ކ. މާލެ
|
10 ޖޫން 2018 | އާދީއްތަ 21:47
އިބޫ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އިބޫ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މުހައްމަދު ޝަރުހާން
އިބްރާހިމް މުހައްމަދު ސޯލިހު
އެންމެފަހުން އިބޫގެ ބަހެއް ޅެން ބައިތަކުން
އިބޫ ޅެމަކުން ބަސްވިދާޅުވެފައި މިވަނީ ކުރެއްވި ޓްވީޓަކުން
އިބޫ ޓްވީޓް ކުރައްވާފައި މިވަނީ ނަޝީދާއި އިބޫއަށް ތާއީދު ނުކުރެވޭކަމަށް ޤާސިމް ވިދާޅުވެފައި ވަނިކޮށް
އިބޫ އަކީ ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓް ކަމަށް ބެލެވޭ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުން ނެރޭ އެއް ކެނޑިޑޭޓަކީ އެމްޑީޕީގެ ޕީޖީ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހް ކަމަށް އަޑުތައް ފެތުރި އެކަމާ ގުޅިގެން ތަފާތު ވާހަކަތައް ފެތުރިފައިވަނިކޮށް އިބޫގެ ބަހެއް ޅެން ބައިތަކުން ހާމަ ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރ އިބްރާހީމް މުހައްމަދު ސޯލިޙް (އިބޫ) ޅެން ބައިތަކުން އެކަން ހާމަ ކުރެއްވީ ކުރެއްވި ޓްވީޓަކުންނެވެ.

"ޖަންގަލީގައި މަގުތަކެއްވޭ އެކިގޮތަށް އެކި ފުށްފުށަށް. އަންތަރީހެއް ނުމެއަރާ ވިސްނުން އިހަށް އިސް ވެސް ކުރޭ" އިބޫ ވިދާޅުވިއެވެ.

މި ބައިތަށް ބަލާއިރު މާނަ ކުރެވެނީ ބިޔަބޯ ޖަންގަލީގެ ތެރޭގައި ތަފާތު މަގުތައް އެކިގޮތަށް ވާނޭ ކަމަށާއި އެކަމާ އަންތަރީސް ނުވެ ވިސްނުން އިސްކުރަން ޖެހޭ ކަމަށެވެ.

މި ބައިތުގެ ޝަރަހައަށް ބަލާއިރު އިބޫ ވިދާޅުވެފައި އެވަނީ ކުރިމަގު އަލިކުރުމަށްޓަކައި ކުރެވޭނެ އެތައްކަމަކާ ތަފާތު ގޮތްތަށް ފެންނަން އޮންނާނެ ކަމަށާއި ދަތިއުނދަގުލުން އަރައިގަތުމަށް ވިސްނުން އިސްކޮށްގެން ނޫނީ ކަންކަން ކޮށްގެން ނުވާނޭ ކަމަށެވެ. އިބޫ ކުރެއްވި ޅެންބައިތު ހިމެނޭ ޅެމަކީ" ހިންމަތާ މިންނަތް ކުރޭ" މިޅެމެވެ. 

އިބޫ މިމޭރުމުން ޓްވީޓެއް ކުރައްވާފައި މިވަނީ ގުޅިފައިވާ ޕާޓީތަކުން ނެރޭ އެއް ކެނޑިޑޭޓަކީ އިބޫ ކަމަށްވުން ކައިރި ކަމަށް އަޑު ފެތުރިފައިވާއިރު އެމްޑީޕީގެ ކެނޑިޑޭޓަކީ ރައީސް ނަޝީދު ކަމަށް އެޕާޓީގެ ޕްރައިމަރީން ކަނޑައަޅާފައި ވަނިކޮށެވެ. މިކަމާ ގުޅިގެން އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ ބައެއް މެންބަރުންގެ މެދުގައި ވެސް ބައެއް ބަހުގެ ހަމަލާތައް ރައްދު ކުރެވިފައި ވެއެވެ.

އަދި އިބޫ މިމޭރުމުން ޓްވީޓެއް ކުރައްވާފައި މިވަނީ ގުޅިފައިވާ ޕާޓީތަކުން ނެރޭ އެއް ކެނޑިޑޭޓަކީ ރައީސް ނަޝީދަށް ވެސް އަދި އިބޫއަށް ވެސް ވުމަށް ތާއީދު ނުކުރައްވާ މޭރުމަކުން ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގުޅިފައިވާ ޕާޓީތަކުން ނެރޭ އެއް ކެނޑިޑޭޓަކަށް ހެދުމަށް ގުޅިފައިވާ ޕާޓީތަކުގެ މެދުގައި ބޮޑަށް ތާއީދު ކުރެވެނީ އިބޫއަށެވެ. އަދި އެކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ދަނީ ކުރެވެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
10 ޖޫން 2018 | އާދީއްތަ 15:48
މުލި
އިބޫ ރަނގަޅު ރައީސަކަށް އިބޫ އަށް ތާއީދު ނަޝީދަކަށް ވޯޓެއް ނުލާނަން