ކ. މާލެ
|
10 ޖޫން 2018 | އާދީއްތަ 20:59
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް
މުހައްމަދު ޝަރުހާން
އެމްޑީޕީ ކޮންގްރެސް
ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅާނެ، އެކަމަކު އެކަން ހުރަހަކަށް ނުވާނެ: ހަސަން ލަތީފް
ކޮންގްރެސް ބާއްވާނީ ޖޫން 29 ން 30 ށް
އުކުޅަހުގައި ކޮންގްރެސް ބާއްވަން ނިންމީ ކޮމެޓީ ބައްދަލުވުމުން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުރަސްއަޅާނެ ކަމަށާއި، ކޮންގްރެސް ބޭއްވުމަށް އަޅާ އެ ހުރަސްތަކަކީ އެމްޑީޕީއަށް ހުރަހެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކޮންގްރެސް މި މަހުގެ 29 އަދި 30 ވަނަ ދުވަހު އއ. އުކުޅަހުގައި ބޭއްވުމަށް ނިންމުމާއި ގުޅިގެން، ހަސަން ލަތީފް ވިދާޅުވީ ކޮންގްރެސް ބޭއްވުމަށް އެޕާޓީން ތައްޔާރުވަމުން އަންނައިރު، ކޮންގްރެސް އަށް ހުރަސް އަޅަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. ކޮންގެރެސް އަށް ހުރަސް އަޅަން މަސައްކަތް ކުރާނީ ކޮން ވަގުތަކު، ކޮން އިރެއްގައި ކަމެއް ނޭނގޭ ކަމަށާއި، ސަރުކާރުން އެޕާޓީގެ ކޮންގްރެސްއަށް އަޅާ ހުރަސްތަކަކީ އެމްޑީޕީއަށް ހުރަހަކަށްވާނެ ކަމަށް ނުބެލެވޭ ކަމަށް ހަސަން ވިދާޅުވިއެވެ.

"ސަރުކާރުން ކަންތަށް ކުރާގޮތަށް ބަލާއިރު، ހުރަސް އަޅަން އުޅޭނެ، އެހެންނަމަވެސް އެބޭފުޅުން އަޅުއްވަން އުޅޭ ހުރަސް، ހުރަކަކަށް ވާނެތޯ ނުވާނެތޯ އެ ސުވާލު އެއީ ރައްޔިތުން ނިންމާނެ ކަމެއް، ހާއްސަކޮށް އެމްޑީޕީގެ މެމްބަރުން ނިންމާނެ ކަމެއް، ސަރުކާރުން ހުރަސް އަޅަން އެކުރާ މަސައްކަތް އެ ހުރަހަކަށް ވޭތޯ" ރާއްޖެއްމްވީއަށް މައުލޫމާތު ދެމުން ހަސަން ލަތީފް ވިދާޅުވިއެވެ.  

މިސާލުޖައްސަވާ ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމަށް ސަރުކާރުން ކެނޑި ނޭޅި މަސައްކަތް ކުރި ކަމަށާއި އެހެންމަވެސް އެމްޑީޕީގެ މެމްބަރުން ޕްރައިމަރީ ކުރިއަށް ގެންގޮސް އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅި ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ކޮންގްރެސް އެމްޑީޕީގެ އާންމު މެމްބަރުން ކުރިއަށް ގެންދާނެ ކަމާމެދު ޝައްކުނުކުރާ ކަމަށް އެނާ ވިދާޅުވިއެވެ.

"ކޮންގްރެސް އަށްވެސް ހުރަސް އަޅަން މަސައްކަތް ކުރާނެ، އެ ހުރަކަށް ވާނެތޯ ނޫންތޯ ހާއްސަކޮށް މި ދެންނެވި ތިން ރަށުގެ ރައްޔިތުން އަދި ކޮންގްރެސް އަށް މާލެއިންނާއި ރާއްޖޭގެ އެކި ރަށްތަކުން ވަޑައިގަންނަ ރައްޔިތުން" ހަސަން ލަތީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގްރެސް ޖޫން މަހު ބާއްވަން ނިންމާފައިވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 163 ވަނަ ބައްދަލުވުމުގައެވެ. ޖޫން މަހު އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ހުށަހެޅުއްވީ އެ ޕާޓީގެ ޗެއާޕަރސަންގެ ނައިބު، އަލީ ނިޔާޒެވެ. ހުށަހެޅުއްވުމަށް ތާޢީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ. މި ހުށަހެޅުން ފާސްވީ ބައްދަލުވުމަށް ވަޑައިގެންނެވި 31 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް