވެ.

ޒަކާތް ބަލައިގަންނާނީ އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ހޯލުގައެވެ.

ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު 12:00 އަށް، މެންދުރު 13:00 އިން ހަވީރު 14:30އަށް އަދި ރޭގަނޑު 20:30 އިން 22:30 އަށެވެ. އަދި މިނިސްޓްރީން ބުނީ ބުދަ ދުވަހު ހެނދުނު 10:30 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 9:00 އިން 10:30 އަށް ފިތުރު ޒަކާތް ބެހުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް