ކ. މާލެ
|
10 ޖޫން 2018 | އާދީއްތަ 21:52
އުތުރު ކޮރެއާގެ ލީޑަރާއި ސިންގަޕޫރުގެ ބޮޑުވަޒީރު ބައްދަލު ކުރައްވަނީ
އުތުރު ކޮރެއާގެ ލީޑަރާއި ސިންގަޕޫރުގެ ބޮޑުވަޒީރު ބައްދަލު ކުރައްވަނީ
ޓުޑޭ.އެންޖީ
ޓްރަމްޕް-ކިމް ސަމިޓް
ކިމް ސިންގަޕޫރުގެ ބޮޑުވަޒީރާއި ބައްދަލު ކުރައްވަފި
ސިންގަޕޫރުގެ ބޮޑުވަޒީރާ ބައްދަލު ކުރެއްވީ އައިތާ ހަތަރު ގަޑިއިރު ނުވަނީސް
ކިމް ވަނީ ސިންގަޕޫރުގެ ބޮޑުވަޒީރަށް ޝުކުރު އަދާކޮށްފައި

ތާރީޚީ ސަމިޓަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ސިންގަޕޫރަށް ވަޑައިގެން އެ ގައުމުގެ ބޮޑުވަޒީރު ލީ ޝިއެން ލޯންގާއި ބައްދަލު ކުރައްވައިފިއެވެ.

ކިމް ސިންގަޕޫރަށް ވަޑައިގެންނެވިއިރު އިރު އެ ގައުމުގެ ފޮރިން މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރުވެސް އިސްތިގުބާލުގައި ހުންނެވިއެވެ.

ކިމް ސިންގަޕޫރަށް އާދިއްތަ ދުވަހު ވަޑައިގެންނެވިތާ ހަތަރު ގަޑިރު ނުވަނީސް އެގައުމުގެ ބޮޑުވަޒީރާއި ވަނީ ބައްދަލު ކުރައްވާފައެވެ. ކިމް ބޮޑުވަޒީރާ ބައްދަލު ކުރެއްވީ އެ ބޭފުޅާގެ ރަސްމީ ގަނޑުވަރުކޮޅުގައެވެ. ދެ ބޭފުޅުންގެ ބައްދަލުވުމުގެ ފޮޓޯތަކާއި ވިޑިއޯތައް ދަނީ ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ދައުރު ވަމުންނެވެ. ފެންނަ ފެނުމުގައި ދެ ގައުމުގެ ވެރިންގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކާމާއި ހިނިތުންވުމެވެ.

ބޮޑުވަޒީރު ލީއާ ވާހަކަ ދައްކަވަމުން ކިމް ވިދާޅުވީ ތާރީޚީ ސަމިޓް ބޭއްވުމުގެ އިންތިޒާމް ހަމަޖައްސައި ދިނީތީ ވަރަށް ބޮޑަށް ޝުކުރު ވެރިވާ ކަމަށެވެ. އަދި ވިދާޅުވީ މުޅި ދުނިޔެވެސް މި ބައްދަލުވުން ކުރިއަށްދާ ގޮތް ވަރަށް ކައިރިން ބަލަމުންދާ ކަމަށާއި މި ބައްދަލުވުން ވަރަށް ކާމިޔާބު ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކިމްއާއި ޓުރަމްޕްގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖޫން މަހު ބާރަ ވަނަ ދުވަހުގައެވެ. އެމެރިކާގެ ވައިޓް ހައުސް އިން ބުނީ އެންމެ ފުރަތަމަ ދެގައުމުގެ ވެރިން ބައްދަލު ކުރައްވާނީ ސިންގަޕޫރު ގަނޑިން ހެނދުނު 9 އެއް ޖަހާއިރު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް