ކ. މާލެ
|
11 ޖޫން 2018 | ހޯމަ 03:03
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް - އޭނާ ވަނީ އެއް ކެނޑިޑޭޓާއި ގުޅޭގޮތުން އޭނަގެ ހިޔާލު ހާމަކުރައްވާފައި
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް - އޭނާ ވަނީ އެއް ކެނޑިޑޭޓާއި ގުޅޭގޮތުން އޭނަގެ ހިޔާލު ހާމަކުރައްވާފައި
މުހައްމަދު ޝަރުހާން
ރިޔާސީ ރޭސް 2018
މަސައްކަތްކުރަންވީ ޕާޓީތަކުގެ މެމްބަރުން ބޭނުންވާ ކެނޑިޑޭޓެއްގެ ޝަރުތު ޔަޤީންކުރެވޭތޯ: މަހުލޫފް
ޝަރުތުހަމަވާ ކޮންމެ ނަމަކީ ސާފު ނަމެއް
ޑެޑްލައިނެއް ކަނޑައެޅުމަށްފަހު މަސައްކަތްކުރަންވީ ޕާޓީތަކުގެ މެމްބަރުން ބޭނުންވާ ކެނޑިޑޭޓުންގެ ޝަރުތު ޔަޤީންކުރެވޭތޯ
ޔާމީންްއަކީ އިންތިހާއަށް ވޯޓުދެކެ ބިރުގަންނަ މީހެއް

ޑެޑްލައިނެއް ކަނޑައެޅުމަށްފަހު މަސައްކަތްކުރަންވީ ޕާޓީތަކުގެ މެމްބަރު ބޭނުންވާ ކެނޑިޑޭޓުންގެ ޝަރުތު ޔަޤީންކުރެވޭތޯ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ. 

ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހޮއްވަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށާއި އެއްވެސް މައްސަލައެއް ނެތް، ސާފު ނަމެއް އިންތިހާބަށް ހުށަހަޅަން ތައްޔާރު ކަމަށް ވިދާޅުވެފަ އެވެ. އަދި ގާސިމް ވިދާޅުވެފައި ވަނީ ކޯލިޝަންގެ މަޝްވަރާތައް ލަސްކުރަން ޖޭޕީން ބޭނުން ނުވާ ކަމަށާއި ކޯލިޝަންގައި މަޝްވަރާ ނުކުރާ ކަންކަން ވަކި ޕާޓީއެއްގެ ވަކި ބޭފުޅަކު ހާމަކުރުމަކީ މުޅި ކޯލިޝަންގައި އޭގެ ނަން އެޅޭނެފަދަ ކަމެއް ކަމަށެވެ.

ޤާސިމްގެ އެ ވާހަކަތަކާ ގުޅުވައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ އޭނާ ގަބޫލުކުރާ ގޮތުގައި ޝަރުތުހަމަވާ ކޮންމެ ނަމަކީ ސާފު ނަމެއް ކަމަށެވެ. އަދި ޑެޑްލައިނެއް ކަނޑައެޅުމަށްފަހު މަސައްކަތްކުރަންވީ ޕާޓީތަކުގެ މެމްބަރުން ބޭނުންވާ ކެނޑިޑޭޓުންގެ ޝަރުތު ޔަޤީންކުރެވޭތޯ ކަމަށާއި، އެ ހިސާބުން ޝަރުތު ހަމަވާ ކެނޑިޑޭޓަަކަށް ފުރުސަތުދޭންޖެހޭނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ޔާމީންްއަކީ އިންތިހާއަށް ވޯޓުދެކެ ބިރުގަންނަ މީހެއް ކަމަށެވެ. އަދި އެ ހާލަތުގައި ސާފުތޯ، ސާފު ނޫންތޯ، ޝަރުތު ހަމަވޭތޯ ނޫންތޯ ނުބަލާ ކެނޑިޑޭޓް ބޭރުކަން ހިތް އެދޭނެ ކަމަށެވެ. އަދި އިދިކޮޅުން ނެރެނީ ބުޅަލަކަށްވިޔަސް ނަން ބޭރުކޮށްލަން ބޭނުންވާނެ ކަމަށާއި، ނަމަވެސް ބޭނުންހާގޮތެއް ނުހެދޭނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ. 

މަހުލޫފް ވަނީ މީގެކުރިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދުކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށްކަން ހާމަކުރައްވާފަ އެވެ. އަދި ރައީސް ނަޝީދަށް ވާދަނުކުރެވޭ ހާލަތުގައި ތާއީދުކުރައްވާނީ އިބްރާހިމް މުހައްމަދު ސޯލިހްއަށް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. 

އެނގިފައިވާ ގޮތުގައި ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހް ނެރުމަށް ޖުމްހޫރީ ޕާޓީން އަދި ޤާސިމް އިބްރާހިމްވެސް ތާއީދެއް ނުކުރައްވަ އެވެ. އަދި ޖުމްހޫރީ ޕާޓީން ތާއީދުކުރާ ސާފު ނަމެއްވެސް އެ ޕާޓީއަށް މިހާތަނަށް ބުުނެދެވިފައެއް ނުވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް