ކ. މާލެ
|
11 ޖޫން 2018 | ހޯމަ 08:15
މަނަދޫ ދާއިރަގެ ކުރީގެ މެމްބަރު ތޯރިޤް
މަނަދޫ ދާއިރަގެ ކުރީގެ މެމްބަރު ތޯރިޤް
ވީނިއުސް
ކުރީގެ މެމްބަރު ތޯރިޤް
އިދިކޮޅު ފަރާތްތަކުން އެއްވެސްކަމެއް ސަރުކާރު ބަދަލުނުކުރެވޭނެ ގޮތަކަށް ރޭވިގެން ނުވާނެ: ތޯރިޤް
ކޮންމެފަދަ ގުރުބާނީއެއް ވެގެން ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މި ސަރުކާރު ބަދަލުކުރެވޭނެ ގޮތެއް ހަދަންޖެހޭ
މިއަދުގެ ސަރުކާރު ބަދަލުކޮށްގެން ނޫނީ، ރާއްޖެއަށް ކުރިއެރުމެއްވެސް ތަރައްޤީއެއްވެސް ލިބެން ނެތް
ތާރީޚް ވެސް ރައްކާތެރިކުރެވެން އޮތީ ސަރުކާރު ބަދަލުކޮށްގެން

ސަރުކާރު ބަދަލުނުކުރެވޭނެ ގޮތަށް އިދިކޮޅު ފަރާތްތަކުން އެއްވެސް ކަމެއް ރޭވިގެންނުވާނެ ކަމަށް މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ތޯރިޤް ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ތޯރިޤް ވިދާޅުވީ ރައީސް ޔާމީން ބަލިނުކުރެވޭނެގޮތަކަށް އިދިކޮޅު ފަރާތްތަކުން އެއްވެސް އުސޫލެއް ރޭވިގެން ނުވާނެ ކަމަށެވެ. ކޮންމެފަދަ ގުރުބާނީއެއް ވެގެން ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މި ސަރުކާރު ބަދަލުކުރެވޭނެ ގޮތެއް ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއަދުގެ ސަރުކާރުން ބަދަލުކޮށްގެން ނޫނީ، ރާއްޖެއަށް ކުރިއެރުމެއްވެސް ތަރައްޤީއެއްވެސް ލިބެން ނެތްކަމަށް ފާހަގަ ކުރައްވައި ތޯރިގް ވިދާޅުވީ އަމާންކަމާއި، ރައްކާތެރިކަންވެސް ދިވެހި ރައްޔިތުންނަށް ލިބެން އޮތީ  ސަރުކާރު ބަދަލުކޮށްގެންކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ނިންމާ ކޮންމެ ނިންމުމެއްވެސް ވާންޖެހޭނީ މި ސަރުކާރު ބަދަލުކުރެވޭނެ ގޮތަަށް ނިންމާ ނިންމުމަކަށް ކަމަށް ތޯރިޤް ވިދާޅުވި އެވެ. 

"ރައީސް މައުމޫން ޖަލުގައި އެހާ ދުވަހު އޮޮންނައިރުވެސް، އެމަނިކުފާނު އެބަޔަކަށްޓަކައި ބޮޑެތި ގުރުބާނީތައްވީ ބޭފުޅުން އެބަތިބި. އެބަޔެއްގެ ދިރިއުޅުން އާރާސްތުކޮށްދީ ކޮޅަށްޖަހައިދިން މީހުން އެބަތިބި. އެ ބޭފުޅުންނަކީ މީހުންކަމަށް މި ޤައުމުގައި ހަަދައިދިން މީހުން އެބަތިބި. އެއިން ބޭފުޅަކަށް ނުކެރުނޭ ރައީސް މައުމޫންގެ ހައްޤުގައި ހައްޤު ބަސްވެސް ބުނެލަން." ރައީސް މައުމޫން މިނިވަންކުރުމަށް ގޮވާލާ ވާހަކަދައްކަވަމުން ތޯރިޤް ވިދާޅުވިި އެވެ. 

ދިވެހި ބަހާއި ތާރީހަށް ޚިދުމަތްކުރާ މަރުކަޒުގައި ވެސް އުޅުއްވި ތޯރިގު ވިދާޅުވީ ރާއްޖޭގެ ތާރީހް ރައްކާތެރިކޮށް އަންނަ އޮތް ޒީލުތަކަށް ވާސިލްކޮށްދެވެންވެސް އޮތީ މި ސަރުކަރު ބަދަލުކޮށްގެންކަމަށެވެ. މި ސަރުކާރުން ތާރީހީ ބިނާތަކަށް އެއްވެސް އަހަމިއްޔަތުކަމެއް ނުބަހައްޓަކަމަށާއި، އާސާރީ ތަންތަން ވީރާނާވެދާއިރު، ބައެއް ތަންތަނުގެ އަސްލު ނަގާލާފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ތާރީހް ރައްކާތެރިކޮށް، ތާރީހީ ދިރާސާތައް ހެދެވުމުގައި ގިނަ އަހަރުތަކެއް މަސައްކަތްކުރެއްވި އަދި މިހާރުވެސް މަސައްކަތްކުރައްވަމުންގެންދަވާ ތޯރިޤް ވިދާޅުވީ ތާރީހީ ކަންކަންް ބެލެހެއްޓުމުގައި އެންމެ ތަޖުރިބާކާރު ބޭފުޅުންވެސް ހަރަކާތްތެރިނުވާކަމަށެވެ. ތާރީހީ ތަންތަން ނެތިކޮށްލުމަށްފަހު، މަދު ފައިސާކޮޅެއް މި ސަރުކާރަށް މާ މުހިންމު ކަމަށް ތޯރިޤް ފާހަގަކުރެއްވެވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް