ކ. މާލެ
|
10 ޖޫން 2018 | އާދީއްތަ 18:19
ފަހަކަށް އައިސް ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް ދަނީ އިތުރު ވަމުން
ފަހަކަށް އައިސް ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް ދަނީ އިތުރު ވަމުން
މުހައްމަދު ޝަރުހާން
ހުޅުމާލެ އެކްސިޑެންޓް
މެމޯ ނުހެދިގެން ފަރުވާ ނުދީ ލަސްކުރި ވާހަކަ އަކީ ދޮގެއް: އާސަންދަ
އެ ޒުވާނާގެ މައުލޫމާތު ނޭނގިގެން ފަރުވާ ލަސް ކޮށްފައި ނުވާނެކަމަށް އާސަންދަ ކުންފުނިން ބުނޭ

ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ނިޔާވި 24 އަހަރުގެ މީހާ, މެމޯ ނުހެދިގެން ފަރުވާ ނުދީ ލަސްކުރި ވާހަކަ އަކީ ދޮގު ވާހަކައެއް ކަމަށް ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދަ ކުންފުނިން މިހެން ބުނެފައިވަނީ 24 އަހަރުގެ ޒުވާނާގެ މައުލޫމާތު ނޭނގިގެން މެމޯ ނެހެދި ލަސްވުމުގެ ސަބަބުން، ފަރުވާ ނުދެވޭ ވަހަކަ އާންމުން ތެރޭގައި ދެކެވުމުން ދަނިކޮށެވެ. ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، އެ ޒުވާނާގެ މައުލޫމާތު ނޭނގިގެން ފަރުވާ ލަސް ކޮށްފައި ނުވާ ކަމަށާއި، އާއިލާގެ ފަރާތުން ހުޅުމާލެ ހޮސްޕިޓަލަށް ވަޑައިގެން ޓްރީ ޓޮޕް ހޮސްޕުޓަލަށް ގެންދިޔަ ކަމަށެވެ.

ރޭގެ އެކްސިޑެންޓުގައި މަރުވެފައިވަނީ މުޙައްމަދު ސޮބާހު، 24 އެވެ. އޭނާ އެކްސިޑެންޓްވީ، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، އޭނާގެ ގައިގައި ޖެހުމުންނެވެ.

ޒަޚަމްވި ޒުވާނާ، އިމަޖެންސީ ރޫމުގައި އޮތްއިރު، އެތަނުގައި ހުރި މީހެއްކަމަށް ބުނާ މީހަކު، ފޭސްބުކުގައި ޖަހާފައިވާ ޕޯސްޓުގައި ބުނެފައިވަނީ ސޮބާހު، ވެންޓިލޭޓަރަށް ލުމަށް ޑޮކްޓަރުން ލަފާ ދިންކަމަށެވެ. އެހެންނަމަވެސް، ބަލިމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭތީ، ވެންޓިލޭޓަރަށް ލުމަށް ހޮސްޕިޓަލުން ދެކޮޅު ހެދިކަމަށެވެ.

އެޕޯސްޓުގައި އިތުރަށް ބުނެފައިވަނީ، އެތަނުގައު ތިބި ފުލުހުންވެސް ޒުވާނާގެ ފުރާނަ ސަލާމަތްކޮށްދިނުމަށް މަސައްކަތް ކުރަން އެދުނުކަމަށާއި އެހެންނަމަވެސް، ފުލުހުން ގާތުގައިވެސް ބުނީ މެނޭޖްމަންޓާ ވާހަކަ ދައްކަންކަމަށެވެ. އަދި، ޖުމްލަކޮށް އެއީ، މެމޯ އެއް ނެތްނަމަ އާސަންދަ ނުލިބޭނެކަންކަމަށްވެސް އެޕޯސްޓުގައި ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ޕޯސްޓުގައި ބުނެފައިވަނީ، އެކްސިޑެންޓްވި ޒުވާނާއަށް ފަރުވާ ދިނުމަށް ބޭނުންކުރަމުންދިޔައީ މެނުއަލް ރިސަސިޓޭޓަރ އެއްކަމަށެވެ. އަދި، އެއީ މާ ގިނަ ވަގުތު ބޭނުންކުރެވޭނެ އެއްޗެއް ނޫންކަމަށާއި އެހެންނަމަވެސް، 50 މިނެޓު ވަންދެން، މެނުއަލް ރިސަސިޓޭޓަރ ބޭނުންކުރިކަމަށް ވެސް ބުނެފައިވެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް