ކ. މާލެ
|
11 ޖޫން 2018 | ހޯމަ 03:43
ސާރކްގެ ކުރީގެ ސެކެރެޓަރީ ޖެނެރަލް ދިޔާނާ ސައީދު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކުގައި
ސާރކްގެ ކުރީގެ ސެކެރެޓަރީ ޖެނެރަލް ދިޔާނާ ސައީދު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކުގައި
ރައީސް އޮފީސް
ރިޔާސީ ރޭސް 2018
ފަސް އަހަރުގެ މުއްދަތަށް ރައީސަކު ހޮވުމަކީ އިންސާފެއް ނޫން، ފުރަތަމަ ހޮވަންވީ އިންތިޤާލީ ރައީސެއް: ދިޔާނާ
ދިޔާނާ ހުށައެޅުއްވީ ދައުރުގެ މެދުތެރެއިން އިންތިހާބެއް ގެނެސްދޭ "އިންތިޤާލީ ރައީސެއް" އިންތިހާބްކުރުމަށް
ލީޑަރުންނަށް ބައިވެރިނުވެވޭގޮތަށް ބާއްވާ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ނުވާނެ

ހޮވަންވީ ދައުރުގެ މެދުތެރެއިން އިންތިހާބެއް ގެނެސްދޭ "އިންތިޤާލީ ރައީސެއް" ކަމަށް ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ. 

ގުޅިފައިވާ ޕާޓީތަކުން ނެރޭނެ ކެނޑިޑޭޓެއްގެ ބަހުސް ހޫނުވެފައިވާއިރު ދިޔާނާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދާއި، ޤާސިް އިބްރާހހިމް އަދި ޝެއިހް އިމްރާން އަބްދުﷲގެ މައްޗަށް ޤައިރު ޤާނޫނީގޮތުން ހުރަސްތައްކުރިމަތިކޮށްފައިވާހާލު، ފަސް އަހަރުގެ މުއްދަތަށް ރައީސެއް ހޮވުމަކީ އިންސާފެއް ނޫން ކަމަށެވެ. އަދި އެއީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ނުވާނެކަމަށް ދިޔާނާ ވިދާޅުވިި އެވެ. 

އެހެންކަމުން ދިޔާނާ ހުށައެޅުއްވީ ދައުރުގެ މެދުތެރެއިން އިންތިހާބެއް ގެނެސްދޭ "އިންތިޤާލީ ރައީސެއް" އިންތިހާބްކުރުމަށެވެ. 

ދިޔާނާ އެފަދައިން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންތިހާބުގައި ވަދަކުރެއްވުމުގެ ފުރުސަތު ނުދޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. ނަމަވެސް ރައީސް ނަޝީދުގެ ކެނޑިޑަސީ ސައްހަ ނޫންކަމަށް ސުޕްރީމް ކޯޓުން މިހާތަނަށް ކަނޑައަޅާފައެއް ނުވެ އެވެ. ޤާނޫނު އަސާސީގައި ބުނެފައިވަނީ ރައީސަކަމަށް ކުރިމަތިލާ ކެނޑިޑޭޓެއްގެ ކެނޑިޑަސީ އާއިމެދު ސުވާލެއް އުފެދިއްޖެނަމަ އެކަމާއިމެދު ގޮތެއް ނިންމަންޖެހޭނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަޤުލަބިއްޔަތުން ކަމަށެވެ. 

އިދިކޮޅުން ކެނޑިޑޭޓެއްގެ ގޮތުގައި ދައްކަފާނެކަމަށް ބެލެވޭ ހުރިހާ ފަރާތްތަކުގެ މައްޗަށް ހުކުމްތައް އިއްވުމަށް ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުންނެވެ. އެއާއެކު އެއް ކެނޑިޑޭޓަކު ނެރުމުގެ ބަހުސް ހޫނނުވެފައިވާއިރު، ޤާސިމް އިބްރާހިމް ހުންނެވީ އެމްޑީޕީއަށް ދޫދިނުމަށް ތައްޔާރަށް ނޫންކަމަށް އޭނާ ނެރުއްވި ބަޔާނުން ވަނީ ހާމަވެގެންގޮސްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް