ކ. މާލެ
|
11 ޖޫން 2018 | ހޯމަ 08:21
އުއްތަމަ ފަނޑިޔަރު އަބްދުﷲ ސައީދު - އޭނާގެ އިތުރުން ރައީސް މައުމޫންގެ މައްޗަށް އެއް ދައުވާއެއްކުރޭ
އުއްތަމަ ފަނޑިޔަރު އަބްދުﷲ ސައީދު - އޭނާގެ އިތުރުން ރައީސް މައުމޫންގެ މައްޗަށް އެއް ދައުވާއެއްކުރޭ
މުހައްމަދު ޝަރުހާން
ބޮޑުންގެ ޝަރީއަތް
ދިފާއީ ހެކި ހުށައަޅަން ފުރުސަތު ނުދީ ކުުރާ ހުކުމެއް ސައްހައެއް ނުވާނެ: އަލީ ހުސައިން
ކްރިމިނަލް ކޯޓުން ވަނީ ދެ ފަނޑިޔާރުން ހުށައެޅި ހެކި ބަލައިނުގަތުމަށް ނިންމައިފައި
ދެ ފަނޑިޔަރުންނާއި ރައީސް މައުމޫންގެ މައްޗަށް ދައުވާކުރަނީ އަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅިކަމަށް ބުނެ

ދިފާއީ ހެކި ހުށައަޅަން ފުރުސަތު ނުދީ ކުުރާ ހުކުމެއް ސައްހައެއް ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޤާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ. 

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކުރާ އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާގެ ދިފާއުގައި ހުށަހެޅި ހެކިންގެ ހެކިބަސް ނުނަގަން ނިންމައި، އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ގާޒީ ހަސަން ނަޖީބު ވިދާޅުވީ ދިފާއީ ހެކި ބަލައިނުގަތުމަށް ނިންްމީ ދައުލަތުގެ ފަރާތުން ހުށައެޅި ހުށައެޅުންތަކަށް ބެލުމަށްފަހުގައި ކަމަށެވެ. 

ކްރިމިނަލް ކޯޓުުގެ އެ ނިންމުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އަލީ ހުސެއިްނ ވިދާޅުވީ ދިފާއީ ހެކި ހުށައަޅަށް ފުރުސަތު ނުދީ ކުރާ ހުކުމެއް ސައްހަ ނުވާނެ ކަމަށެވެ. 

ރައީސް މައުމޫނާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާ ކުރަނީ ފުލުހުން އެދުމުން ފޯނު ދިނުމަށް އިންކާރުކުރެއްވި ކަމަށް ބުނެ އެވެ. 

އެ ޝަރީއަތުގެ ކަންކަމާއި ގުޅިިގެން ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ޤާނޫނީ ވަކީލް އިމްތިޔާޒް ފަހުމީ ވަނީ ފޯނު ދީފައިިނެތުމުން މައްސަލަަކީ ކޮބައިތޯ ސުވާލުކުރައްވާފަ އެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށް ބުނެ މީހަކު ހައްޔަރުކުރާއިރު މަސްތުވާތަކެތި ދައްކާށޭ ބުނެ އަމުރުކުރޭތޯ އިންތި ސުވާލުކުރެއްވި އެވެ. އެ މަސްތުވާތަކެތި ނެތްކަމަށް ބުނެފިނަމަ އަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅިކަމަށް ދައުވާ ކުރޭތޯވެސް އިންތި ސުވާލުކުރެއްވި އެވެ.

ދައުލަތުން ދައުވާކުރާ އެ މައްސަލާގައި ރައީީސް މައުމޫނުގެ ފަރާތުން ދިފާއީ އެއްވެސް ހެއްކެތް ހުށައަޅުއްވާފައި ނުވެ އެވެ. މި މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން ހެކީގެ ގޮތުގައި ހުށަހެޅުވީ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމުގައި ކުރިން ހުންނެވި ހަސަން ސައީދު ހެސެއިނާއި، ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިޕާޓްމަންޓްގެ އެންމެ އިސް މުވައްޒަފަކަށް ހުންނެވި އާތިކާ އިބްރާހިމެވެ. އަދި އަލީ ހަމީދުގެ ދިފާއުގައި ހުށަހެޅުއްވީ އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ އާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމުގައި ކުރިން ހުންނެވި ހަސަން ސައީދު ހެސެއިންގެ އިތުރުން ހަޝްމާ ހަސަން ކިޔާ މީހެކެވެ. ނަމަވެސް އަލީ ހަމީދު ވަނީ އެމަނިކުފާނުގެ އަނބިކަނބަލުންގެ ނަން އަނބުރާ ފަހުން ގެންދަވާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް